Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާޖިދާ ޓެންޒޭނިއާއަށް ވަޑައިގަތުން

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު މަޝްވަރާކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 އޮކްޓޯބަރު 2024 | އަންގާރަ 14:37
މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވުމަށް ޓެންޒޭނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި، މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންގެ ބާރުވެރިކުރުވުމަށާއި، ބަލިތަކަށް ފަރުވާ ދިނުމުގައި އެ ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްޞާކުރައްވާފައެވެ. އަދި ފައުންޑޭޝަނުން ހިންގަވާ ސްޕެޝަލިސްޓް ތަމްރީނު ޕްރޮގްރާމްތަކުގެ މައްޗަށް އޭނާ އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން އެ ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޮތްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން އަންހެނުންގެ ޞިއްޙަތަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދުވެސް މަޝްވަރާކުރައްވާފައެވެ.

ރައީސް އޮފީސްރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

އިތުރަށް ކިޔާލަން

03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
24 ނޮވެމްބަރު 2024

ޔުނައިޓެޑުގެ މެޗު ބައްލަވާލައްވަން ރައީސް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަންނަވަނީ

24 ނޮވެމްބަރު 2024
ޔުނައިޓެޑުގެ މެޗު ބައްލަވާލައްވަން ރައީސް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަންނަވަނީ
30 އޮކްޓޯބަރު 2024

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''
20 އޮކްޓޯބަރު 2024

އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

20 އޮކްޓޯބަރު 2024
އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
23 ސެޕްޓެމްބަރު 2024

މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!

23 ސެޕްޓެމްބަރު 2024
މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!
28 އޯގަސްޓު 2024

ޑޮކްޓަރަށް ދައްކަވަން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި

28 އޯގަސްޓު 2024
ޑޮކްޓަރަށް ދައްކަވަން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި
26 އޯގަސްޓު 2024

"ރައީސް ވިދާޅުވެގެން!"

26 އޯގަސްޓު 2024
"ރައީސް ވިދާޅުވެގެން!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު