Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ

އަލިފާނުގެ ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ ސްކޭމް ލިންކުތައް ދައުރުކުރާތީ ސަމާލުވާން އެދިއްޖެ

އެފަދަ ލިންކުތަކަަށް ސަމާލުކަން ނުދިނުމަށް އިލްތިމާސް ކުރައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ނޮވެމްބަރު 2022 | ބުރާސްފަތި 05:10
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ

ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ

އަލިފާނުގެ ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ ސްކޭމް މެސެޖުތައް ދައުރުކުރާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު އަލިފާން ރޯވި މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މި ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ، އެކި އެކި ސްކޭމްތައް ފޮނުވަމުންދާކަމަށެވެ. އެގޮތުން އެކި ލިންކްތައް މެދުވެރިކޮށް ޙާދިސާއާ ގުޅޭ އިތުރު މަންޒަރުތަކާއި ވީޑިއޯތައްކަމަށް ބުނެ، ސްކޭމްތައް ދައުރުކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އޭސީޕީ ޝުޖާއު ވަނީ އެފަދަ ކަންކަމަށް ސަމާލުވެ، އެފަދަ ލިންކުތަކަަށް ސަމާލުކަން ނުދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށާއި، މިހާރު ސީން ޕްރޮސެސްކޮށް، ނިޔާވި މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ސަލާމަތް ކުރެވުނު މީހުންނަށް ދޭން ޖެހޭ އެހީތެރިކަން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ މެދުވެރިކޮށް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފަހަކަށް އައިސް ސްކޭމްތައް މެދުވެރިކޮށް އެކި ކަންކަމާއި ގުޅޭ ލިންކުތައް ކަމަށް ބުނެ މީހުންގެ އެކައުންޓުތައް ހެކް ކުރުން ފަދަ ކަންކަން ވަނީ އާންމުވެފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު