Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާރްބީ ސަލްސްބާގް

ސަލްސްބާގްގެ ކޯޗު ލިންޖާސް މަގާމުން ވަކިކޮށްފި

ލިންޖާސްގެ އިރުޝާދުގެ ދަށުން ސަލްސްބާގުން ވަނީ 29 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ކުލަބު މޮޅުވެފައި ވަނީ 13 މެޗުންނެވެ. ހަތް މެޗު އެއްވަރުވެފައިވާއިރު، ނުވަ މެޗުން ވަނީ ބަލިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2024 | ބުދަ 04:05
ސަލްސްބާގަށް އިރުޝާދު ދެމުން އައި ލިންޖާސް

ސަލްސްބާގަށް އިރުޝާދު ދެމުން އައި ލިންޖާސް

އޮސްޓްރިއާގެ އާރްބީ ސަލްސްބާގަށް އިރުޝާދު ދެމުން އައި ނެދަލެންޑްސްގެ ޕެޕިން ލިންޖާސް، އެ ކުލަބުގެ ކޯޗުކަމުން ވަކިކޮށްފި އެވެ.

އުމުރުން 41 އަހަރުގެ ލިންޖާސް ސަލްސްބާގްގެ ކޯޗުކަމާ ހަވާލުވީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ކުލަބާ ހަވާލުވިތާ ހަސް މަސް ދުވަސް ފަހުން، ސަލްސްބާގުން ލިންޖާސް ވަކި ކޮށްފައި ވަނީ އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ.

ލިންޖާސްގެ އިރުޝާދުގެ ދަށުން ސަލްސްބާގުން ވަނީ މިހާތަނަށް 29 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 13 މެޗުންނެވެ. ހަތް މެޗު އެއްވަރުވެފައިވާއިރު، ނުވަ މެޗުން ވަނީ ބަލިވެފަ އެވެ. މި ސީޒަންގެ ލީގުގައި ސަލްސްބާގުން ވަނީ މިހާތަނަށް 16 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ހަތް މެޗުންނެވެ. ފަސް މެޗު އެއްވަރުވެފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ލީގު ތާވަލްގައި ވެސް އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އެސްކޭ ސްޓާމް ގްރޭޒް އާއި ސަލްސްބާގާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

ލިންޖާސް އޭނާގެ ކޯޗިން ކެރިއަރު ފެށީ 2015 ވަނަ އަހަރު ލިވަޕޫލްގެ އެސިސްޓެންޓު ކޯޗުކަމުންނެވެ. އެ ކުލަބުގައި ތިން އަހަރު މަސައްކަތް ކުރުމަށްފަހު، 2018 ވަނަ އަހަރު ދެން އޭނާ ބަދަލުވީ ނެދަލެންޑްސްގެ ކުލަބަކަށެވެ. ހަމަ އެ އަހަރު އެ ކުލަބު ދޫކޮށް ލިންޖާސްް ވަނީ އަލުން ލިވަޕޫލަށް ބަދަލުވެފަ އެވެ. އޭގެ ފަހުން މިއަހަރުގެ މެއި މަހާ ހަމައަށް، ލިވަޕޫލްގައި ޔާގަލް ކްލޮޕްގެ އެސިސްޓެންޓު ކޯޗުގެ ގޮތުގައި ލިންޖާސް ވަނީ މަސައްކަތް ކޮށްފަ އެވެ. އޭނާ ލިވަޕޫލަށް ދޫކޮށްލީ، ކްލޮޕް ލިވަޕޫލް ދޫކޮށްލަން ނިންމުމާ އެކު އެވެ.

ސަލްޒްބާގް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
25 އޮކްޓޯބަރު 2023

ސަލްޒްބާގް ބަލިކޮށް އިންޓަ އެއް ވަނަ އަށް

25 އޮކްޓޯބަރު 2023
ސަލްޒްބާގް ބަލިކޮށް އިންޓަ އެއް ވަނަ އަށް
03 ނޮވެމްބަރު 2022

ސަލްސްބާގް ބަލިކޮށް އޭސީ މިލާން ދެ ވަނަ ބުރަށް

03 ނޮވެމްބަރު 2022
ސަލްސްބާގް ބަލިކޮށް އޭސީ މިލާން ދެ ވަނަ ބުރަށް
26 އޮކްޓޯބަރު 2022

ސަލްޒްބާގް ބަލިކޮށް ޗެލްސީ ދެ ވަނަ ބުރުގެ ޖާގައެއް ޗެލްސީން ހޯދައިފި

26 އޮކްޓޯބަރު 2022
ސަލްޒްބާގް ބަލިކޮށް ޗެލްސީ ދެ ވަނަ ބުރުގެ ޖާގައެއް ޗެލްސީން ހޯދައިފި
28 ޖުލައި 2022

ސަލްޒްބާގުން ލިވަޕޫލް ބަލިކޮށްފި

28 ޖުލައި 2022
ސަލްޒްބާގުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު