Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޞާލިޙުގެ ސަރުކާރަށް ހަތަރު އަހަރުފުރުން

ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތަކަށް ޝައުގުވެރިކަން އިތުރުވިއިރު ޒަކާތް ދެއްކި މިންވަރު ވެސް އިތުރު

2021 ވަނަ އަހަރު 86 މިލިއަން ރުފިޔާ ޒަކާތަށް ލިބިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2022 | ހުކުރު 07:47
ޒަކާތް ދެއްކުން

ޒަކާތް ދެއްކުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ހަތަރު އަހަރު ފުރިފައިވާއިރު ދެ އަހަރު ދުވަހުގެ ތެރޭގައި އުޅެން ޖެހުނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައެވެ. ކޮވިޑު-19 އާއެކު އެތައް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. އެކަމުގެ އަސަރު ސަރުކާރު ހިންގާ އެކި ވުޒާރާތަކަށާއި އާންމުން ރައްޔިތުންނަށް ވެސް ކުރިމަތިވިއެވެ. އެހެންނަމަވެސް ހުއްޓުމެއްނެތި ކޮންމެ މިނިސްޓްރީއަކުން ވެސް މަސައްކަތް ކުރީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދީ، މެންޑޭޓާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔުމަށެވެ.

އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވެސް މެންޑޭޓްގައިވާ ކަންތައްތައް ހާސިލްކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ މިނިސްޓްރީގެ މުވައްޒަފުން އުފާވެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްކޮށްދެއްވުން ކަމަށެވެ. އަދި މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވިއެވެ.  

ފާއިތުވެދިޔަ ހަތަރު އަހަރު މިނިސްޓްރީގެ މެންޑޭޓްގައި ހިމަނާފައިވާ ކަންތައްތައް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ދީނީ ނަސޭހަތް ދިނުމުގެ ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން 5581 ޕްރޮގްރާމް ހިންގާފައިވާއިރު އޭގެ ތެރޭގައި އޮފީސް މުވައްޒަފުންނާއި ރަމަޟާން މަހު ހިންގި ޕްރޮގްރާމުތަކާއި ނަމާދު ގަޑިތަކަށްފަހު ހިންގި ޕްރޮގްރާމްތައް ހިމެނެއެވެ.

މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުންނަށް ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރިއެވެ. އަދި ރައްޔިތުން މިފަދަ ޕްރޮގްރާމުތަކަށް އިންތިހާއަށް ބޭނުންވެފައިވާއިރު އެކި ޖަމިއްޔާތަކުންނާއި ކައުންސިލްތަކުން ވެސް އެފަދަ ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީގައި އެދެމުންދެއެވެ. މީގެއިތުރުން އޮކްޓޯބަރު މަހު މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިސްމާއިލް މެންކް (މުފްތީ މެންކް)އަށް ދައުވަތު ދެއްވާ ރާއްޖެ ގެންނެވިއެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީގައި ވެސް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައެވެ. މިކަމަށް އާންމުން ގިނަ ރައްޔިތުންނެއްގެ ތަރުހީބު ލިބިގެންދިޔައެވެ.  

މި ސަރުކާރުން އަމާޒުހިފީ ކޮންމެ އަހަރު އެއްފަހަރު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދީނީ އިލްމުވެރިޔަކު ފޮނުވާ ދީނީ ނަސޭހަތްދިނުމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި މިނިސްޓްރީން ވަނީ އެ އަމާޒަށް ވާސިލްވެފައެވެ. ކޮވިޑުގެ ހާލަތުގައި އާންމު ގިނަ ރައްޔިތުންނެއް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ބަލިކަށިވެގެންދިޔައެވެ. އެފަދަ ދަނޑިވަޅެއްގައި ދީނީގޮތުން އާންމުންނަށް ހިތްވަރުދިނުމަށް އެކި މަސައްކަތްތައް މިނިސްޓްރީން ވަނީ ކޮށްފައެވެ. އެގޮތުން އެކި ވީޑިއޯ ކްލިޕްތައް އާންމު ކުރުމާއި ދީނީ ނަސޭހަތް ފޯރުކޮށްދީފައިވެއެވެ.

އިމާމުން ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށްޓަކައި އެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަދި 2022 ވަނަ އަހަރު 91 އިމާމުން ކޯސް ފުރިހަމަ ކުރިމަށްފަހު ގްރެޖުއޭޓްވާނެއެވެ. ފާއިތުވި އަހަރުތަކުގައި ރައްޔިތުން ޒަކާތް ދައްކާފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2019 އަހަރު 60 މިލިއަން ރުފިޔާ ލިބިފައިވާއިރު 2020 ވަނަ އަހަރު 79 މިލިއަން ރުފިޔާ ލިބުނެވެ. އަދި 2021 ވަނަ އަހަރު 86 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިކަމުން ވެސް އަންގައިދެނީ ޒަކާތާމެދު ރައްޔިތުންގެ އިތުބާރު އޮތް މިންވަރެވެ.

ފާއިތުވި ހަތަރު އަހަރު މި ސަރުކާރުން 17 މިސްކިތެއް އިމާރާތްކޮށް ހުޅުވާފައިވާއިރު 14 މިސްކިތްތުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި ވެސް އިތުރު މިސްކިތްތައް އިމާރާތް ކުރުމަށް ހިމަނާފައިވެއެވެ.

އަންހެނުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީން މަސައްކަތް ކުރިއެވެ. އެގޮތުން ކުރިން ހުރި މިސްކިތްތަކާއި އަލަށް އަޅާ މިސްކިތްތަކުގައި އަންހެނުންނަށް ވަކިން މިސްކިތަށް އެރޭނެ ގޮތާއި ނަމާދުކޮށް، ވުޟޫ ކުރެވޭނެ ގޮތާއި ނަމާދު ކުރެވޭނެ ވަކިތަނެއް ވަނީ ޤާއިމިކޮށްފައެވެ. މިނިސްޓްރީގެ މަސައްކަތްތަކަށް ބަލާލުމުން ވެސް ފާއިތުވި ހަތަރު އަހަރު ރައްޔިތުންނަށް ދީނީ ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތްތައް ސާފުވެގެން ހިނގައްޖެއެވެ. މިނިސްޓްރީގެ އަމާޒަކީ ހުއްޓުމެއް ނެތި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދީނީ އިލްމުވެރިންގެ ތެރޭގައިވެސް އަރާރުން، އާންމުންގެ ތެރޭގައި އޮޅުންބޮޅުން!

ދީނީ އިލްމުވެރިންގެ ތެރޭގައިވެސް އަރާރުން، އާންމުންގެ ތެރޭގައި އޮޅުންބޮޅުން!

22 ޑިސެމްބަރު 2019
އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !

އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !

08 އޮކްޓޯބަރު 2019
ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

20 ސެޕްޓެމްބަރު 2018
ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

22 އޯގަސްޓު 2018
ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

04 ޖުލައި 2018

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު