Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަލަސްތީނުގެ ކައިވެނީގެ ސަގާފަތް

ކުކުޅުބިހާއި ފުށާއި ސޯހާއެކު ފަލަސްތީނުން ތަފާތު ހަމަލާއެއް!

5 ނޮވެމްބަރު 2022 | ހޮނިހިރު 12:27

މި ހަރަކާތް ފެށިގެން އައީ ކައިވެނިކުރަން ތައްޔާރުވެފައިވާ ފިރިހެން ކުއްޖާ ފެންވަރުވައި، ތުނބުޅި ބޭލުވުންފަދަ ޒީނަތްތެރިވުމުގެ ރަމްޒީ ހަރަކާތެއްގެގޮތުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ނޮވެމްބަރު 2022 | ހޮނިހިރު 12:27
ކައިވެނީގެ ކުރިން އެ ފިރިހެން ކުއްޖާގެ އާއިލާ މެންބަރުންނާއި ރަހުމަތްތެރިން އެއް ތަނަކަށް އެއްވެ، އުފާ ފާޅުކުރުންތައް ފަށާ

ކައިވެނީގެ ކުރިން އެ ފިރިހެން ކުއްޖާގެ އާއިލާ މެންބަރުންނާއި ރަހުމަތްތެރިން އެއް ތަނަކަށް އެއްވެ، އުފާ ފާޅުކުރުންތައް ފަށާ

ދިރިއުޅުމުގެ މައިދާނުގައި ޖަހާލެވޭ އެންމެ މުހިންމު އެއް ގޮށަކީ ހަޔާތުގެ ބައިވެރިޔާއާއެކު ބަނދެލާ ކައިވެނީގެ ގޮށެވެ. ކައިވެންޏަކީ 2 މީހެއްގެ ހަޔާތަށް އަންނަ ބޮޑު ބަދަލަކަށް ވާއިރު، އެ ކައިވެންޏަށް ތައްޔާރުވަމުންދާ އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާގެ އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން އެކަން ފާހަގަވެސް ކޮށްދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަން އޮވެއެވެ. ތަފާތުވަނީ އެކި ހިސާބުތަކުގައި އެކަން ކޮށްއުޅޭ ގޮތެވެ. ހަނގުރާމައާއި ދެންވެސް އޮތީވިއްޔާ އޮތްހާ ޖަރީމާއެއްގައި ކަސްތޮޅުއެޅިފައިވާ ފަލަސްތީނުގައިވެސްމެއެވެ. ނަމަވެސް، ދުނިޔޭގެ އެހެން މަންޒިލްތަކާ ތަފާތު ގޮތަކަށެވެ.

ހުޅަނގު އައްސޭރީގައި ކައިވެންޏަކަށް ތައްޔާރުވެފައިވާ ފިރިހެން ކުއްޖާއަށް މަރުހަބާ ކިއަނީ އާދަޔާޚިލާފު ގޮތަކަށެވެ. ކައިވެނީގެ ކުރިން އެ ފިރިހެން ކުއްޖާގެ އާއިލާ މެންބަރުންނާއި ރަހުމަތްތެރިން އެއް ތަނަކަށް އެއްވެ، އުފާ ފާޅުކުރުންތައް ފަށައެވެ. ކައިވެނިކުރާ ފިރިހެން ކުއްޖާއަށް ފުރަތަމަވެސް އަމާޒުވަނީ ކުކުޅު ބިހާއި، ތެލާއި، ސޯސް އަދި ފުށާއި އެނޫންވެސް އެފަދަ ކާބޯތަކެތީގެ ހަމަލާތަކެވެ. އެއީ ފަލަސްތީނުގައި އެކަމުގެ ސަގާފަތް އޮންނަ ގޮތެވެ.

ޒަވާޖީ ހަޔާތެއްގެ އުއްމީދީ ފެށުމަކަށް ކެތްމަދުވެފައި ހުރި ޒުވާނާއަށް މިފަދަ ހަފުލާތަކުގައި އަމާޒުކުރާ ހަމަލާތައް ވަކިން ވަރުގަދަހެންވެސް ހީވެއެވެ. މާޒީގައި ހިނގާފައި އޮތް ކަމެއްގެ ބަދަލު ހިފުމުގެ ރޫހުވެސް އޮންނަ ކަހަލައެވެ.

ކައިވެނި ކުރަން ތައްޔާރުވެފައިވާ ފިރިހެން ކުއްޖާއަށް، ކާބޯތަކެތީގެ ހަމަލާތައް އަމާޒު ކުރުމަކީ މީގެ އެތައް ޖީލެއް ކުރިއަށް މޫލާފައި އޮތް ސަގާފަތަކަށް ވީ ނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކަމަށް ވަނީ ހިސާބަކަށް ބަދަލުތަކެއްވެސް އައިސްފައެވެ. މި ހަރަކާތް ފެށިގެން އައީ ކައިވެނި ކުރަން ތައްޔާރުވެފައިވާ ފިރިހެން ކުއްޖާ ފެންވަރުވައި، ތުނބުޅި ބޭލުވުންފަދަ ޒީނަތްތެރިވުމުގެ ރަމްޒީ ހަރަކާތެއްގެ ގޮތުގައެވެ. ނަމަވެސް، އަދުގެ މެނޫގައި މުޅިންހެންވެސް ހިމެނެނީ ކާބޯތަކެއްޗެވެ. ނެށުމާއި ލަވަކިއުމުގެ ހަރަކާތްތައްވެސް އެހާމެ ފޯރިއާއެކު ކުރިއަށްދެއެވެ.

ފަލަސްތީން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ
01 ސެޕްޓެމްބަރު 2024

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ
31 އޯގަސްޓު 2024

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ
31 އޯގަސްޓު 2024

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި
28 އޯގަސްޓު 2024

އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި

28 އޯގަސްޓު 2024
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި
17 މެއި 2024

ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި

17 މެއި 2024
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
10 މެއި 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ

10 މެއި 2024
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ
01 މެއި 2024

ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ

01 މެއި 2024
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
11 އެޕްރީލު 2024

ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި

11 އެޕްރީލު 2024
ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް