Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސަލާހް

ރޯމާ ދޫކޮށްލުމަށްފަހު ސަލާހް ލިވަޕޫލްއަށް ސޮއިކޮށްފި

ސަލާހް ލިވަޕޫލްއަށް ސޮއިކޮށްފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ލީވާން އަލީ
ލީވާން އަލީ | 23 ޖޫން 2017 | ހުކުރު 12:16
ލިވަޕޫލަށް ސޮއިކުރި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް

ލިވަޕޫލަށް ސޮއިކުރި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް

ރޯމާ ދޫކޮށްލުމަށްފަހު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ލިވަޕޫލް އަށް ސޮއިކޮށްފި އެވެ.

ސަލާހް ލިވަޕޫލްއާ އެކު މެޑިކަލް ހެދުމަށްފަހު ޓްރާންސްފާގެ ހުރިހާކަމެއް ފުރިހަމަކޮށްފައިވާއިރު، އޭނާ ވަނީ އެ ކްލަބާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ލިވަޕޫލް އިން ސަލާހްގެ ޓްރާންސްފާ ހާމަކޮށްފައިވާއިރު، އޭނާ އެ ކްލަބަށް ބަދަލުވީ 36 މިލިއަން ޕައުންޑަށްކަމަށްވެއެވެ. އެގޮތުން އޭނާ އަށް ހަފްތާއެއްގެ މައްޗަށް 90،000 ޕައުންޑު ލިބޭނެއެވެ.

ލިވަޕޫލްގެ ޖާޒީ ނަމްބަރު 11 ސަލާހް އަށް ލިބޭއިރު، 11 ނަމްބަރު ޖޯޒީ ކުރިންލި ރޮބާޓޯ ފިރްމިނޯ އަށް ލިބިފައިވަނީ 9 ނަމްބަރު ޖޯޒީ އެވެ.

ލިވަޕޫލް އިން ވަނީ 2013 ވަނަ އަހަރުވެސް ސަލާހް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެފަހަރު ލިވަޕޫލް އިން ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ.

މި ސީޒަނުގައި ރޯމާ ލީގުގެ ދެވަނައިގައި ނިންމާލި އިރު، އެޓީމުގެ ފޯވާޑް އެޑިން ޒެކޯ ވަނީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމު 39 ލަނޑާއެކު ހޯދާފައެވެ. މީގެއިތުރުން އުމުރުން 24 އަހަރުގެ ސަލާހް ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެއްކޮށް 19 ލަނޑު ކާމިޔާބުކޮށްފައެވެ.

ބަސެލް، ޗެލްސީ އަދި ފިއޮރެންޓީނާ ފަދަ ކްލަބްތަކަށް ކުޅެފައިވާ ސަލާހް ވަނީ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ބަސެލްއާއެކު ސްވިސް ސުޕާ ލީގު އަދި ޗެލްސީއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޖިޕްޓް ގައުމީ ޓީމާއެކު މި އަހަރު ކަޕް އޮފް ނޭޝަންސްގެ ދެވަނަވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު