Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބަޖެޓް

ބަޖެޓަކީ ރާއްޖެއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ އިޤްތިސާދީ ގޮންޖެހުންތައް ގިރާކުރުމަށް ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ހިމެނިފައިވާ ޕްލޭނެއް

2023 ގެ ނިޔަލަށް ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް ޖީ.ޑީ.ޕީގެ ނިސްބަތުން 5 އިންސައްތައަށްވުރެ ތިރިކުރުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ނޮވެމްބަރު 2022 | ބުރާސްފަތި 09:49
ދައުލަތުގެ ބަޖެޓް 2023 ފޮތް

ދައުލަތުގެ ބަޖެޓް 2023 ފޮތް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖެ އަށް ދިމާވެފައިވާ އަދި ދިމާވަމުންދާ އިޤްތިސާދީ ގޮންޖެހުންތައް ގިރާކުރުމަށް، ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ހިމެނިފައިވާ ޕްލޭނެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުއްވި ދުވަހު، މިނިސްޓަރު ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓަކީ ރާއްޖެއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ އިޤްތިސާދީ ގޮންޖެހުންތައް ގިރާކުރުމަށް، ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ހިމެނިފައިވާ ޕްލޭނެއްގެ އިތުރުން މިއީ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ އަމާޒުތައް އެކުލެވިފައިވާ ބަޖެޓެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މި ބަޖެޓުގެ ސަބަބުން ރާއްޖޭގެ މެދުރާސްތާގެ އިޤްތިސާދީ އަދި ފިސްކަލް އަމާޒުތަކަށް ވާސިލުވެވޭނެ ކަމަށެވެ. ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ދެމެހެއްޓޭނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފުރިހަމަކުރެވޭނެ ކަމަށެވެ. އަދި ރާއްޖެ ލާމަރުކަޒީ އުސޫލުން ޖަޒީރާ ސިފަތަކާއެކު ތަރައްޤީކުރެވޭ އިރު، ރާއްޖެއަށް ފާގަތި މުސްތަޤްބަލެއް ހޯދައިދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ އިޤްތިސާދަށް ދިމާވާ ގޮންޖެހުންތައް މެނޭޖްކޮށް ވިލުންވެރިކަން އިތުރުކުރުމަކީ މެދުރާސްތާގައި ބަޖެޓާއި ދަރަނީގެ ދެމެހެއްޓެނިވިކަމަށް މުހިއްމުކަމެއް ކަމަށެވެ. މިކަމަށްޓަކައި ފިސްކަލް ސްޓްރެޓެޖީގައި މުހިއްމު 4 ޓާގެޓެއްވާނީ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 2025ގެ ނިޔަލަށް ދައުލަތުގެ ސީދާ ދަރަނި ޖީ.ޑީ.ޕީގެ ނިސްބަތުން 100 އިންސައްތައަށްވުރެ ތިރިކުރުމާއި، އަދި 2023 ގެ ނިޔަލަށް ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް ޖީ.ޑީ.ޕީގެ ނިސްބަތުން 5 އިންސައްތައަށްވުރެ ތިރިކުރުން ކަމަށެވެ. އަދި ހަމަ އެހެންމެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ދަށަށް ދާނެ މިސްރާބެއްގައި ހިފެހެއްޓުމާއި، މީގެ އިތުރުން 2023 ގެ ނިޔަލަށް ރިކަރަންޓް ޚަރަދު، ދައުލަތުގެ އާމްދަނީއަށްވުރެ އިތުރު ނުވާނެ މިންވަރަށް ތިރިކޮށް އެ މިންގަނޑުގައި ހިފެހެއްޓުން ހިމެނެއެވެ.

މި އަމާޒުތައް ހާސިލުކުރެވޭނީ ވަރުގަދަ އަޒުމެއްގައި، ހިކުމަތްތެރިކަމާ އެކު މަސައްކަތްކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި އަމާޒުތަކަކީ ރާއްޖޭގެ އިޤްތިސާދީ ހަމަޖެހުމަށާއި ދަރަނީގެ ދެމެހެއްޓެނިވިކަމަށް މުހިއްމު ކަމެއް ކަމަށާއި، ބަޖެޓު އެކުލަވާލައި ތަންފީޒުކުރަމުންދާނީ މި އަމާޒުތައް ހާސިލުކުރެވޭނެ މަގުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ދަރަނި މެނޭޖްކޮށް ފިސްކަލް ހިރާސްތައް ކުޑަކުރުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރާއްޖޭގެ އިޤްތިސާދު ރަނގަޅު މިސްރާބެއްގައި ބެހެއްޓުމުގެ އިތުރުން، ދެން އަތުވެދާނެ އިޤްތިސާދީ އަދި މާލީ ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން މި ވަގުތުކުރަން ޖެހޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ބަލާފައިވާނީ މެދުރާސްތާގައި ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މައްޗަށެވެ. ރާއްޖޭގެ އިޤްތިސާދަށް ހުރި ހިރާސްތައް މެނޭޖުކޮށް، އިޤްތިސާދީ އަޑިގުޑަންތަކުން އަރައިގަތުމުގެ ވިސްނުމަށެވެ. ކޮވިޑް-19 އާއެކު އިޤްތިސާދު މެނޭޖްކުރުމަށް އެޅި ފިޔަވަޅުތައް އެއީ އޭރު އިޤްތިސާދު ދަމަހައްޓައި، ރާއްޖޭގެ ވިޔަފާރިތަކާއި ރައްޔިތުން ސަލާމަތްކުރުމަށް ކޮންމެހެން ކުރަން ޖެހުނު ކަންކަމެވެ.

ދައުލަތުގެ ބަޖެޓު 2023ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު