Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގުމަތީގައި ފޮށުން

"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް

މަގުމަތީގައި ފޮށުމަކީ ވަރަށް އާއްމު ކަމެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2022 | ހޯމަ 14:43
މަގުމަތީގައި މީހުންނާ ފޮށުން

މަގުމަތީގައި މީހުންނާ ފޮށުން

ހެނދުނު އޮފީހަށް އަންނަން ވެގެން އައި ވަގުތެވެ. މީގެ ދުވަސްކޮޅެއް ކުރީގެ ހާދިސާއެކެވެ. ވަގުތަކީ ހެނދުނު 7 ޖަހަން ކައިރިވެފައިވާ ވަގުތަކަށް ވެފައި އެއީ ސްކޫލް ކިޔެވުން އޮތް ދުވަހެއްކަމުން މަގުމަތީގައި ގިނަ އަދަދަކަށް ބެލެނިވެރިންނާއި ސްކޫލް ކުދިން ތިއްބެވެ. ހިނގާ މީހުން ހިނގާފައެވެ. ސައިކަލާއި ކާރުގައި އުޅުނު މީހުންވެސް މަދެއް ނޫނެވެ. ކަންދިމާކުރިގޮތުން އެވަގުތު އަޅުގަނޑަށް އޮފީހަށް އަންނަން މިސްރާބު ފެށުނީ ސްކޫލްތައް ގިނަ ސަރަހައްދަކުންނެވެ. ތަންކޮޅަކަށް ނުދެވެނީސް މީހަކު "ކޮންތާކަށް"ހޭ ބުނި އަޑަަށް އެނބުރި ބަލާލައިފީމެވެ.

އެއީ ދަންނަ މޫނަކަށް ނުވުމުން ލިބުނު ހައިރާންކަން ވީ އިތުރެވެ. އެހެން ވާނެތާއެވެ! އެ ސުވާލަށް ޖަވާބު ނުދީ ހިނގޭތޯ ބެލީމެވެ. ވާހަކަ ފެށުނު ހިސާބުގައި މި ކިޔައިދިނީ ދެން އޭނާ ކުރި ސުވާލުތަކުގެ ތެރެއިން މަދު މިންވަރެކެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނިޓު ވަންދެން އެ މީހާ އަޅުގަނޑުގެ ފަހަތުން ސައިކަލުގައި އާދެއެވެ. ދުވާރު މަތިން ހިނގާއިރު އޭނާ އެއްވަރަކަށް ދާންވެގެން ފައި ޖަހައި، ސައިކަލު ދަމަމުން ގޮތަކަށް ފަހަތުން އަންނަކަހަލައެވެ. އޭނާ ފަސްދީ އޮބާލީ އަޅުގަނޑު އޮފީސް ހުންނަ ގޯޅިއާ ހިސާބުންނެވެ. މަގުމަތީގައި ލައްކަ މީހުންވެސް ތިއްބެވެ. އެކަމަކާ މާބޮޑު ސަމާލުކަމެއް ދިން މީހަކު ނެތެވެ. ދެ ތިން ފަހަރު ހިނގާފައި އޮފީހަަށް ދާން ބޭނުންވާކަމަށާއި، އެހީއަކަށް ބޭނުންނުވާ ވާހަކަ ބުނީމެވެ. އެކަމަކު އެ މީހާއަށް "ނޫނެކޭ" ބުނާ އަޑެއް ނީވެއެވެ.

ކައިރިން ދިޔަ ބައެއް މީހުން ބަލަނީ ކުދިން އެއްކައިރިކޮށްގެން ދުރަށް ލެވޭތޯއެވެ. އަނެއް ބަޔަކު އިސްދަށަށް ޖަހާލައެވެ. އޮފީހަށް އައިސް ވަދެފައި ހިތަށް އެރިއެވެ. މަގުމަތީގައި ފޮށުން ހާދަހާ އާއްމު ކަމަކަށްވީތާއެވެ. އެކަމާ ބަސްބުނާނެ މީހެއް، އަޅާލާނެ މީހެއް ނެތެވެ. އެ މީހަކާއި އެ މީހެކެވެ. އެހީވާނެ މީހަކު ނެތެވެ. އެކަމަކު މާދަމާވެސް ބޮޑު ހާދިސާއެއް ހިނގައިފިއްޔާ އިންސާފުގެ ނަމުގައި ބޯޑު ހިފައިގެން ސެލްފީ ނަގަން ދާނެއެވެ. އިޖުތިމާއީ ޒިންމާ އަދާކުރަންވީމައި އެކަމެއް ނުކުރެވެއެވެ. ހިތާމައަކީ މަގުމަތީގައި ހިނގާ މިފަދަ ކަންކަން ނުފެންނަކަމަށް ހަދާކަމެވެ. އެއީ ނުވާ ކަންކަމަށް ހަދައިގެން ތިއްބައި ހޭވެރިކަން ވަނީ މާ ލަސްވާ ފަހުންނެވެ. އެހެންނޫނީ މަގުމަތީގައި މީހުންނާއި ފޮށުމަކީ ވަރަށް އާދައިގެ ކަމެކެވެ.

ފީޗަރ ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު