Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:47

މާލޭގެ ބައެއް ގޭބިސީތަކަށް އައި ބޮޑު ކަރަންޓު ބިލުތަކުގެ ޝަކުވާ ސްޓެލްކޯއަށް ހުށަހެޅުމުން، އެތައް ހާސް ރުފިޔާއެއްގެ ބިލުތައް ވަނީ ބޮޑުތަނުން ކުޑަކޮށްދީފައި. ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، ސްޓެލްކޯއިން ބުނަނީ ބިލުތައް ބޮޑުވަނީ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:47
ސްޓެލްކޯ

ސްޓެލްކޯ | ސްޓެލްކޯ

ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ (ސެޓެލްކޯ) އަށް ގޮސް ޝަކުވާ ކުރުމުން 17،000 ރުފިޔާ އަރާފައިވާ ކަރަންޓު ބިލެއް 1000 ރުފިޔާ އަށް އަދި 12،000 ރުފިޔާ އަރާފައިވާ ކަރަންޓް ބިލެއް 600 ރުފިޔާ އަށް ކުޑަކޮށްދީފި އެވެ. 

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މާލޭގައި ދިރިއުޅޭ ރައްޔިތެއް މައުލޫމާތު ދިން ގޮތުގައި އެ އާއިލާ އެހެން ގެޔަކަށް ބަދަލުވެ ދިރިއުޅެން ފެށިތާ އެއް މަސް ތެރޭގައި އައިސްފައިވާ ކަރަންޓު ބިލަށް ވަނީ 17،643.31 ރުފިޔާ އަރާފަ އެވެ. ނަމަވެސް ގޭގެ ވެރިފަރާތުން ބިލު ހިފައިގެން ސްޓެލްކޯ އަަށް ގޮސް މިވަރުގެ ބޮޑު އަދަދެއް އެރުމުން އެކަމުގެ ޝަކުވާ ކުރުމުން ސްޓެލްކޯ އިން ވަނީ އެ ބިލް 1000.74 ކުޑަކޮށްފައި ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement
17،643.31 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 1000.74 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ

17،643.31 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 1000.74 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ | ރާއްޖެ އެމްވީ

މީގެ އިތުރުން، މާލޭގައި ދިރިއުޅޭ އިތުރު ރައްޔިތަކު ވެސް ވަނީ "ފަށާއިރު" ޕްރޮގްރާމަށް އެ ގޭގެ ކަރަންޓް ބިލަށް 12،998.39 އަރާފައިވާ ކަމަށް ބުނެ މައުލޫމާތު ދީފަ އެވެ. އަދި އެ ބިލު ހިފައިގެން ސްޓެލްކޯއަށް ދިޔުމުން 657.32 އަށް ކުޑަ ކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.

 12،998.39 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 675.32 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ

12،998.39 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 675.32 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ | ރާއްޖެ އެމްވީ

ކޮންމެ މަހެއްގެ ވެސް ކަރަންޓު ބިލު ލިބުމުން ކަރަންޓު ބިލު ބޮޑުވެގެން ރައްޔިތުންގެ ޝަކުވާތަކުގެ އަޑު ދުވަހެއް ދުވަހަކަށް އަންނަނީ ގަދަވަމުންނެވެ. އަދި ސްޓެލްކޯއިން ގަސްތުގައި ކަރަންޓް ބިލް ބޮޑުކުރަމުންދާ ކަމަށް ވެސް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ތުހުމަތު ކުރަމުންނެވެ. 

ކަރަންޓް ބިލް ބޮޑުވާކަމުގެ ޝަކުވާތަކާ އެކު ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ކަރަންޓު ބިލު ބޮޑުވަނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، މިފަހުން ބިލުތައް ބޮޑުވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ބޭނުންކުރާ ކަރަންޓު އިތުރުވެގެންކަމަށް ވިދާޅުވެފަ އެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

06 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!
22 އޯގަސްޓު 2026

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

22 އޯގަސްޓު 2026
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް