Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނަސްރުގެ ދުވަސް

ނަސްރު ލިބޭނީ ހުރިހާ ގޮތަކުން ވެސް އެކަތިގަނޑަކަށް ވެގެން

މިއަދު އަޅުވެތިކުރުވަނީ ކަނޑި، ބަޑިއަކުން ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 09:40
ނަސްރުގެ ދުވަސް - މިނިވަންކަން ގެއްލެނީ ހަމައެކަނި އުދުވާނީ ހަމަލާއަކުން ނޫން

ނަސްރުގެ ދުވަސް - މިނިވަންކަން ގެއްލެނީ ހަމައެކަނި އުދުވާނީ ހަމަލާއަކުން ނޫން

ނަސްރުގެ ދުވަސް ނުވަތަ 3 ނޮވެމްބަރު 1988 ގައި ތަޖުރިބާކުރެވިގެން އެދިޔަ ކަންތައްތަކުން ކޮންމެ ދިވެހި މުއާތިނެއް މަތިވެރި އިބުރަތްތަކެއް ހާސިލްކުރަންޖެހެއެވެ. އެއީ ނިދީގައި ތިބި ދިވެހިން ބަޔަކު ހޭލައްވާލި ފަތިހެކެވެ. އެއީ މަތިވެރި މިސާލީ ދުވަހެކެވެ. ނާމާންކަމާއި ބިރުވެރިކަމުގެ ދުވަހެކެވެ. އެއްބައެއްވަންތަކަން މިގައުމުން ފާޅުވެގެންދިޔަ ދުވަހެކެވެ. ވެރިންނަށް ރައްޔިތުން ކުރާ އިތުބާރާއި ވެރިންނާ ދޭތެރޭގައި ރައްޔިތުންގެ ހިތުގައި އޮތް ޔަގީންކަން ހާމަވެގެންދިޔަ ދުވަހެކެވެ.

އެއީ ސިފައިންގެ ހިތްވަރާއި ފަންވަރު ފިސާރި ރަނގަޅަށް ތަޖުރިބާ ކުރެވިގެން ދިޔަ ދުވަހެކެވެ. އެއީ، ދިވެހި ސިފައިންނަށް ބޭނުން ޖެހިގެން ދިވެހި އުއްމަތް އެއް އަޑަކުން ގޮވި ދުވަހެވެ. އެއީ ޝަހީދުވި އަލީ ރަދުންނާއި ހަތީބު އަލީ ތަކުރުފާނު ފަދަ ކެރޭ ބަތަލުން ސިފައިންގެ ތެރޭގައި ތިބިކަން އަމަލުން ސާބިތުކޮށްދިން ދުވަހެކެވެ.

1988 ނޮވެމްބަރު 3 ވަނަ ދުވަހަކީ، ދިވެހި ހާއިނުންގެ ބަޔަކު އެންމެ މިޒަމާނުގެ ހަތިޔާރާ އެކު ބޭރުގެ ހަނގުރާމަވެރި ބަޔަކު ގޮވައިގެން އެމީހުން އުފަންވި އެމީހުންގެ އަމިއްލަ ވަތަނަށް އައިސް ވެރިކަމުގެ ދަހިވެތިކަމުގައި އެތައް މައުސޫމް ދިވެހިންނެއްގެ ލޭ މި ބިމަށް އޮހުރުވާލި ދުވަހެވެ. މީލާދީން 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާ ގުޅިގެން ދިން ހަމަލާއެކެވެ. މި ޓެރަރިސްޓު ހަމަލާ ރާވައި، ހިންގުމުގައި ޢަބްދުﷲ ލުޠުފީ އަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، ވާގިވެރިވެ ދިވެހި ޤައުމަށް ޣައްދާރުވެ ޚިޔާނާތްތެރިވިއެވެ.

ހާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެން ދިން މި ޢުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 ބޭކަލަކު ޒަހަމްވިއެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ. ޒަހަމްވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 18 ބޭކަލުން ހިމެނެއެވެ. މީގެ އިތުރުން ދުޝްމިނުން ފިލައިގެން ދިއުމަށް ހައިޖެކު ކުރި އާގުބޯޓު (ޕްރޮގްރެސް ލައިޓް) ގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީއަކު ވެސް މި ހަމަލާގައި ވަނީ މަރުވެފައެވެ.

މިއަދު އަޅުގަނޑުމެން ހަނދާންކުރަންވީ، ދީން ބަދަލުކުރަން އެދޭ މީހާ ދީން ބަދަލުކުރާކަަށް ވަކިތާކަށް ދާންނުޖެހޭނެ ކަމެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ބާރުގެ ބޭނުން ހިފައިގެން ވެރިކަން ބަދަލުކުރުމަށް އެދޭ މީހާ މަދަަދަށް އެދި ގޮވާ ސަލާންޖަހާކަށް ވަކި ބައެއްގެ ގާތަށް ދާން މިއަދު ނުޖެހޭނެ ކަމެވެ. އެކަމަށް އެހީވުމަށް ތައްޔާރަށް ތިބި މީހުން މިހާރު ވެސް އެހީ ދިނުމަށް ބަލަބަލާ ތިބޭނެ ކަމެވެ. މިއީ 21 ވަނަ ގަރުނެވެ. މިއީ ވެރިކަމާއި އިއްޒަތާއި ޖާހަތަށްޓަކައި ގައްދާރުން އެކިއެކި ސިފައިގައި އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދާ ޒަމާނެވެ. އެންމެ ހެޔޮއެދޭ މީހާ ވެސް ހަމަ ތިބާ އެނބުރިލާ ގަޑީގައި އަނެއް އަތުން ބުރަކައްޓަށް ވަޅި ހަރާލާނެ ފަދަ މީހުން އުޅޭ ޒަމާނެކެވެ. އެހާ ވެސް ގައްދާރުން ގިނައެވެ.

މިއަދު ފެންނަމުންދާ މަންޒަރަކީ ކުރި އާ ހިލާފަށް ތަފާތު މަންޒަރެކެވެ. އެއީ އެހީ ހޯދަން ބޭރު ގައުމުތަކަށް ގޮސް ޖަމާއަތްތަކާއި ގުޅިގެން ހަތިޔާރާއި ލަޝްކަރެއް ގެންނަން ޖެހުނަސް، މިއަދު އެކަން ކުރަނީ މުޅިން ތަފާތުކޮށެވެ. 1700 އަހަރުތަކުގެ ތެރޭގައި މިއަދު ކަނޑި، ބަޑި އަދި ހަތިޔާރު ހިފައިގެން ނަވާއި ފުރެއްދެ އޮޑިފަހަރުގައި ދެ ބަނޑޮސް ދޭތެރެއިންނާއި ކަޅިން ވަދެގެން އައިސް ދޫނިދޫ ކައިރީގައާއި ދޫނިދޫ ގަލުގައި މަދަދު ދިނުމަށް ނެތް ނަމަވެސް، އެމީހަކު ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް މަދަދަށް އެދުން މިއަދު އޮތީ އިނގިލިތަކުގެ ކުރީގައެވެ.

މުޅި ދުނިޔެ ތަރައްގީވެ ބަވަނަވަމުން އަންނަ ވަރަކަށް ދުނިޔޭގެ ހަތްބިތުން އެކަކު އަނެކަކާއި ވާހަކަ ދައްކާލެވެނީ ފަޅި ސިކުންތުގެ ތެރޭގައެވެ. ރާސްތާގެ ގޮތުން ކިތަންމެ ދުރަސް މިހާރު ދުނިޔޭގެ އެއްބިތުގައި ހުރެ އަނެއް ބިތުގައި ހުންނަ މީހާ ލޮލަށް ފެންނަހައި ސާފުކޮށް ފެނެއެވެ. މިއީ ޓެކްނޮލޮޖީ އެހާވެސް ކުރިއަރައި ގޮސްފައިވާ ޒަމާނެކެވެ. ދުނިޔެ ބަވަނަވެ ކިތައްމެ ކުރިއަރައި ދިޔަ ނަމަވެސް، އިސްތިއުމާރު ކުރުމުގެ ބޯދާ ފަލްސަފާއަކަށް ބަދަލެއް ނާދެއެވެ. މިއަދު ވެސް ފެނިގެންދަނީ އެތެރެއިންނާއި ބޭރުން ދީނުގެ އަދުއްވުންނާއި، ގައުމުގެ ދުޝްމަނުން ކަޅިއަޅައަޅާ ތިބޭ ތަނެވެ. ފުރުސަތަކަށް ބަލަބަލާ ތިބޭ މަންޒަރެވެ. ރާއްޖޭގެ ދިނީ ވަހުތަކާއި ސުލްހަ މަސަލަސްކަން އެގޮތުގައި އޮތަނުދިނުމަށް ގަދަފައި ވިދިގެން ވަގުތަކަށް ބަލަބަލާ ތިބޭ މަންޒަރެވެ.

މިއަދު އަޅުގަނޑުމެން އިބުރަތް ލިބިގަންނަންވީ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ހަޔާތްޕުޅުންނާއި، އަލްގާޟީ މުހައްމަދު ޝަމްޝުއްދީންގެ ދެބެއިންގެ ހަޔާތްޕުޅުންނެވެ. އަދި ކިޔާ ބަލާ ދަސްކުރަންވީ ނޮވެމްބަރު 3، 1988 ވަނަ ދުވަހު އެ ލިބުނު ފިލާވަޅުންނެވެ. އެދުވަހު ދިވެހިންގެ ހާއިނުންގެ މަދު ބަޔަކާއި ދެކޮޅަށް މުޅި ދިވެހި ގައުމު އެއްބައިވި އެއްބައިވުމެވެ. ފާޅުކުރި ވަހުދަތެވެ. ވެރިންނާ އެކު ނުގުޑާ ވަރުގަދަ އަޒުމެއްގައި ދިވެހިން ފައިތިލަ ސާބިތުކުރި ކުރުމެވެ. ދިވެހި ގައުމުގެ ހިމާޔަތުގައި ދިވެހިން އެންމެ ކުރީ ސަފުގައި ފުރާނައަށް ބެލުމެއް ނެތި ދިވެހި ސިފައިންގެ ސަފުތައް ރުކުރުވާލި ހަރުދަނާ ކަމެވެ. އޭރު އެ އޮތް ވަހުދަތެވެ.

މިއަދު ދިވެހި ގައުމު ތަޖުރިބާކުރަމުން ދަނީ އަޅުގަނޑުމެންގެ ކާބަފައިންނަށް ހިޔާލު ވެސް ކުރެވިފައި ނުވާނޭ ފަދަ އަވަސް ކުރިއެރުމެކެވެ. ދުނިޔޭގެ ހުރަހަށާއި ދިގަށް ޖެހެމުންދާ ގަދަ ވައިގައި ދިވެހި ކަނޑުތަކުގައި އަޅަމުންދާ އުދައިގެ ގަދަ އޮއިވަރުގައި ހިކިފަސްތަނެއްގެ ފުޅޮއިގައި ވެސް ނުޖެހި ދިވެހިންގެ ތެރެއިން ބަޔަކު ބެހިގެން ހިނގައިދާނެކަން ވިސްނަން ޖެހެއެވެ.

މިހާރު ފެންނަމުންދާ ކުލަވަރުން ދިވެހި ކަނޑުތަކުގައި އަޅާ އޮއިވަރުގެ އުދަބާނީގެ ބިރުވެރިކަން އެއްދުވަހުން އަނެއްދުވަހަށް ބޮޑުވެ، ބޮޑު ނުރައްކަލަކަށް ބަދަލުވެދާނޭ ކަމުގެ އިންޒާރުތައް ހަވަނަ ހިއްސު ދެމުންދާ މި ދަނޑިވަޅުގައި ގައުމުގެ އެތެރެއިންނާއި ބޭރުން ނަގާފާނެ ކޮންމެ ކޮޅިގަނޑަކާއި ފިސާރިކެރިގެން ކުރިމަތިލުމަށް ހޭލާ ތިބެންވެއްޖެއެވެ. މިއަދު އަމާންކަމުގެ ތަންމަތީގައި ކުޑަހިނދުކޮޅަކު ވެސް ނިދާލަން ތިބެވޭކަށް ނެތެވެ.

ސިޔާސީ ކަންކަން ހަލަބޮލިވެ ޒާތީ ވާދަވެރިކަމެއް ނެތިކޮށް ދިވެހި ގައުމައިގެން ކުރިއަށް ދިއުމުގައި އަތާއި އަތް ގުޅާލަން ޖެހިއްޖެއެވެ.

ނަސްރުގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2024
ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!

ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!

03 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު