Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

ލޮރިއެންޓް ބަލިކޮށް ޕީއެސްޖީ އަށް ފަސް ޕޮއިންޓުގެ ލީޑެއް

ލޮރިއެންޓްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ނޮވެމްބަރު 2022 | ހޯމަ 04:48
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ފްރާންސް ލީގުގައި ލޮރިއެންޓް ބަލިކޮށް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ލޮރިއެންޓްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ނުކުޅެއެވެ. މެސީގެ ބަދަލު ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ފުރުސަތު ދިނީ ހޫގޯ އެކިޓޭޓްއަށެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޕީއެސްޖީންނެވެ. އެކިޓޭޓް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ ނުވަ ވަނަ މިނެޓުގައި ލަނޑު ޖެހީ ނޭމާ ޖޫނިއާއެވެ. ދެ ވަނަ ހާފުގައި ލޮރިއެންޓަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓެރެމް މޮފީއެވެ. މެޗުން ޕީއެސްޖީ މޮޅުކޮށްދިން ލަނޑު 81 ވަނަ މިނެޓުގައި ޑެނީލޯ ޕެރެއިރާ ޖެހީ ނޭމާގެ އެހީތެރިކަމާއެކުއެވެ.

މެޗުން މޮޅުވެ ޕީއެސްޖީ އެއް ވަނައިގައި އޮތީ ކުޅުނު 14 މެޗުން 38 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ލޮރިއެންޓް އޮތީ 27 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނަ މަގާމުގައެވެ. ލީގު ތާވަލްގެ ދެ ވަނައިގައި އޮތް ލެންސް އަށް ލިބެނީ 33 ޕޮއިންޓެވެ.

ފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު