Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދުނިޔެ
ހުޅަނގު އައްސޭރީގެ ހަނގުރާމަ

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

ޖެނިން ގައި ކުރިއަށް ދަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ފަލަސްތީނުގެ ސަރަހައްދަކަށް އިޒްރޭލުން ދެމުންދާ އެންމެ ވަރުގަދަ ހަމަލާ ތައް ކަމަށް އަލް ޖަޒީރާ އިން ބުނޭ

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2024 | އާދީއްތަ 02:31
އެޕާޓްމަންޓަކަށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި މަރުވި ފަލަސްޠީނު މީހުންގެ ހަށިތައް ހޮސްޕިޓަލަށް އާއިލާ މީހުން ގެންނަނީ

އެޕާޓްމަންޓަކަށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި މަރުވި ފަލަސްޠީނު މީހުންގެ ހަށިތައް ހޮސްޕިޓަލަށް އާއިލާ މީހުން ގެންނަނީ

އިޒްރޭލުގެ ބާރުތަކުން ޖެނިން ހިސޯރުކޮށްގެން ތިބުމުގެ ސަބަބުން، ފަލަސްތީނުގެ މީހުންނަށް ކާނާ، ފެން، ކަރަންޓު އަދި އިންޓަނެޓް ލިބުން ހުއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޒްރޭލު ސިފައިން ޖެނިން ރެފިއުޖީ ކޭމްޕަށް ވަދެގަނެ އެތަނުގައި ހަމަލާތައް ދެމުންދާތާ މިހާރު ވަނީ ހަތަރު ދުވަސް ވެފައެވެ.

ބަރު ހަތިޔާރާ ހަނގުރާމަތީ އުޅަނދުތަކާ އެކު އިޒްރޭލް ސިފައިން ކޭމްޕް ވަށާލާފައިވާ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

އިޒްރޭލުން ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕް ސުންނާފަތި ކުރަމުންދާތީ އދ. އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. 

އިޒްރޭލުގެ ސިފައިން ވަނީ ޖެނިން ކޭމްޕްގެ ޖަބްރިޔާތު ސަރަހައްދުގައި ހުރި އާންމުން ދިރިއުޅޭ ގެތަކެއް ގޮއްވާލާފައެވެ.

ޖެނިން ގައި ކުރިއަށް ދަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ފަލަސްތީނުގެ ސަރަހައްދަކަށް އިޒްރޭލުން ދެމުންދާ އެންމެ ވަރުގަދަ ހަމަލާ ތައް ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ހުޅަނގު އައްސޭރިއަށް އަރާ އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ހަތަރު ދުވަސް ވެފައިވާއިރު ހޮނިހިރު ދުވަހު އިޒްރޭލުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި އިޒްރޭލު ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް ފުރަތަމަ ފަހަރަށް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އުމުރުން 20 އަހަރުގެ ސިފައިންގެ މީހަކު އަސްކަރީ އޮޕަރޭޝަނުގެ ތެރޭގައި މަރުވެފައިވާ ކަމަށާއި އަދި އެހެން ސިފައިންގެ މީހަކު "ބޮޑަށް ޒަޚަމްވެފައިވާ" ކަމަށެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ޖެނިން ގައި ހުރި އަލް ޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ މުޅި ސަރަހައްދު ފަޅު ވެފައިވާ ކަމަށެވެ. އެއްވެސް މީހަކު މަގުމައްޗަށް ނުނިކުންނަ ކަމަށާއި، ފިހާރަތަކާއި ޚިދުމަތްތައް ބަންދުކޮށްފައިވާ ކަމުގައެވެ.

ޖެނިންގައި ފަލަސްތީނު ހަނގުރާމަވެރިންނާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯތަކުން ދައްކާގޮތުގައި އެ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އިޒްރޭލުގެ ސިފައިންގެ ބުނާ ގޮތުގައި އެމީހުންގެ ޓާގެޓަކީ ހުޅަނގު އައްސޭރީގައި ތިބި ހަތިޔާރުއެޅި ގްރޫޕްތަކެވެ. ބޭނުމަކީ އެ ގްރޫޕް ތަކުން ކުރިމަގުގައި ހަމަލާއެއް ނުދެވޭނެ ގޮތް ހެދުން ކަމަށްވެސް ބުނެފައިވެއެވެ.

އިޒްރޭލުން ބުނީ 20 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށާއި 17 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ ދިފާއު ގައި މަސައްކަތް ކުރާ ހަމާސްގެ އިސް އޮފިޝަލެއް ބުނެފައިވަނީ އިޒްރޭލުން މިހާރު ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ތިބި ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލް ސިފައިންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރުކުރާނެ ކަމަށެވެ.

ހަމާސްގެ ހަރަކާތްތަކާ ކޮންޓްރޯލް މައިގަނޑު ގޮތެއްގައި އޮންނަނީ ޣައްޒާ ސްޓްރިޕް ގައި ކަމަށް ވިޔަސް އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރެއް ކަމުގައިވާ ހުސާމް ބަދްރާން، ބުރާސްފަތި ދުވަހު އަލް-މަޔާދީން ޓީވީ ނެޓްވޯކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންގެ ހަރަކާތްތައް އިތުރުވެފައިވުމާއެކު ހަމާސްގެ އަސްކަރީ ހަރަކާތްތައް އެ ސަރަހައްދަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

ހަމާސްގެ އޮފިޝަލް ބުނެފައިވަނީ ހިފާފައިވާ ބިންތަކުގައި ހަރަކާތްތެރިވާ ދިފާއީ ގްރޫޕްތަކުގެ ސަބަބުން އިޒްރޭލަށް ކަންބޮޑުވުން އިތުރުވެފައިވާ ކަމަށާއި، އެ ގްރޫޕްތަކުގެ ބާރު ކުރިއަށްވުރެ ގަދަވެ، އިޒްރޭލާ ދެކޮޅަށް އެ ގްރޫޕްތަކުން ހިންގާ ހަރަކާތްތައްވެސް އިތުރުވެފައިވާ ކަމަށެވެ.

ހުރިހާ ގްރޫޕް ތަކެއް ގުޅިގެން ހުޅަނގު އައްސޭރީގައި އިޒްރޭލާ ދެކޮޅަށް ހަރަކާތްތެރިވުމަކީ މުޅި ފަލަސްތީންގެ މަސްލަހަތު އޮތް ގައުމީ އެއްބައިވަންތަ ކަމުގެ ހަރަކާތެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ބަރްދާން ބުނެފައިވަނީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ދިފާއީ ގްރޫޕްތައް ނައްތާލުމަށް އިޒްރޭލުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. ދިފާއީ ޖަމާއަތްތަކުގެ ގިނަ ހަނގުރާމަވެރިންނަކީ ޒުވާނުން ކަމަށްވެސް އޭނާ ބުންޏެވެ.          

އަނެއްކޮޅުން ފަލަސްތީނުގެ ސިއްހީ އިސްވެރިން ބުނެފައިވަނީ ޣައްޒާގައި އާދިއްތަ ދުވަހު ފެށި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނެއް ކާމިޔާބުވުމަށް ހަނގުރާމަ ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށެވެ. ވެކްސިން ޕްރޮގްރާމް ފެށިފަހުންވެސް ޣައްޒާ އަށް ހަމަލާ ދިނުމަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 61 މީހުން ވަނީ ޝަހީދުވެފައެވެ.

އާދިއްތަ ވިލޭރޭ ތެލް އަވީވްގެ މަގުތަކަށް އެތައް ހާސް މީހުން ނުކުމެ ބޮޑު ވަޒީރު ނަތަންޔާހޫ އާ ދެކޮޅަށް ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ކުރި މީހުން ބޮޑު ވަޒީރު ނަތަންޔާހޫ އަށް ގޮވަމުން ދިޔައީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ހަމާސް އާ އެކު އައިސް ހަމާސް އިން ހައްޔަރު ކޮށްފައި ތިބި އިޒްރޭލު މީހުން މިނިވަންކޮށްދިނުމަށެވެ.

އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 40،691 މީހުން ޝަހީދުވެ، 94،060 މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީންއިސްރާއީލް އަސްކަރިއްޔާޣައްޒާހަމާސް-އިސްރާއިލް ހަނގުރާމަހަމާސްފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު