Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބަޖެޓު 2023

ދަތުރުފަތުރުގެ މުޅި ނިޒާމު ހިންގުމަށް އެހީވުމަށް 300 މިލިއަން ރުފިޔާ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ހިމެނިފައިވޭ

އާރްޓީއެލް ފެރީގެ ހިދުމަތުގެ އަގު ކަނޑައެޅިފައިވަނީ އަތްފޯރާ އަގެއްގައި އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ނޮވެމްބަރު 2022 | އާދީއްތަ 02:44
ހައި ސްޕީޑް ފެރީ

ހައި ސްޕީޑް ފެރީ

ދަތުރުފަތުރުގެ މުޅި ނިޒާމު ހިންގުމަށް އެހީތެރިވެދިނުމުގެ ގޮތުން 300.6 މިލިއަން ރުފިޔާ 2023 ވަނަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ހިމެނައިފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު, ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، މިނިސްޓްރީން ވަނީ ބަޖެޓާ ގުޅޭ ތަފްސީލުތައް ހިއްސާކޮށްފައެވެ. އެގޮތުން ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ރަނގަޅު ފެންވަރެއްގައި އަދި ދެމެހެއްޓެނިވި ގޮތަކަށް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު އެއް އިންފްރާސްޓްރަކްޗަރ އަކީ ހުރިހާ ރަށްތަކެއް ގުޅާލަދޭނެ، މުޅި ރާއްޖެއަށް ފެތުރިފައިވާ ދަތުރުފަތުރުގެ ނިޒާމެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް، އާރްޓީއެލް (ރާއްޖެ ޓްރާންސްޕޯޓް ލިންކް) ގެ ނަމުގައި ބްރޭންޑް ކުރެވިގެން މުޅި ރާއްޖެއަށް ފެތުރިފައިވާ ދަތުރުފަތުރުގެ ނިޒާމަށް އަލިއަޅުވާލާފައެވެ.

މި މަޝްރޫޢުއަކީ ސަރުކާރުގެ ބަޖެޓުން އަނބުރައި ދައްކާގޮތަށް، އެމްޓީސީސީ އަށް 52 މިލިއަން ރުފިޔާގެ އެޑްވާންސް ޕޭމެންޓެއް ދެވިގެން، ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އެ ކުންފުނީގެ އަމިއްލަ ޚަރަދުގައި ހޯދައިގެން ކުރިއަށްގެންދާ ގޮތަށް، އެމްޓީސީސީ އާ ހަވާލުކުރެވިގެން ހިންގާ ޕްރޮޖެކްޓެއްކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

އޭގެ އިތުރުން، އާރްޓީއެލް ފެރީގެ ހިދުމަތުގެ އަގު ކަނޑައެޅިފައިވަނީ އަތްފޯރާ އަގެއްގައި އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒު ކުރެވިގެންކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ، އެ އަގުގައި ހިދުމަތް ފޯރުކޮށްދިނުމުން އެމްޓީސީސީ އަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ މުޅި ނިޒާމު ހިންގުމަށް އެހީތެރިވެދިނުމުގެ ގޮތުން 300.6 މިލިއަން ރުފިޔާ 2023 ވަނަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ހިމެނިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ހަމައެއާ އެކު، ހުރިހާ ވަސީލަތްތަކެއް ކޮންމެ ރަށެއްގައި ގާއިމުވެފައިނެތް ނަމަވެސް، ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތަކު ބޭނުންވާ ހިދުމަތެއް ލިބިގަނެވޭނެ ލުއިފަސޭހަ ނިޒާމެއް އޮތުމަކީ ރަށްރަށުގެ ތަރައްގީ އަށް އެޅޭނެ މުހިއްމު ބިންގާކަން ފިނޭންސް މިނިސްޓްރީން ބަޔާން ކުރެއެވެ.

މީގެ އިތުރުން، ދަތުފަތުރުގެ ނިޒާމެއް ގާއިމުކުރެވުމުން ލިބޭނެ އަނެއް ފައިދާއަކީ ރަށްރަށުގެ އުފެއްދުންތައް އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާ އެކު ގެންދެވޭނެ މަގު ފަހިވެގެން ދިޔުންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެކަަމަކީ އޭގެ ސަބަބުން، ރަށްރަށުގެ އިގުތިސާދު އިތުރަށް ފުޅާކުރުމަށް ހުޅުވިގެންދާނެ މަގެއް ކަމަށެވެ.

އަދި އެފަދަ ނިޒާމެއްގެ ސަބަބުން، ދިރިއުޅޭ ރަށް ނޫން އެހެން ރަށަކުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، އެއާ އެކު ގައުމުގެ އާބާދީ މަދު ނަމަވެސް، އެންމެ ހަރުދަނާކަމާ އެކު އިންސާނީ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވެސް ފިނޭންސް މިނިސްޓްރީން ފާހަގަ ކުރެއެވެ.

ދައުލަތުގެ ބަޖެޓު 2023ފިނޭންސް މިނިސްޓްރީއާރްޓީއެލް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ޑިސެމްބަރު 2025

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު