Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ސަލްސްބާގް ބަލިކޮށް އޭސީ މިލާން ދެ ވަނަ ބުރަށް

މިލާނުން ވަނީ 0-4 އިން ސަލްސްބާގް ބަލިކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ނޮވެމްބަރު 2022 | ބުރާސްފަތި 03:02
އޭސީ މިލާން އާއި ސަލްސްބާގް ކުޅުނު މެޗުގެ ތެރެއިން

އޭސީ މިލާން އާއި ސަލްސްބާގް ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ސަލްސްބާގް ބަލިކޮށް އޭސީ މިލާނުން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އޭސީ މިލާންގެ ދަނޑުގައި ސަލްސްބާގާ ދެކޮޅަށް ނިކުތްއިރު، އެ ޓީމަށް ލިބެނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. ސަލްސްބާގަށް ލިބެނީ ފަސް މެޗުން ހަ ޕޮއިންޓެވެ. އެހެންކަމުން މިލާން ބަލިކޮށްގެން ސަލްސްބާގަށް ދެ ވަނަ ބުރަށް ދެވެން އޮތެވެ. ނަމަވެސް މިލާނުން ވަނީ 0-4 އިން ސަލްސްބާގް ބަލިކޮށްފައެވެ.

ސަލްސްބާގާ ދެކޮޅަށް މިލާނުން މޮޅު ކުޅުމެއް ދެއްކީ ފްރާންސްގެ އޮލިވިއޭ ޖިރޫޑްއެވެ. މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާ، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ ޖިރޫޑްއެވެ. އެއީ ސަންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިލާންގެ އަނެއް ތިން ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޖިރޫޑް ތަނަވަސްކޮށްދިން ފުރުސަތަކުން މިލާންގެ ދެ ވަނަ ލަނޑު ޖެހީ ރޭޑް ކްރުނިޗްއެވެ. އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި މިލާންގެ ތިން ވަނަ ލަނޑު ޖެހީ ޖިރޫޑްއެވެ. މިލާންގެ ފަހު ލަނޑު ޖޫނިއާ މެސީއަސް ޖެހީ މެޗުގެ އިތުރު ވަގުތުގައި ޖިރޫޑް ތަނަވަކޮށްދިން ފުރުސަތަކުންނެވެ.

މޮޅާއެކު މިލާނުން ދެ ބުރަށް ދަތުރުކުރީ ގްރޫޕްގެ ދެ ވަނައިގައެވެ. އެއީ ކުޅުނު ހަ މެޗުން 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ އެއް ވަނައިގައި ދެ ވަނަ ބުރަށް ދިޔައީ ޗެލްސީއެވެ. މިލާން އަތުން ބަލިވި ސަލްސްބާގަށް ލިބެނީ ހަ މެޗުން ހަ ޕޮއިންޓެވެ. އެ ޓީމަށް ޖެހޭނީ ޔުއެފާ ޔޫރޮޕާ ލީގުގައި ވާދަކުރާށެވެ. ހަތަރު ޕޮއިންޓާއެކު ފުލުގައި އޮތީ ޑައިނަމޯ ޒަގްރެބްއެވެ.

ޗެމްޕިއަންސް ލީގުއޭސީ މިލާންސަލްޒްބާގް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
18 ޑިސެމްބަރު 2024

ސަލްސްބާގްގެ ކޯޗު ލިންޖާސް މަގާމުން ވަކިކޮށްފި

18 ޑިސެމްބަރު 2024
ސަލްސްބާގްގެ ކޯޗު ލިންޖާސް މަގާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު