Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

އަލިފާނުގެ ޙާދިސާ: ބިދޭސީން ނިދާ ކޮންމެ އެނދެއް ކައިރީގައި ކައްކާ ގޭސް ބަހައްޓާފައި ހުރި

10 ނޮވެމްބަރު 2022 | ބުރާސްފަތި 04:14

ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރި ކަމަށާއި، އެކަމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ނޮވެމްބަރު 2022 | ބުރާސްފަތި 04:14
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ

ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ

ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު އަލިފާން ރޯވި މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރޭގައި ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްއެންޑީއެފްގެ ކާނަލް ރަޝީދު ވިދާޅުވީ، މި ޙާދިސާއަކީ މިހާތަނަށް ދިމާވި މިފަދަ އެންމެ ބޮޑު އެއް ޙާދިސާކަމަށެވެ. އޭނާ ވިދާޅުވީ، ބަންގްލަދޭޝް، ލަންކާ އަދި އިންޑިއާގެ ރައްޔިތުން އެތަނުގައި އުޅެމުން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

މި ޙާދިސާގައި 10 މީހަކު މަރުވެފައިވާއިރު، އެކެއްގެ ޙާލު ސީރިއަސްކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރެއިން ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ކާނަލް ރަޝީދު ވިދާޅުވީ، އެ ތަނުގައި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރި ކަމަށާއި، އެކަމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. ބިދޭސީން ނިދާ ކޮންމެ އެނދެއް ކައިރީގައި ކައްކާ ގޭސް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޙާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ސާފުވާނީ ފުރިހަމަ ތަހުގީގަކަށްފަހުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ތަނަކީ ހަނި ސިޑިއަކުން އަރަންޖެހޭ ތަނަކަށްވާއިރު، އެކަމުގެ ސަބަބުންވެސް ފަޔަރ ފައިޓަރުންނަށް ގޮންޖެހުންތައް ކުރިމަތިވިކަމަށް ކާނަލް ރަޝީދު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މިކަމާ ގުޅޭ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށާއި، މިހާރު ސީން ޕްރޮސެސްކޮށް، ނިޔާވި މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަލާމަތް ކުރެވުނު މީހުންނަށް ދޭން ޖެހޭ އެހީތެރިކަން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ މެދުވެރިކޮށް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝުޖާއު ވަނީ މި ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ، އެކި އެކި ސްކޭމްތައް ފޮނުވަމުންދާކަން ބަޔާން ކުރައްވައި އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

މި ނޫސް ބްރީފިންގައި އެންޑީއެމްއޭގެ ޗީފް ހިސާން ވިދާޅުވީ، މާފަންނު ސްޓޭޑިއަމްގައި ހުރި އިވެކުއޭޝަން ސެންޓަރު ހުސްކޮށް އެތަނަށް މީހުން ގެންދިއުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ބެކަޕެއްގެ ގޮތުން ޖަމާލުއްދީން ސްކޫލު ވެސް ތައްޔާރު ކޮށްފައިވާ ކަމަށާއި، މިހާތަނަށް 28 ބިދޭސީއަކު އިވެކުއޭޝަން ސެންޓަރަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކާއި މިހާރު އެމީހުންގެ ވަޒީފާ އަދާ ކުރާ ތަންތަނުން އައިސް ޙަވާލުވެފައިވާކަން ވެސް ހިސާން ފާހަގަ ކުރެއްވިއެވެ.

ހިސާން ވިދާޅުވީ، އެމީހުންނަށް ދޭންޖެހޭ ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދެމުންދާ ކަމަށާއި، ސައިޓް ކްލިއަރ ކުރެވޭ މިންވަރަކުން އާއިލާތައް އެތަންތަނަށް ބަދަލު ކުރުމުގެ ކަންކަން ކުރަމުންދާކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް