Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2023

ބަޖެޓު ބަހުސް: ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ މެމްބަރުންގެ ކަންބޮޑުވުން

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާމެދު ކޮމިޓީން ނިންމި ގޮތަށް ވޯޓަށް ނާހާތީ ނާޝިޒް ކަންބޮޑުވުން ފާޅުކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2022 | ބުރާސްފަތި 13:47
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދުމުގެ މައްސަލައަކީ ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ކަަމަށެވެ. އަދި އެ ފައިސާ ހޯދުމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއް ކަމަށް ދެކިގެން ފަރުޖެހެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތަށް ލިބެން ހުރި ފައިސާ ނުދައްކައި، މުއްސަނދިން ބޭނުންވާހާ ގޮތަަކަށް ފަރުޖައްސާލައިގެން ތިބުމަށް ދޫކޮށްނުލުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ، ޓެކްސްއާއި ޖީއެސްޓީ ނަގާއިރު އެކަމުގެ އެންމެ އެކަށީގެންވާ ފައިދާ ލިބޭނީ ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ ލިބިގެންކަމަށް ވިދާޅުވެފައެވެ. ޓެކްސް ނެގުމަކީ ދެކޮޅުޖެހޭ ކަމަކަށް ވާނީ، ޚިޔާނާތްތެރި ވެގެންނާއި ކޮރަޕްޝަންގެ ސަބަބުން ގެއްލޭ ފައިސާ ދައުލަތަށް ލިބިގެންކަން އޭނާ ފާހަގަކުރެއްވިއެވެ. ކުދި ވިޔަފާރިތައް ޒިންމާދާރުކުރުވާނެ ނިޒާމް އޮތްފަދައިން، ބޮޑެތި ވިޔަފާރިވެރިން ވެސް ޒިންމާދާރުކުރުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް ކުންފުނިތަކަށް ދޭންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގައި ތަފާތުކުރުމެއް ނެތި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މަޖިލީހުގެ ތެރެއިންވެސް އެކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ފާހަގަކުރައްވާފައެވެ. ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމާމެދު ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ވޯޓަށް ނޭހި ލަސްވާތީ އޭނާ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު