Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ތަހުގީގު ކުރަން ބޭރުން ޓީމު ނުގެންނަނީސް ތަން ސާފުކޮށް ދޮވެލައިފި! މިއީ ހެކި ނައްތާލުން ނޫން ދެން ކޮންކަމެއް؟

އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުން ޓީމެއް ގެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ޓީމް އައުމުގެ ކުރިން ތަންސާފުކޮށް ސީން ރޫޅާލުމުން މި ހާދިސާގައިވެސް ދެން ފެންނާނެ އެއްޗެއް ނެތެވެ. ފިނިފެންމާ ލޯންޗުގެ ގޮއްވާލި ހާދިސާ ވެސް ބޭރުގެ ތިން ގައުމަކުން އައިސް ތަހުގީގު ކުރިއެވެ. ނަމަވެސް އެ ތަހުގީގުން ނުކުތް ނަތީޖާއެއްނެތެވެ. ހާދިސާގެ ސަބަބު ހޯދިފައިނުވަނީ އެބޭފުޅުންގެ އެހީތެރިކަން ހޯދިއިރު، ފުލުހުންގެ އަމިއްލަ ތަހުގީގަށް ހަނދާނެ ހުރިހާ ގޮތެއް ހަދާފައިވާތީއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޑިސެމްބަރު 2024 | ހޯމަ 13:52
ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ރައީސް މުއިއްޒު ހުއްޓިވަޑައިގެން

ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ރައީސް މުއިއްޒު ހުއްޓިވަޑައިގެން

ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވެ، އެ މިނިސްޓްރީއާއެކު އިތުރު 4 އޮފީހެއް އަނދާ ހުލުވި ދައުލަތުގެ އެތައް މުހިންމު ލިޔެ ކިޔުމެއް ވަނީ ގެއްލިފައެވެ. މިއާއެކު ދެން އުފެދެންފެށި ސުވާލަކީ، އަލިފާން ކޮންޓްރޯލް ނުވެ ދައުލަތުގެ 5 މުއައްސަސާއެއް އަނދާ އަޅިއަށްވާން ދޫކޮށްލީ ކީއްވެގެން ހެއްޔެވެ.

ބައެއް ފަރާތްތަކުން އުފައްދާ ސުވާލަކީ މިއީ ރޭވިގެން ކުރިކަމެއްގެ ވާހަކައެވެ. ރޯވި ހައުސިންގ މިނިސްޓްރީގެ ސަރވަރއެއްވެސް އަދި ލިޔެކިޔުމެއްވެސް ސަލާމަތް ނުވާއިރު، އެތަނުން އަދާ ހުލިވީ މިހާރު އޭސީސީގައި ތަހުގީގުކުރުމަށް އެދި ހުށަހަޅާފައި ހުރި މައްސަލަތަކާއި ގުޅޭ ލިޔެކިޔުންތަކެވެ. އާންމުން އުފައްދާ ސުވާލަކީ ވެރިކަމުގައި ތިބެގެން މިއީ ބަޔަކު ހެކި ނައްތާލަން ކުރިކަމެއްތޯއެވެ.

ކޮންމެއަކަސް ތަން އަނދާ ހުލިވެއްޖެއެވެ. ނަމަވެސް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އޮޕަރޭޝަން ކާމިޔާބެވެ. އަދި ކުޅިބަލަން ވަޑައިގެންނެވި ބޭބޭފުޅުންގެ ހިތަށް ފިނިކަންވެސް ގެނުވައިފިއެވެ. ހައުސިންގ މިނިސްޓްރީގެ ބޮޑު ހުޅާއެކު އެތަކެއް ސުވާލެއްގެ ޖަވާބެއް ނުލިބި ފުނިފުންޏަށް ސުވާލުތައްދަނީ ޖެހެމުންނެވެ. ނަމަވެސް މި ސުވާލުތަކަށް ދޭނެ ޖަވާބުތައްވެސް ހުރީ އަނދައިގެން ދިޔަ މިނިސްޓްރީގައެވެ.

މިނިސްޓްރީގައި ރޯވީތޯ ނުވަތަ ރޯކޮށްލީތޯ ކުރެވޭ ސުވާލުގައި، އެތަނުގައި ރޯވިކަމަށް ވުރެ ބޮޑަށް މިއީ ރޭވިގެން ގަސްތުގައި ރޯކޮށްލިކަމަށް ބުނެވޭނެ ޖަގާބޮޑުކަމެކެވެ. މިހެން މި ވާހަކަ ދައްކަން ޖެހެނީ ސަބަބުތަކެއް ވެސް ހުރެގެންނެވެ. ތަނެއްގައި ރޯވީމާ އެތަނެއްގައި ރޯވި ގޮތް ހޯދަނީ ރޯވިތަން ސާފުކުރުމަށްފަހުގައެއް ނޫނެވެ. ރޯވި ސަބަބު ދެނެގަންނަނީ އެތަނެއް އޮތްގޮތަށް ބާއްވައިގެން ތަހުލީކޮށްގެންނެވެ.

ނަމަވެސް ދައުލަތުގެ އެތައް ލިޔެކިޔުމެއް އަނދާ އަޅިއަށްވެ، އެތައް ކޮރަޕްޝަންގެ މައްސަލައެއްގެ ހެކިތައް ހުރިތަނެއް އަނދާ ހުލިވުމުން، އެތަން ރޯވި ސަބަބު ހޯދަނީ އެތަން ސާފުކޮށްގެންނެވެ. ތަހުގީގުކުރާނަމަ އެތަން ސާފުކޮށްގެންވެސް ނުވާނެއެވެ. އެތަނަށް ކޮންމެ ކޮންމެ ބަޔަކަށް ވަދެވިގެންވެސް ނުވާނެއެވެ. އަދި ބޭރުން މާހިރުން ގެނެސްގެސް ތަހުގީގުކުރާނަމަ އަމުދުން ސީން ރޫޅާލައިގެން ނުވާނެއެވެ. ސީން ރޫޅާލުމަކީ ހެކި ނައްތާލުމެވެ. ރޯވާން މެދުވެރި ސަބަބު ދެނެގަންނަން އޮތް މަގު ބަންދުކުރުމެވެ. މިއާއެކު ސުވާލު އުފެދެނީ ހަމަރޯވީތޯ ނުވަތަ ރޯކޮށްލީތޯއެވެ.

އަނދައިގެން ދިޔަ މިނިސްޓްރީތަކާ ގުޅޭ ގޮތުން އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންތަކުގެ ތަހުގީގަކަށް ދާއިރު، ބޭނުންވާ ހެކިތަކަށް ވެސް ދެން ފެންނާކަށް ނުހުންނާނެއެވެ. އަދި އެ ހެކިތައް ނައްތާލަން ކުރި ކަމެއްގެ ގޮތުގައި ރޯކޮށްލީ

އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުން ޓީމެއް ގެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ޓީމް އައުމުގެ ކުރިން ތަންސާފުކޮށް ސީން ރޫޅާލުމުން މި ހާދިސާގައިވެސް ދެން ފެންނާނެ އެއްޗެއް ނެތެވެ. ފިނިފެންމާ ލޯންޗުގެ ގޮއްވާލި ހާދިސާ ވެސް ބޭރުގެ ތިން ގައުމަކުން އައިސް ތަހުގީގު ކުރިއެވެ. ނަމަވެސް އެ ތަހުގީގުން ނުކުތް ނަތީޖާއެއްނެތެވެ. ހާދިސާގެ ސަބަބު ހޯދިފައިނުވަނީ އެބޭފުޅުންގެ އެހީތެރިކަން ހޯދިއިރު، ފުލުހުންގެ އަމިއްލަ ތަހުގީގަށް ހަނދާނެ ހުރިހާ ގޮތެއް ހަދާފައިވާތީއެވެ. މި އަލިފާނުގެ ހާދިސާގައި ވެސް މިހާރު މުޅި ސަރަހައްދު ސާފުކުރާއިރު، މިއީ ގަސްތުގައި ކުރި ކަމެއްނަމަ ތަން ސާފުކުރުމަކީ ހެކި ނައްތާލުމަށް ކުރަމުންދާ ކަމެކެވެ. މިއީ ރޭވި އިންތިޒާމްވެގެން ކުރަމުންދާ ކަމެކެވެ.

ހައުސިންގް މިނިސްޓްރީއެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު