Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

ޒައިތޫނި ބިނުމުގެ މަސައްކަތައް ހުރަސްއަޅާ ދަނޑުބިންތައް ހަލާކުކޮށް، ގަސްތަކަށް ގެއްލުންދިނުމުގެ ސަބަބުން ނުހައްގު އެތައް ތަކުލީފެއް ފަލަސްތީނު ރައްޔިތުން މިކަމުގެ ސަބަބުންވެސް ތަޖުރިބާ ކުރަން ޖެހިފައިވާ ކަމަށް ފަލަސްތީނުގެ ދަނޑުވެރިން ބުނެއެވެ.

ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 08:15
ފަލަސްތީނުގެ ޒައިތޫނި ދަނޑުބިމަކަށް ހަތިޔާރު އެޅި ޔަހޫދީ އަކު ވަދެ ބިރު ދައްކަނީ

ފަލަސްތީނުގެ ޒައިތޫނި ދަނޑުބިމަކަށް ހަތިޔާރު އެޅި ޔަހޫދީ އަކު ވަދެ ބިރު ދައްކަނީ

ފަލަސްތީނުގެ ޒައިތޫނި ދަނޑުވެރިންނަށް ހަތިޔާރު އެޅި ޔަހޫދީން ފުރައްސާރަ ކޮށް ހަމަލާދެމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުން ހިފާފައިވާ ބިންތަކަށް ގަދަކަމުން ވަޒަންވެރިގެން އުޅޭ، ހައްދު ފަހަނަ އެޅި ޔަހޫދީން، ހަތިޔާރާ އެކު ގޮސް ފަލަސްތީނުގެ ޒައިތޫނި ބިންނަ މީހުންނަށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް, ބިރުދައްކައި، ޙަމަލާދީ، އެމީހުންގެ ބިންތަކުން ނެރެން މަސައްކަތްކޮށް އަދި ޒައިތޫނި ބިނުމަށް ހުރަސް އަޅަމުންދާ ކަމަށް ވަފާ ނިއުސް އެޖޭންސީން ވަނީ ރިޕޯޓު ކޮށްފައެވެ.

ޔަހޫދީންގެ ފުރައްސާރަ ތަޖުރިބާކުރި ފަރާތްތަކާ ހަވާލާދީ ވަފާ އިން ބުނެފައިވަނީ ވޭތުވެދިޔަ ހަފްތާގައި، ޔަހޫދީ ހައްދު ފަހަނަ އެޅި މީހުން ވަނީ ފަލަސްތީނު މީހުން ބިނދެ ގޯނިތަކަށް އަޅާފައިވާ ޒައިތޫނި ވަގަށްވެސް ނަގާފައެވެ.

އޭގެ އިތުރުން ފަލަސްތީނު ދަނޑުވެރިން ގެންގުޅޭ އާލާތްތައް ވަގަށް ނެގުމާއި، ބަރު ޖަނަވާރުތައް ގަސްތަކުގެ މެދުގައި ގަސްތަކަށް ގެއްލުންދީ ދަނޑުވެރިންގެ ބިންތަކަށް ދިއުމަށްވެސް ޔަހޫދީން ވަނީ ހުރަސް އަޅާފައި ކަމުގައެވެ.

ފަލަސްތީނުގެ ދަނޑުވެރިން ބުނާ ގޮތުގައި ޒައިތޫނި ބިންނަން އުޅޭ ފަލަސްތީނު މީހުންނަށާއި ދަނޑުބިންތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތައް ގެންދަނީ ހައްދުފަހަނަ އެޅި ޔަހޫދީން ހަމަލާ ދެމުންނެވެ. އަދި ދަނޑުބިންތަކުން ފަލަސްތީނު މީހުން ނެރެ ފޮނުވާލުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ހިނގަމުން މިދަނީ އަހަރުގެ ތެރޭގައި ފަލަސްތީނު ރައްޔިތުން ފާހަގަ ކުރާ ޒައިތޫނި މޫސުމެވެ. ޒައިތޫނި ބިނުމުގެ މަސައްކަތައް ހުރަސްއަޅާ ދަނޑުބިންތައް ހަލާކުކޮށް، ގަސްތަކަށް ގެއްލުންދިނުމުގެ ސަބަބުން ނުހައްގު އެތައް ތަކުލީފެއް ފަލަސްތީނު ރައްޔިތުން މިކަމުގެ ސަބަބުންވެސް ތަޖުރިބާ ކުރަން ޖެހިފައިވާ ކަމަށް ފަލަސްތީނުގެ ދަނޑުވެރިން ބުނެއެވެ.

ފަލަސްތީންފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު