Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފައިސާ ދީގެން އެސައިމަންޓު ހެދުން

އެސައިމަންޓުގެ ވިޔަފާރި މަނާ ކުރެވުނީ ގާނޫނުން އެކަނި!

އެސައިމަންޓް ވިޔަފާރި އަދިވެސް ދަނީ ފާޅުގައި ކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ނޮވެމްބަރު 2022 | ބުރާސްފަތި 10:26
އެސައިމަންޓު ހަދައިދޭން ކޮށްފައިވާ އިޝްތިހާރެއް

އެސައިމަންޓު ހަދައިދޭން ކޮށްފައިވާ އިޝްތިހާރެއް

ދެކެވެނީ ދަރިވަރުންގެ މަތީ ތައުލީމުގެ ފެންވަރު ދަށްވާ ވާހަކައެވެ. ޑިގްރީ ފުރިހަމަކޮށް ޔުނިވަރސިޓީ ނިންމާ ދަރިވަރަށް، އެ ކިޔެވި ކޯހުގައި ދަސްވި އެއްޗެެއް ނޭނގޭ ވާހަކައެވެ. މިގޮތަށް ފާހަގަކުރެވޭ ދަރިވަރުންގެ ފަރާތުން އެއް ކަންތައްތަކެއް އެއްގޮތްވާނެކަން ޔަގީނެވެ. އެއީ ކޮންމެ ޓަރމެއްް ނިންމާލައި ހަދާ އިމްތިހާނުން ދަށްވި ނަމަވެސް އެސައިމަންޓުތަކުން އެ ދަރިވަރުންގެ މާކްސް މާބޮޑަށް ވެސް ރަނގަޅުވުމެވެ. މިއީ ކިޔަވައިދޭ ބައެއް ލެކްޗަރަރއިންނަށްވެސް ފާހަގަކުރެވޭ ކަންކަމެވެ.

ރާއްޖޭގައި އެސައިމަންޓް ހަދައިދިނުން ވިޔަފާރިއަކަށްވީ މިއަދު ނުވަތަ އިއްޔެއަކު ނޫނެވެ. މިއީ ވަރަށް ކުރިން ފެށިގެން ރާއްޖޭގައި ހިނގަމުން އަންނަ ވިޔަފާރިއެެކެވެ. ކޮލެޖު ނިންމާ ރަނގަޅު ނަތީޖާ ހޯދާ ބައެއް ދަރިވަރުންނަށް އެސައިމަންޓުތައް ހަދައިދެނީ އިތުރު އާމްދަނީއެއް ހޯދުމުގެ މަގުސަދުގައެވެ. މިކަމުގެ ގެއްލުމާ ދޭތެރޭ އެސައިމަންޓު ހަދަން ހަވާލު ކުރާ މީހާ އާއި އެސައިމަންޓު ވިޔަފާރި ކުރާ މީހާ ވެސް ވިސްނާނުލައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަތީ ތައުލީމުގެ ގާނޫނުގައި ވަނީ ފައިސާއަށް އެސައިމަންޓު ހެދުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅާފައެވެ. އެގޮތުން, ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިމަންޓެއް އެހެން މީހަކަށް އަގު ދީގެން ކުރުމާއި އެހެން މީހަކު އަގެއް ނަގައިގެން އެކަން ކުރަން ހުށަހެޅުމަކީ ވެސް ގާނޫނީ ގޮތުން މިހާރު ކުށެކެވެ. މިކަމަށް އަދަބުތައް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި އަގު ދީގެން އެސައިމަންޓް ހަދައިފިނަމަ އެ ދަރިވަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އަގު ނަގައިގެން އެސައިމަންޓެއް ހަދައިދީފި ނަމަ އެ މީހަކު 10,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

އެފަދަ އަމަލެއް ދަރިވަރު ހިންގިތޯ ބެލުމަށް، އެކަށީގެންވާ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރަން ވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ. އަދި އެފަދަ އަމަލެއް ދަރިވަރު ހިންގައިފިނަމަ ގާނޫނުގައި ބަޔާން ކުރާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެކަން ވެސް ވަނީ ބަޔާންކޮށްފައެވެ. މި މާއްދާ ހިމެނި ސަބަބެއް ކަމަށް ބުނެފައިވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތް އެހެން މީހުން ލައްވައި ކުރުން އާންމުވެފައިވުމެވެ. އަދި އޭގެ ސަބަބުން އެ މަސައްކަތުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ގެއްލޭ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ގާނޫނު އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް އަދިވެސް ހައްލެއް ނުފެނެއެވެ. ފާޅުގައި އެސައިމަންޓުގެ ވިޔަފާރި ދަނީ ކުރަމުންނެވެ. މިކަން އެންމެ ބޮޑަށް ކުރިއަށްދަނީ އައިބޭގައެވެ. މިއީ އޮންލައިން ވިޔަފާރި ޕޭޖެކެވެ. މި ޕޭޖުގައި މުދަލުގެ އިތުރުން އެޕާޓްމަންޓު ފަދަ ތަކެތި ވެސް ކުއްޔަށް ދޫކުރަން މީހުން އިޝްތިހާރު ޖަހައެވެ. މީގެ ތެރޭގައި މިއަހަރު އެކަނިވެސް އެތައް ބަޔަކު ވަނީ އެސައިމަންޓް ހަދައިދޭނެ ކަމަށް އިޝްތިހާރު ޖަހާފައެވެ.

މިގޮތަށް އިޝްތިހާރު ޖަހާ ފަރާތްތަކުން ވައިބަރ ކުރެވޭނެ ނަންބަރުވެސް ހިއްސާ ކުރެއެވެ. އެއަށްފަހު ވައިބަރ މެދުވެރިކޮށް ދަރިވަރުންނާ ވާހަކަދައްކައި އަގުތައް ކަނޑައަޅައެވެ. އަގުތައް ހުންނަނީ އެސައިމަންޓް ހަދާ މާއްދާއާއި އެސައިމަންޓުގެ ދިގުމިނަށް ބިނާކޮށެވެ. ބައެއް ފަރާތްތަކުގެ އިޝްތިހާރުތަކުގައި ކޮންމެ ބަހަކަށް 50 ލާރި ނަގާ ކަމަށް ވެސް ބުނެފައި އޮވެއެވެ. އަދި އެއީ "ޗީޕެސްޓް އިން ޓައުން" ނުވަތަ މިވަގުތު ހުރި އެންމެ ހެޔޮ އަގު ކަމަށް ބުނެއެވެ.

އެސައިމަންޓު ހަދައިދޭނެކަމަށް ބައެއް ފަރާތްތަކުން އިޝްތިހާރު ކުރާއިރު އަނެއްބަޔަކު އިޝްތިހާރު ކުރަނީ އެސައިމަންޓުގައި ދަރިވަރަށް އެހީވާނެ ކަމަށް ބުނެއެވެ. ނަމަވެސް "އެހީ" މާނަ ކުރަނީ އެސައިމަންޓު އެއްކޮށް ހަދައިދިނުމަށެވެ.

މިގޮތަށް އެސައިމަންޓު ހެދުމަށް ހުއްޓުމެއް ނާންނަނީ އެއީ ކުށެއްކަން ގާނޫނުގައި އެކަނި ބުނެފައި އޮތުމުންނެވެ. އެކަންތައްތައް ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަން އެނގެނީ ޕޭޖުތަކުގައި ހުންނަ އިޝްތިހާރުތަކުންނެވެ.

ދަރިވަރުން ކްލާހުގައި ދައްކާ ހުނަރާއި އެ ކުއްޖާގެ އެސައިމަންޓުތަކުން ފެންނަ ހުނަރު އަޅާ ކިޔާލުމުން ލެކްޗަރަރއިންނަށް ވެސް އެ ކުއްޖާގެ އެސައިމަންޓާ މެދު ޝައްކުތައް އުފެދެއެވެ. އެ ޝަކުވާތައް ބައެއް ލެކްޗަރާއިން ކުރިނަމަވެސް ފިޔަވަޅު ނޭޅެއެވެ. މިއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަން ލެކްޗަރާއިން ވެސް ފާހަގަކުރެއެވެ.

އަގު ދީގެން އެސައިމަންޓު ހަދައިގެން ސެޓްފިކްޓް ހޯދާ ދަރިވަރުން ވަޒީފާގެ މާހައުލަށް ނުކުންނައިރު އެ މީހަކަށް ލިބިފައިވާ ތައުލީމުގެ އެއްވެސް ފެންވަރެއް ނުހުންނާނެއެވެ. އެއްވެސް މަސައްކަތެއް ނުކޮށް ސެޓްފިކެޓް ލިބުނީއެވެ. ނަމަވެސް ސެޓްފިކެޓަކީ އެހެން މީހެއްގެ މަސައްކަތް ތިމާގެ މަސައްކަތެއްގެ ގޮތުގައި ދައްކައިގެން ހޯދާފައިވާ ސެޓްފިކެޓެކެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ސެޓްފިކެޓް ހޯދާފައިވަނީ "ފްރޯޑް" ކޮށްގެންނެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2017

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!
03 ޖުލައި 2017

މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

03 ޖުލައި 2017
މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި
17 ޖޫން 2017

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!
08 ޖޫން 2017

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

08 ޖޫން 2017
ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!
25 މެއި 2017

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން
18 މާރިޗު 2017

މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

18 މާރިޗު 2017
މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
31 ޖެނުއަރީ 2017

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު