Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޗޮޕޫ މޯޓިން އަކީ މިވަގުތު ބަޔާންގައި އެންމެ ރަނގަޅަށް ކުޅޭ އެކަކު: ނާގަލްސްމަން

އޭނާ އަކީ މިވަގުތު ބަޔާންގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ނޮވެމްބަރު 2022 | ހޮނިހިރު 05:10
 ޗޮޕޫ މޯޓިން

ޗޮޕޫ މޯޓިން

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކެމަރޫންގެ ފޯވާޑް ޗޮޕޫ މޯޓިން އަކީ މިވަގުތު އެ ކުލަބުގައި އެންމެ ރަނގަޅަށް ކުޅޭ އެއް ކުޅުންތެރިޔާ ކަމަށް ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.

ބަޔާންގެ ކޯޗު ނާގަލްސްމަން މިހެން ބުނީ ޖަރުމަނު ލީގާއި، ޗެމްޕިއަންސް ލީގުގައި ޗޮޕޫ މޯޓިން ދައްކަމުން އަންނަ ކުޅުމަށް ގުޅުވައިގެންނެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް އުމުރުން 33 އަހަރުގެ ފޯވާޑް ބަޔާނަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ.

ނާގަލްސްމަން ބުނީ ޗޮޕޫ މޯޓިން ދައްކަމުން އަންނަ ކުޅުމާއި، އޭނާގެ ހުނަރާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ނާގަލްސްމަން ބުނީ އޭނާ އަށް ފެންނަ ގޮތުގައި ޗޮޕޫ މޯޓިން ބަޔާންގައި ހުންނަނީ ކުލަބާމެދު ހިތްހަމަ ޖެހި، ކުލަބުގައި ހުންނަ ހިތުން ކަމަށެވެ. ކުލަބުގެ ފަރިތަކުރުންތަކާއި، މެޗުތަކުގައި އަދި ޚާއްސަކޮށް މުހިންމު މެޗުތަކުގައި ޗޮޕޫ މޯޓިން މޮޅު ކުޅުމެއް ދައްކާކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، އޭނާ އަކީ މިވަގުތު ބަޔާންގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

ބަޔާނަށް ބަދަލުވެ ޗޮޕޫ މޯޓިން ވަނީ މިހާތަނަށް އެ ކުލަބަށް 71 މެޗު ކުޅެދީ 26 ލަނޑު ޖަހާފައެވެ. މި ސީޒަނަކީ ޗޮޕޫ މޯޓިން ބަޔާންގައި އެންމެ ރަނގަޅަށް ކުޅޭ ސީޒަނެވެ. މި ސީޒަންގެ މިހާތަނަށް ކުޅުނު 13 މެޗުން އޭނާ ވަނީ އަށް ލަނޑު ޖަހާފައެވެ. ބަޔާނާއެކު އޭނާ ވަނީ ޖަރުމަނު ލީގާއި، ޖަރުމަނު ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ބަޔާން މިއުނިކްހޫލިއަން ނާގަލްސްމަންޗޮޕޫ މޯޓިން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު