Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަޕްލިމެންޓްރީ ބަޖެޓް

ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

މި ބަޖެޓާއެކު މިއަހަރުގެ ޖުމްލަ ބަޖެޓް 49.35 ބިލިއަން ރުފިޔާއަށް އަރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ނޮވެމްބަރު 2023 | ބުރާސްފަތި 09:08
ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުން

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުން

މިއަހަރުގެ ބާކީ ހުރި ދުވަސްތަކަށް ހަރަދުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސަޕްލިމެންޓަރީ ބަޖެޓު، ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކޮމިޓީން ފާސްކޮށްފައިވަނީ ބުރާސްފަތު ދުވަހު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މިއަހަރު ތެރޭގައި ޚަރަދުވާނެ ކަމަށް ބެލެވޭތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. މި ބަޖެޓާއެކު މިއަހަރުގެ ޖުމްލަ ބަޖެޓް 49.35 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

Advertisement - newsAdvertisement

މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިއަހަރަށް އިތުރަށް 6.509 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އިތުރު އިސްލާހަކާ އެކު ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ކޮމެޓީއަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެމެންބަރު އިބްރާހިމް ޝަރީފެވެ. ޝަރީފްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި އަގުލަބިއްޔަތުން ވަނީ ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައެވެ.

ފިނޭންސުން ބުނެފައިވާގޮތުގައި ސަޕްލިމަންޓްރީ ބަޖެޓުގައި މައިގަނޑުގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅާފައިވަނީ، ޕީއެސްއައިޕީއާއި އާސަންދަ އަދި ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ. އެގޮތުން، ސަބްސިޑީއަށް 1.85 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު އާސަންދައަށް 1.26 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.78 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވާފައިވާ ގިނަ ފިޔަވަޅުތައް ރާވާފައިވާ ގޮތަށް ތަންފީޒުވެފައި ނުވާކަމަށެވެ. އެހެންވެ، އެކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ސޭވިންގް މިހާރު ދަށްވެފައި ވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

26 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު