Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

7 ލަނޑުގެ މެޗުން ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގައި

ޔުނައިޓެޑް އޮތީ 7 ވަނައިގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 2 ފެބުރުއަރީ 2024 | ހުކުރު 02:41
މެޗަށްފަހު ޔުނައިޓެޑް ކުޅުންތެރިން އުފާފާޅުކުރަނީ

މެޗަށްފަހު ޔުނައިޓެޑް ކުޅުންތެރިން އުފާފާޅުކުރަނީ

ހަތް ލަނޑުގެ މެޗެއްގެ އިތުރު ވަގުތުގެ ލަނޑުން ވުލުވްސް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލުވްސްއާ ވާދަކޮށް މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދީ 4-3 ނެވެ. މެޗުން ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގެވެސް ހަތްވަނަ މިނިޓްގައި މައިނޫ ޖެހި ލަނޑުންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނިޓްގައި ލީޑް ނެގީ ރަޝްފޯޑްގެ ލަނޑުން ޔުނައިޓެޑެވެ. އަދި ހޮޖްލަންޑް ލަނޑު ޖަހައި ލީޑް ފުޅާކޮށްދިނެވެ. ވުލުވްސް އިން ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީ އަކުން ފަރަގު ކުޑަކޮށްދިނީ ސަރަބިއާ އެވެ. އެކަމަކު އިތުރު ފުރުޞަތެއް ނުދީ ޔުނައިޓެޑްގެ މެކްޓޮމިނޭ ލަނޑު ޖެހުމުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް ލިބިދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ދެން ފެނުނީ ވުލުވްސް އިން ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރިތަނެވެ. އެއީ ކިލްމަންއާއި ނެޓޯގެ ލަނޑުންނެވެ. ނެޓޯ ވުލުވްސް އަށް ނަތީޖާ ހަމަމަކޮށްދިނީ އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައެވެ. އެހެންކަމުން ބެލެވުނީ ނަތީޖާ ހަމަހަމަވާނެ ކަމަށެވެ. އެކަމަކު އޭގެ ދެމިނިޓްފަހުން ޔުނައިޓެޑުން މެޗު ކާމިޔާބުކުރި އެވެ.

މެޗުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑް އޮތީ 35 ޕޮއިންޓާއެކު 7 ވަނައިގައެވެ. ވުލުވްސް އޮތީ 29 ޕޮއިންޓާއެކު 11 ވަނައިގަ އެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްވުލްވްސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު