Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ސަރުކާރު

މިއަދުގެ ސަރުކާރުގައި މުޅިންވެސް އޮތީ މަކަރާ ހީލަތް ހަދައި ރައްޔިތުންނަށް އޮޅުވާލުން: ޑރ. ޑީޑީ

ރައީސް މުއިއްޒުގެ ސަރުކާރުން އަދި މިހާތަނަށް ވެވަޑައިގެން އެއްވެސް ވައުދެއް ފުއްދަމުން ނުދޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 1 އެޕްރީލު 2025 | އަންގާރަ 04:38
ޑރ. އިބުރާހީމް ދީދީ ރާއްޖެ ޓީވީގެ ފަލަޝުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ކަމެއްވެސް ގެންދަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް

ޑރ. އިބުރާހީމް ދީދީ ރާއްޖެ ޓީވީގެ ފަލަޝުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ކަމެއްވެސް ގެންދަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގައި މުޅިންވެސް އޮތީ ރާއްޖޭގެ ރައްޔިތުންނަށް މަކަރާއި ހީލަތް ހަދައި ދޯކާދީ އޮޅުވާލުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑީޑީ ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން އަދި މިހާތަނަށް ވެވަޑައިގެން އެއްވެސް ވައުދެއް ފުއްދަމުން ނުދާ ކަމަށާއި ވައުދުތައް ނުފުއްދޭ އިރު، އަދިވެސް ގެންދަނީ ރައްޔިތުންނަސް އިތުރު ވައުދުތަކެއް ވެލައްވަމުން ކަމަށެވެ.

ޑީޑީ ވިދާޅުވީ ރައީސް މުއިއްޒު ހުވާކުރެއްވި ދުވަހުން ފެށިގެން ވެސް މި އަހަރުގެ މިއަދާއި ހަމައަށް އައި އިރުވެސް ހުރިހާ ކަމެއްވެސް އޮތީ ކުރީ ސަރުކާރުތަކުގެ ބޮލަށް ޖެހުން ކަމަށެވެ. އެގޮތުން ނިމިދިއަ އަހަރުގެ ސުޕަ މެޖޯރިޓީ އޮވެ، އެ ސަރުކާރުން ރައީސް މުއިއްޒުގެ މި ސަރުކާރު ބޭނުންވާ ގޮތަށް ބަޖެޓު ފާސްކޮށް ނުދިން ކަމަށް އަންނަނީ ވިދާޅުވަމުން ކަމަށާއި އެހެން ނަމަވެސް އެއީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށް ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން ބޭނުން ވެގެން ނިމިދިއަ ސަރުކާރުން ފާސްކޮށް ނުދީފައި އޮތީ ހަމަ އެކަނި ރަސްމާލެ ޕްރޮޖެކްޓަށް ބޭނުންވާ 400 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އެކަން ރައީސް ޞާލިހުގެ ސަރުކާރުން ކޮށް ނުދެއްވީ އެމްޑީޕީ ސަރުކާރުން އޭރު ފަށާފައިވާ ބައެއް ބޮޑެތި ޕްރޮޖެކްޓްތަކެއް އޮއްވައި އެހެން ޕްރޮޖެކްޓެއް ފެށުމުން އޭގެއިން ރައްޔިތުންނަށް ވެދާނެ ގެއްލުމަކަށް ވިސްނާފައި ކަމަށެވެ.

ޑީޑީ ވިދާޅުވީ އެ ޕްރޮޖެކްޓް ފިޔަވައި މި ސަރުކާރުން ބޭނުންވި ހުރިހާ ޕްރޮޖެކްޓް ތަކަށް، ބޭނުންވާ ހުރިހާ ބަޖެޓެއް ވެސް އެމްޑީޕީ ސަރުކާރުން ވަނީ ފާސްކޮށްދެއްވާފައި ކަމަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ރައްޔިތުންގެ މަޖިލީހަށް ގޮންޖައްސަވާފައި އެތަކެއް ވައުދުތަކެއްވެ ރައްޔިތުންނަށް އޮޅުވާލައްވައިގެން ކަންކަން ކުރައްވަމުން ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އުޑުގަތިބި ތަރިބާލައިދޭ އުސޫލުން ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރައްވަމުން ގެންދެވީ. ގެންދެވި އިރުގަ ކޮންމެވެސް ރާޖޫ ކިޔާ ބޭފުޅަކަށް ހުޅުމާލޭ ބީޗް ސަރަހައްދުން ހަމަ އެންމެ އަގުބޮޑު ސަރަހައްދުން 10 ހެކްޓަރުގެ ބިން އޭނައަށް ހިލޭދީފަ، މި ޕްރޮޖެކްޓް ކުރުއަށް ގެންދިއައީ. އޭގެ ތެރެއިން ވަރަށް ބޮޑަށް ދެކެވިގެން ދިއަ ވާހަކައެއް، ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތަުގައި ކުރެއްވި ކަމެކޭވެސް
ޑރ. އިބުރާހީމް ދީދީ

ހަ މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިންމަން ވިދާޅުވި ރަސްމާލެ ކޮބައިތޯ ސުވާލުކުރައްވައި ޑީޑީ ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުގެ އެންމެހައި ކަންކަން ވެސް ބައްޓަން ވެފައި ހުރީ ގައުމުގެ ރައްޔިތުންނަށް މުޅިން މަކަރާއި ހީލަތް ހަދައި ދޯކާދީ މުޅިން އޮޅުވާލުމަށް ކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް ކޮށްދެއްވުމަށް ވީ އެއްވެސް ވައުދެއް ފުއްދިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު