Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް އިއްތިހާދު

އަލް އިއްތިހާދުގެ ބޮޑު ހުށަހެޅުމަށް ލޮޕެޓެގީ ބުނީ ނޫނެކޭ!

ސަބަބަކީ، އަދިވެސް އޭނާގެ ޝައުޤުވެރިކަން އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކަށް އިރުޝާދު ދިނުމަށް ކަމަށްވާތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2023 | ބުރާސްފަތި 00:24
ސްޕެއިންގެ ލޮޕެޓެގީ

ސްޕެއިންގެ ލޮޕެޓެގީ

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުގެ ކޯޗުކަމާ ހަވާލުވުމަށް ލިބުނު ހުށަހެޅުމަށް ސްޕެއިންގެ ހޫލިއަން ލޮޕެޓެގީ ނޫނެކޭ ބުނެފި އެވެ.

އަލް އިއްތިހާދުގެ ކޯޗުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ ވަކި ކުރުމުންނެވެ. އެ މަގާމުން އޭނާ ވަކި ކުރަން އަލް އިއްތިހާދުން ނިންމީ، މި ސީޒަންގެ ސައުދީ ލީގުގައި އެ ޓީމަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ އެވެ.

އެކަމާ ގުޅިގެން އަލް އިއްތިހާދުން ވަނީލޮޕެޓެގީ އާއެކު މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސް، އޭނާ އަށް ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. ނަމަވެސް، ލޮޕެޓެގީ ވަނީ އެ ހުށަހެޅުން ޤަބޫލު ނުކުރަން ނިންމައިފަ އެވެ. ސަބަބަކީ، އަދިވެސް އޭނާގެ ޝައުޤުވެރިކަން އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކަށް އިރުޝާދު ދިނުމަށް ކަމަށްވާތީ އެވެ. ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުން ވަނީ މީގެ ކުރިން ވެސް ޔޫރަޕުގައި މަސައްކަތް ކޮށްފައިވާ، ތަޖުރިބާކާރު ގިނަ ކޯޗުން ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ލޮޕެޓެގީގެ އިތުރުން، ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ އަދި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ހޯދުމަށް ވެސް އެ ކުލަބުތަކުން މަސައްކަތް ކުރި އެވެ. ނަމަވެސް، އެ ކޯޗުން ވެސް ވަނީ ހުށަހެޅުން ޤަބޫލު ނުކުރަން ނިންމައިފަ އެވެ.

ލޮޕެޓެގީ އެންމެ ފަހުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްގެ ކޯޗުގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ ވަކިވީ މިއަހަރުގެ އޯގަސްޓު މަހު އެވެ. އެއަށްފަހު ލޮޕެޓެގީ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ. އުމުރުން 57 އަހަރުގެ ލޮޕެޓެގީ ވަނީ މީގެ ކުރިން ޕޯޗުގަލްގެ ޕޯޓޯ، ސްޕެއިންގެ ރެއާލް މެޑްރިޑު އަދި ސެވިއްޔާ އަށް ވެސް އިރުޝާދު ދީފަ އެވެ. މީގެ އިތުރުން ސްޕެއިންގެ ޒުވާން އުމުރުފުރާތަކުގެ ޤައުމީ ޓީމަށް ވެސް އޭނާ ވަނީ އިރުޝާދު ދީފަ އެވެ.  

އަލް އިއްތިހާދުލޮޕެޓެގީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

28 ޖެނުއަރީ 2025
އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

07 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު