Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސްގެ ލީޑަރުގެ އާއިލާ ޝަހީދުކޮށްލުން

ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ވައިގެ ހަމަލާގެ ސަބަބުން ކާރު ހަލާކުވެ، އެތެރޭގައި ތިބި އެންމެން މަރުވެ، ނުވަތަ ޒަހަމްވި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 އެޕްރީލު 2024 | ބުރާސްފަތި 06:55
ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ތިން ދަރިންގެ ޖަނާޒާ

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ތިން ދަރިންގެ ޖަނާޒާ

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7 އަށް އަރައިފިއެވެ.

ރަމަޟާން މަސް ނިމުމާ ދިމާކޮށް މުސްލިމުންގެ ފިތުރު އީދު ޗުއްޓީގެ ފުރަތަމަ ދުވަހު އުފާފާޅުކުރުމަށް ދަތުރުކުރަމުން ދަނިކޮށް، ޣައްޒާ ސިޓީ ކައިރީގައި އޮންނަ އަލްޝާޓީ ރެފިއުޖީ ކޭމްޕްގައި ހަނިއްޔާ އާއިލާގެ މީހުން ދަތުރުކުރަމުން ދިޔަ ކާރަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާގައި އޭނާގެ ތިން ފިރިހެން ދަރިންނާއި އޭނާގެ ހަތަރު ދައްތަ މަރުވެފައވާކަމަށް ރެސިސްޓެންސް ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހަނިއްޔާގެ އާއިލާގެ މީހުންގެ ފުރާނަ ގެއްލުނީ "ޚިޔާނާތްތެރި އަދި ބިރުވެރި" ހަމަލާއެއްގައި ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ވައިގެ ހަމަލާގެ ސަބަބުން ކާރު ހަލާކުވެ، އެތެރޭގައި ތިބި އެންމެން ވަނީ މަރުވެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި ހަމަލާގައި ޝަހީދުވި މީހުންނަކީ ވެސް ފަލަސްތީނުގެ ރައްޔިތުން ކަމަށާއި އޮޕަރޭޝަން އަލް އަޤްޞާ ތޫފާނުގައި މަރުވި މީހުންނާއެކު މީގެ ކުރިން ޝަހީދުވި ހަނިއްޔާ އާއިލާގެ މީހުންގެ ސަފުގައި އެމީހުން ގުޅިފައިވާ ކަމަށެވެ.

އަދި ހަމާސްގެ ލީޑަރުންނާއި އެމީހުންގެ އާއިލާތަކަށް އިސްރާއީލުން ހަމަލާތައް އަމާޒުކުރުމަކީ ނާކާމިޔާބު ދުޝްމަނުން ހަނގުރާމައިގައި ކުރާ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އަދި މިފަދަ ޙަމަލާތަކުގެ ސަބަބުން ހަމާސް ޖަމާއަތާއި ފަލަސްޠީނުގެ ރައްޔިތުންގެ ދެކޮޅުވެރިކަމުގެ ވިސްނުން ކެނޑިގެން ނުދާނެކަމަށާއި، އެކަމުގެ ސަބަބުން އެމީހުންގެ ޢަޒުމް އިތުރުވެގެންދާނެކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި އިސްރާއީލުން ޓެރަރިޒަމްގެ އަމަލުތައް އިތުރުކޮށް، އެގައުމުން ހިންގާ ޖަރީމާތަކާއި، ދިފާއު ނެތް އާންމުންނަށް ދޭ ހަމަލާތައް އިތުރުކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދާއިރު، އެ މަޝްވަރާތައް ކާމިޔާބު ވާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން އިސްރާއީލުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފައެވެ.

ހަނގުރާމަ ފެށި ފަހުން ޣައްޒާގައި ފަލަސްތީނުގެ 33،500 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ކާރިސާއަކަށް ވެއްޓިފައެވެ.

ޣައްޒާއިޒްރޭލްފަލަސްތީން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު