Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޔުނައިޓެޑުގެ ނަތީޖާ އަކީ ޓެން ހާގަށް ބަލައިގަނެވޭ ނަތީޖާއެއް ނޫން

ޓެން ހާގް ބުނީ މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވެސް ޔުނައިޓެޑަށް މެޗު ގެއްލިއްޖެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ނޮވެމްބަރު 2022 | ހޯމަ 03:54
ޔުނައިޓެޑުގެ ކޯޗު ޓެން ހާގް

ޔުނައިޓެޑުގެ ކޯޗު ޓެން ހާގް

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނީ ޤަބޫލުކުރެވޭ ނަތީޖާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އެސްޓަން ވިލާ އަތުން 1-3 އިން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވެސް ޔުނައިޓެޑަށް މެޗު ގެއްލިއްޖެ ކަމަށެވެ. އޭނާ ބުނީ މެޗުގައި އެސްޓަން ވިލާ އިން ފެނުނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމާއި ޔުނައިޓެޑަށްވުރެ ވަރުގަދަކޮށް ކަމަށެވެ. ޓެން ހާގް ބުނީ މެޗުގައި ޔުނައިޓެޑަށް ބައިވަރު ގޯސް ހެދުނުކަމާއި، ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ނުކުޅެވުމުގެ ނަތީޖާ އަކީ ބަލިވުން ކަމަށެވެ.

އޭނާ އިތުރަށް ބުނީ މެޗުގެ ނަތީޖާ ސާފުކަމަށާއި، ނަތީޖާ ގައި ވެސް ދޮގެއް ނެތް ކަމަށެވެ. ޓެން ހާގް ބުނީ ފުޓުބޯޅައިިގަ ލިބޭނީ އަބަދުވެސް އެބަޔަކު ކުރާ މަސައްކަތެއްގެ ނަތީޖާ ކަމަށާއި، އެސްޓަން ވިލާއާ ދެކޮޅަށް ޔުނައިޓެޑަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށެވެ. ޓެން ހާގް ބުނީ މެޗުގެ ނަތީޖާ އިން އޭނާ އަށް އުނދަގޫތަކެއް އިހުސާސްވާ ކަމަށަށެވެ. އޭނާ ބުނީ ދެން ފޯކަސް ބަހައްޓަން ވީ ކަންކަން ރަނގަޅު ކޮށް ކުރިއަށް އޮތް މެޗުގައި އެސްޓަން ވިލާ އަތުން މޮޅުވާން ކަމަށެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑުގައި ތަޖުރިބާ ހުރި ރަނގަޅު ކުޅުންތެރިން ތިބި ކަމަށާއި، މެޗުގެ ރަނގަޅަށް ގޭމު ދަސްކުރަން ޖެހޭކަމަށެވެ. މެޗުގެ ކުރީ ކޮޅު ދެ ލަނޑުގެ ތަފާތެއް އައުމަކީ އަމިއްލަ ގޯސްތަކެއްގެ ސަބަބުންވީ ކަމެއް ކަން ފާހަގަކޮށް އޭނާ ބުނީ، ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.

މިމަހުގެ 11 ވަނަ ދުވަހު ކަރަބޯ ކަޕްގެ ތިން ވަނަ ބުރުގައި ވެސް ޔުނައިޓެޑުން ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އެ މެޗުގައި ނުކުންނާނީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑްއެރިކް ޓެން ހާގް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު