Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވުލްވްސް

ސެވިއްޔާގެ ކޯޗުކަމުން ވަކިކުރި ލޮޕެޓެގީ ވުލްވްސްގެ ކޯޗުކަމާ ހަވާލުވެއްޖެ

ރަސްމީކޮށް އޭނާ ޓީމާ ހަވާލުވާނީ މި މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ނޮވެމްބަރު 2022 | އާދީއްތަ 04:38
ލޮޕެޓެގީ

ލޮޕެޓެގީ

އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްގެ ކޯޗުކަމުގެ މަގާމަށް ސްޕެއިންގެ ހުލެން ލޮޕެޓެގީ ހަމަޖައްސައިފިއެވެ.

ލޮޕެޓެގީ އެންމެ ފަހުން ހުރީ ސްޕެއިންގެ ސެވިއްޔާގެ ކޯޗުކަމުގައެވެ. ނަމަވެސް އެ ޓީމުގެ ނަތީޖާތައް ދަށް ވުމުގެ ސަބަބުން ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. ވުލްސްގެ ކޯޗުމަަށް ލޮޕެޓެގީ ހަމަޖެއްސިއިރު، ވަގުތީ ގޮތުން އެ ޓީމަށް އިރުޝާދު ދެމުން އަންނަނީ ސްޓީވް ޑޭވިސްއެވެ. ވުލްވްސް އިން ވެސް ވަނީ ނަތީޖާ ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުގައި ހުރި ބްރޫނޯ ލޭޖް އޮކްޓޫބަރު މަހު މަގާމުން ވަކިކޮށްފައެވެ.

ވުލްވްސްގެ ކޯޗުކަމަށް ލޮޕެޓެގީ ހަމަޖެއްސި ނަމަވެސް، ރަސްމީކޮށް އޭނާ ޓީމާ ހަވާލުވާނީ މި މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ފަހުއެވެ. އޭގެ ކުރިން ޓީމަށް އިރުޝާދު ދެމުން އަންނާނީ ވަގުތީ ކޯޗު ސްޓީވް ޑޭވިސްއެވެ.

ވުލްވްސްގެ ކޯޗުކަމުން ލޭޖް ވަކިކުރި ހިސާބުން ފެށިގެން އެ ޓީމުން އައީ ލޮޕެޓެގީ އެ މަގާމަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތަކުގައިވެއެވެ. ޕްރިމިއާ ލީގުގައި މިވަގުތު ވުލްވްސް އޮތީ ރެލިގޭޝަން ޒޯންގައެވެ. ލޮޕެޓެގީގެ އެންމެ ބޮޑު ޓާސްކަކަށް ވާނީ ވުލްވްސް ރެލިގޭޝަން ޒޯނުން ސަލާމަތް ކޮށްދިނުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ވުލްވްސްލޮޕެޓެގީ

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2025

ވުލްވްސް ބަލިކޮށް، ލިވަޕޫލް އިން ލީޑު ފުޅާ ކޮށްފި

17 ފެބުރުއަރީ 2025
ވުލްވްސް ބަލިކޮށް، ލިވަޕޫލް އިން ލީޑު ފުޅާ ކޮށްފި
21 އޮކްޓޯބަރު 2024

ފަހަތުން އަރައި ސިޓީން ވުލްވްސް ބަލިކޮށްފި

21 އޮކްޓޯބަރު 2024
ފަހަތުން އަރައި ސިޓީން ވުލްވްސް ބަލިކޮށްފި
26 އޯގަސްޓު 2024

ޗެލްސީން ހޯދީ ހަ ލަނޑުގެ މޮޅެއް

26 އޯގަސްޓު 2024
ޗެލްސީން ހޯދީ ހަ ލަނޑުގެ މޮޅެއް
05 މެއި 2024

ހާލަންޑުގެ ހަތަރު ލަނޑާއެކު މޮޅުވެ، ސިޓީން ލީގު ރޭހުގައި

05 މެއި 2024
ހާލަންޑުގެ ހަތަރު ލަނޑާއެކު މޮޅުވެ، ސިޓީން ލީގު ރޭހުގައި
02 ފެބުރުއަރީ 2024

7 ލަނޑުގެ މެޗުން ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގައި

02 ފެބުރުއަރީ 2024
7 ލަނޑުގެ މެޗުން ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު