Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާޢީލް ހަނގުރާމަ

ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި

ކޯޓުގެ އަމުރަކަށް އެދި އިޒްރޭލާ ދެކޮޅަށް ބުރާސްފަތި ދުވަހު މައްސަލަ ހުށަހެޅީ ދެކުނު އެފްރިކާއިން

ރާއްޖެ އެމްވީ | 17 މެއި 2024 | ހުކުރު 17:40
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)

ފަލަސްތީންގެ ރަފާ ސިޓީ ހިފުމަށް ދެމުންދާ ހަމަލާތައް ދިފާއު ކޮށް އދ. ގެ އެންމަތީ ކޯޓު - އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހުކުރު ދުވަހު އިޒްރޭލުން ވާހަކަ ދައްކައިފިއެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދާ އުދުވާނުތައް ވަގުތުން ހުއްޓާލުމަށް ކޯޓުގެ އަމުރަކަށް އެދި އިޒްރޭލާ ދެކޮޅަށް ބުރާސްފަތި ދުވަހު މައްސަލަ ހުށަހެޅީ ދެކުނު އެފްރިކާއިންނެވެ.

ދިފާއުގައި ވާހަކަ ދައްކަމުން އިޒްރޭލުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ޖިލާޑް ނޯމް ބުނެފައިވަނީ ރަފާ ސިޓީ އަކީ ހަމާސް ހަނގުރާމަވެރިން ގަދަކޮށް ގާއިމްވެ ތިބި ސިޓީއެއް ކަމަށާއި ހަމާސް އަކީ އިޒްރޭލަށާއި އެ ގައުމުގެ ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ.

ނޯމް ވަނީ މައްސަލަ ހުށަހެޅި ދެކުނު އެފްރިކާ އަށް ބަހުގެ ހަމަލާތައް ކޯޓުގައި އަމާޒު ކޮށްފައެވެ. އެ ގޮތުން މިއީ ހުއްޓުމެއް ނެތި އިޒްރޭލް ކޯޓަށް ހާޒިރު ކުރަން ރާވައިގެން ހިންގާ ކަމެއް ކަމަށާއި، މިއީ ދެކުނު އެފްރިކާގެ އެކުވެރި ހަމާސް އަށް މިލިޓަރީ އެޑްވާންޓޭޖް ހޯދައި ދިނުމަށް އެ ގައުމުން ކުރާ މަސައްކަތެއްގެ ގޮތުގައި އިޒްރޭލް ޑެޕިއުޓީ އެޓަރނީ ޖެނެރަލް ސިފަކުރިއެވެ. އަދި އިޒްރޭލްގެ ހަމަލާތައް ހުއްޓާލުމަށް ދެކުނު އެފްރިކާއިން އެދެނީ ހަމާސް ބަލިވާން ނޭދޭތީ ކަމަށްވެސް އޭނާގެ ވާހަކައިގައި ބުނެފައިވެއެވެ.

މައްސަލަ އަޑުއަހަން ވަދެ ތިބި ނޫސްވެރިން ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކަމުން ދިޔައިރު އިޒްރޭލްގެ ގާނޫނީ ޓީމަށް އަމާޒުކޮށް އަޑުއަހަން ވަދެ އިން މީހަކު "ދޮގު ހަދާ ބައެއް، ދޮގު ހަދާ ބައެއް" ގޮވާ ހަޅޭއްލަވަމުން ދިޔައެވެ.

އިޒްރޭލާ ދެކޮޅަށް މައްސަލަ ހުށަހެޅި ދެކުނު އެފްރިކާގެ ގާނޫނީ ޓީމުން ބުނީ ގާޒާ އާއި ރަފާ ގައި ދިރިއުޅޭ އާއްމުންގެ ފުރާނަ ސަލާމަތް ކުރަން ލިބޭ މިއީ އެންމެ ފަހު ފުރުސަތު ކަމުގައެވެ.

ރަފާ ސިޓީ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް އެންގުމަށް އަމުރަކަށް ދެކުނު އެފްރިކާ އިން ކޯޓަށް ހުށަހެޅީ ބުރާސްފަތި ދުވަހުއެވެ.

ރަފާ ސިޓީއަށް އިޒްރޭލުން ބޮން އަޅަމުން ދިއުމުގެ ސަބަބުން ފުރާނަ ސަލާމަތް ކުރަން މަދުވެގެން 630.000 މީހުން އެ ސިޓީ ދޫކޮށް އެހެން ސަރަހައްދުތަކަށް މަޖުބޫރުވެގެން ހިޖުރަކޮށްފި ކަމަށް އދ. ން ވަނީ ހާމަ ކޮށްފައެވެ.

ރަފާއަށް ދެމުންދާ ހަމާލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް ދެކުނު އެފްރިކާއިން ހުށަހެޅީ، އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާ އިން ހުސްވި އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާފައިވާ ގަތުލު އާއްމުގެ މައްސަލައިގެ ތެރެއިންނެވެ.

ދެކުނު އެފްރިކާއިން އެދިފައިވަނީ، 1948 ވަނަ އަހަރުގެ ޖީނޯސައިޑް ކޮންވެންޝަން އާ އިޒްރޭލުން ޚިލާފްވި ކަމަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން ވަގުތީ 3 އަމުރެއް ކޯޓުން ނެރެދިނުމަށެވެ.

އިޒްރޭލުން ގަތުލު އާއްމު ހިންގި ކަމަށް ބުނެ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ ހުކުމަކާ ހަމައަށް ދިއުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ގާނޫނީ ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ދެކުނު އެފްރިކާ އިން އެދުނު ވަގުތީ އަމުރު ތަކާ މެދު އަންނަ ހަފްތާގައި ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެއެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހު ދެކުނު އެފްރިކާ އިން އައިސީޖޭ އަށް ގަތުލު އާޢްމުގެ މައްސަލަ ހުށަހެޅި ފަހުން މިއީ ގާޒާގައި ހިނގާ ހަނގުރާމަ އާ ގުޅޭ ގޮތުން ކޯޓުން ބޭއްވި 3 ވަނަ އަޑުއެހުމެވެ.

ހަނގުރާމަ ހުއްޓާލުމަށް އެންގުމާއި ކަމާ ބެހޭ އެހެން ފިޔަވަޅު ތައް އެޅުމަށް އެންގުމުގެ ބާރު އައިސީޖޭގެ ފަނޑިޔާރުންނަށް ލިބިއެވެ. އެހެން ނަމަވެސް އައިސީޖޭ އަކީ ތަންފީޒް ކުރުމުގެ ވަސީލަތްތައް ލިބިގެންވާ ކޯޓެއް ނޫން ކަމުން އެފަދަ އަމުރުތަކަށް ބޯނުލަބާތަން ދަނީ ފެންނަމުންނެވެ.

2022 ވަނަ އަހަރު ޔޫކްރޭން އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އައިސީޖޭ އިން ކުރި އަމުރަށް ރަޝިޔާއިން މިހާތަނަށް ބޯލަނބާފައެއް ނުވެއެވެ.

އިޒްރޭލްފަލަސްތީންރަފާ ސިޓީފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
11 ނޮވެމްބަރު 2025

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

11 ނޮވެމްބަރު 2025
ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު