Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

މެޗުގެ ފުރަތަމަ ހާފުގައި މިލާނުން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ދެ ވަނަ ހާފުގައި ޖެހިއިރު، މި ހާފުގައި ސަސުއޯލޯ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2024 | ބުދަ 06:06
މެޗުގައި ލަނޑު ޖެހުމަށްފަހު މިލާންގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މިލާންގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ

އިޓާލިއަން ކަޕްގެ ގަދަ 16 ވަނަ ބުރުގައި ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޭސީ މިލާން އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ސަސުއޯލޯއާ ދެކޮޅަށް ކުުޅުނު މެޗު މިލާނުން ކާމިޔާބު ކުރީ 6-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިލާނުން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ދެ ވަނަ ހާފުގައި ޖެހިއިރު، މި ހާފުގައި ސަސުއޯލޯ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މިލާާނަށް ލީޑު ނަގައިދިނީ ސަމުއެލް ޗުކްވޭޒީ އެވެ. އޭގެ ފަސް މިނެޓު ފަހުން މިލާންގެ ދެ ވަނަ ލަނޑު ޖެހީ ޓިޖާނީ ރެއިންޖާސް އެވެ. ދެ ވަނަ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ޗުކްވޭޒީ ވަނީ މިލާންގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އަދި މި ހާފުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ރަފައެލް ލިއާއޯ އެވެ.

ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި ޑޭވިޑް ސަލަބްރިއާ ވަނީ މިލާންގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން، މެޗުގައި ސަސުއޯލޯގެ ހަމައެކަނި ލަނޑު ޖެހީ ސަމުއެލް މުލަޓިއޭރީ އެވެ. އަދި މެޗުގައި މިލާންގެ ހަ ވަނަ ލަނޑު ޖެހީ ޓަމީ އަބްރަހަމް އެވެ.

މިލާންގެ އިތުރުން ދެން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދި ޓީމަކީ ބޮލޮގްނާ އެވެ.

އިޓާލިއަން ކަޕްއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
05 ފެބުރުއަރީ 2025

އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު