Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރު މާރުކުރުން

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

16 ސެޕްޓެމްބަރު 2026 | ބުދަ 14:25

ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއެކު އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާތީ، ރާއްޖޭގައި އިތުރަށް އިންވެސްޓު ނުކުރަން ނިންމާފައިވާ ކަމަށް މަންޓަ އެއަރގެ ސީއީއޯ މުހައްމަދު ޚަލީލު ވިދާޅުވެއްޖެ. ކުއްލި ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެނައުމަކީ އިންވެސްޓްމަންޓްތަކަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 16 ސެޕްޓެމްބަރު 2026 | ބުދަ 14:25
ރައީސް މުއިއްޒު، ޚަލީލް އަށް ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ

ރައީސް މުއިއްޒު، ޚަލީލް އަށް ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ | ރައީސް އޮފީސް

ދިވެހިރާއްޖެއަކީ 24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލުގެންނަ ގައުމަކަށް ވުމުން، ރާއްޖޭގައި އިންވެސްޓު ކުރަން ރައްކާތެރި ނޫން ކަމަށާއި، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރީގެ ޓޫރިޒަމް އެޑްވައިޒަރު އަދި މަންޓަ އެއަރގެ ސީއީއޯ މުހައްމަދު ޚަލީލު ވިދާޅުވެއްޖެ އެވެ.  

ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޚަލީލު ވިދާޅުވީ ކުއްލި ކުއްލިއަށް ބޮޑެތި ނިންމުންތައް ނިންމައި އައު ސިޔާސަތުތައް ތަންފީޒުކޮށް، ގަވާއިދުތައް ބަދަލުކުރުމުގެ ސަބަބުން، އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮންނަ އިތުބާރު ގެއްލޭ ވާހަކައަކީ އައު ވާހަކައެއް ނޫން ކަމަށް ޚަލީލު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން، ޑޮލަރުން ލިބޭ އަަމްދަނީގެ 40 އިންސައްތަ މާރުކުރުވާ އިސްލާހު ތަންފީޒުކޮށް، ހުރިހާ ކަމެއް ނިންމީ އެންމެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށާއި، މިއީ އެހެން އެއްވެސް ގައުމެއްގައި ގާނޫނުތަކަށް ބަދަލު ގެންނަ ގޮތެއް ނޫން ކަމަށް ޚަލީލު ވިދާޅުވި އެވެ.

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ޓޫރިޒަމް ދާއިރާއާ މަޝްވަރާ ކުރުމެއް ނެތި ގާނޫނަށް ބަދަލުގެނެސް، ކުރު މުއްދަތެއްގެ ތެރޭގައި ރައީސް މުއިއްޒު މި ގާނޫނު ތަންފީޒު ކުރެއްވުމާ ގުޅިގެން ޚަލީލު ވިދާޅުވީ، މިއީ އިންވެސްޓަރުންގެ ކޮންފިޑެންސަށް ވަރަށް ބޮޑަށް އަސަރު ފޯރުވާ ކަންކަން ކަމަށާއި، އެހެން ގޮތަކަށް ބުނާ ނަމަ މިއީ ކެޕިޓަލް ކޮންޓްރޯލް ކަމަށެވެ. 

ގާނޫނަށް މިފަދަ ބޮޑެތި ބަދަލުތައް ގެންނަމުން ދިޔުމާއި، ސަރުކާރުގެ ސިޔާސަތު ހުރި ގޮތުގެ ސަބަބުން ހަލީލް އިސް މަގާމުތައް އަދާކުރައްވާ ކުންފުނިތަކުގެ ބޯޑުތަކުން ދެން ދުވަހަކު ވެސް ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއަކީ 24 ގަޑިއިރު ތެރޭގައި ގާނުނެއް ބަދަލުކޮށް ތަންފީޒު ކުރާ ގައުމެއް ކަން ވެސް ޚަލީލު ފާހަގަކުރެއްވި އެވެ. 

ޚަލީލު ވިދާޅުވީ ޑޮލަރުން ލިބޭ އާމްދަނީން މާރުކުރަންޖެހޭ އިންސައްތަ 40ށް ބޮޑު ނުކޮށް، ކުރިން ވެސް އޮތް ގޮތަށް 20 އިންސައްތައިގައި ބެހެއްޓުމަށް ރައީސް މުއިއްޒު އަށް އޭނާ ލަފާ އެރުވި ކަމަށެވެ. 

މީގެފަހުން އެ ފަރާތްތަކުގެ އުޖޫރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން. ރައީސް އާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި ބައްދަލުވުމެއް، އާމްދަނީގެ 40 އިންސައްތަ ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އޮތް އުސޫލުގެ ސަބަބުން، ރާއްޖޭގެ އެއްވެސް ރަށަކުން ނުވަތަ ބިމަކުން މުދަލެއް ގަތުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން ރައީސަށް ތަފްސީލުކޮށްދެއްވިން
މުހައްމަދު ޚަލީލު

މީގެ އިތުރުން، ޚަލީލު ވަނީ ސަރުކާރުން ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

މުޙައްމަދު ޚަލީލްބޭރު ފައިސާގެ ވިޔަފާރި

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

15 ސެޕްޓެމްބަރު 2026
ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި
06 ސެޕްޓެމްބަރު 2026

”ދައުރު“ އަށް ރައްދު ދީ ރައީސް އޮފީހުން ނެރުނު ބަޔާނަށް ފާޑުކިޔުން އަމާޒުވުމުން އެ ބަޔާން ޑިލީޓުކޮށް އައު ބަޔާނެއް ނެރެފި!

06 ސެޕްޓެމްބަރު 2026
”ދައުރު“ އަށް ރައްދު ދީ ރައީސް އޮފީހުން ނެރުނު ބަޔާނަށް ފާޑުކިޔުން އަމާޒުވުމުން އެ ބަޔާން ޑިލީޓުކޮށް އައު ބަޔާނެއް ނެރެފި!
31 އޯގަސްޓު 2026

މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު

31 އޯގަސްޓު 2026
މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު
31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
26 އޯގަސްޓު 2026

ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ގެނައުމާ އެކު، ރައީސް މުއިއްޒުގެ އެޑްވައިޒަރު ޚަލީލް އިސްތިއުފާ ދެއްވައިފި

26 އޯގަސްޓު 2026
ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ގެނައުމާ އެކު، ރައީސް މުއިއްޒުގެ އެޑްވައިޒަރު ޚަލީލް އިސްތިއުފާ ދެއްވައިފި
26 އޯގަސްޓު 2026

އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!

26 އޯގަސްޓު 2026
އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް