Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

މިފަހަރު މިޖެހުނީ މަނިކުފާނު ކުރިން ވިދާޅުވެފައި އޮތް ވާހަކަ، އަޅުގަނޑު މަނިކުފާނަށް ހަނދާން ކޮށްދޭށެވެ. ރައީސެވެ، ދޮގު މައްޗަށް ދޮގު ހެދީމާ، އެޔަށް ކިޔަނީ ބުހުތާނު ދޮގު ހެދުމެވެ. އެ ވާހަކަ ދަންމަވާލީ އެވެ. ވަރަށް ސަލާމެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2024 | ހޯމަ 05:24
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ޤައުމުގައި ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ހިނގައިގެން އުޅޭ ދުވަސް ކޮޅެކެވެ. ހިނގައިގެނެއް ވެސް ނޫނެވެ. ހިންގައިގެންނެވެ. ބަޔަކު ގަސްތުގައި އެނގި ތިބެ، ބޮޑުވެގެންވާ ޖަރީމާއެއް ހިންގާލީ އެވެ. ރައްޔިތުންގެ މުދަލުންނެވެ. ރައްޔިތުންގެ މިލްކިއްޔާތުންނެވެ. ދެމީހަކު އެއްތަންވާއިރަށް ދައްކަނީ އެ ވާހަކަ އެވެ. ސޯޝަލް މީޑިއާ ހުޅުވާލާއިރަށް ފެންނަނީ އޭގެ ވާހަކަތަކެވެ. ރަޙުމަތްތެރިޔަކާ ބައްދަލު ވިޔަސް، ހާލު އަހާލުމާ އެކު އަހާލަނީ، "އޭ މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟" "ގޯތި ތަކާއި ފުލެޓު ކޮޅު ވެސް ކާލީ ދޯ އެވެ!" މި ޒާތުގެ ބަހެއް ނުބުނާ ރަޙުމަތްތެރިޔަކާ ދިމާ ނުވެ އެވެ.

އެކަން އެހެން އޮއްވާ، އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރިމަތީގައި ރަތް ބޮތްކެއްހެން ދިއްލިގެން ހުންނަވާ ރައީސް މުޢިއްޒު ދެއްކެވި ވާހަކަ އިން އަޅުނޑު ހިތަށް އެރި އެއްޗެއް ބުނެލާނަމެވެ. ރައްޔިތެއްގެ ޙައިޞިއްޔަތުންނެވެ. މާ ބޮޑަށް ހާސަރު ދިގު ނުކޮށް، އެކަންކަން ފާހަގަކޮށްލާނަމެވެ.

ފުރަތަަމަ ރައީސް މުޢިއްޒު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޮރަޕްޝަންގެ މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ޗެއަރމަން އަޙުމަދު ޒުހޫރު ފޮނުއްވި ކަމަށް ބުނާ ސިޓީ، އެމަނިކުފާނާ ހަމައަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ. ރައީސެވެ. ޒުހޫރުގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަލައިގަތްކަމުގެ ލިޔުން އެ އޮތީ އެވެ. މިއަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ސިޓީ ބަަލައިގެންފައިވެ އެވެ. އެ ނޯޓުގައި ސިޓީ ގެނައި ކަަމަށް ވެސް އޮތީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ވަޒީރުކަން ވެސް ކުރައްވާފައި ހުންނެވި ޒުހޫރުގެ ނަމެވެ.

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކޮން ކަމެއް ހެއްޔެވެ؟ މަނިކުފާނަށް އިބާރާތްކޮށް، މަނިކުފާނުގެ އަތްޕުޅަށް ފޮނުވާ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައި ގަނެ، މަނިކުފާނުގެ އަތްޕުޅަށް ނުފޮނުވާ އޮވެ ދާނެ ހެއްޔެވެ؟ ރައީސެވެ. މަނިކުފާނު ތިޔަ ވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުން، އިޚުލާސްތެރިކަމާ އެކު މަސައްކަތް ނުކުރައްވާ ވާހަކަ ހެއްޔެވެ؟ މާތް މަނިކުފާނު އެވެ! ޒުހޫރު އެ ސިޓީ ހަވާލު ކުރުމަށްފަހު، އެ ސިޓީ މަނިކުފާނުގެ ވަޓްސްއެޕް އަށް ވެސް ފޮނުވި ނޫންތޯ އެވެ؟ ޒުހޫރުގެ އެ މެސެޖު ވެސް ފެނިވަޑައި ނުގަންނަވަނީ ހެއްޔެވެ؟ ރައީސެވެ! ޒުހޫރު ފޮނުވި މެސެޖު ވަޓްސްްއެޕް ހިންގާ މައި ކުންފުނި، މެޓާ އިން ހިފެހެއްޓީ ހެއްޔެވެ؟ ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ދެން ކޮން ކަމެއް ހެއްޔެވެ؟

ދެން ދެއްކެވީ އެންސްޕާ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ ވާހަކަ އެވެ. އެންސްޕާގެ ސީއީއޯ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަ އެވެ. ނިކަން ހަމަޖެހިވަޑައިގެން ހުންނަވައި ރައީސް ވިދާޅުވީ، އެންސްޕާ ކޮރަޕްޝަންގެ މައްސަލަ ތިމަން މަނިކުފާނާ ހަަމައަށް ނާންނަ ކަމަށެވެ. ހެޔޮނުވާނެ އެވެ! ރައީސެވެ. އޮޅުވާން ތިޔަ އުޅުއްވަނީ ކޮން ކަމެއް ހެއްޔެވެ؟ އެކަން ފެންމަތިވެ އެންސްޕާ އިން މޯލްޑިވްސް މީޑިއާ ހައުސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާ، އެކަމުގެ ބަޔާނެއް ވެސް ނެރުނު ނޫންތޯ އެވެ؟

މުޅި ސޯޝަލް މީޑިއާ ގައި އެ ވާހަކަތަކާއި، އެކަމާ ގުޅުން ހުރި ލިޔެ ކިޔުންތައް ދައުރުވަމުން ދިޔަ އެވެ. ރަށު ތެރޭގައި ވެސް އެ ވާހަކަތައް ދައްކަމުން ދިޔައީ ތިޔަހެނެއް ނޫނެވެ. ރައީސެވެ. މަނިކުފާނު ތިޔައީ ނިކަން ސޯޝަލް މީޑިއާއާ ރައްޓެހި ބޭފުޅެކެވެ. މީގެ ކުރިން ބައެއް ކަންކަން މަނިކުފާނާ ހަމައަށް އައީ ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ކަމަށް ވެސް ވިދާޅުވީމު ނޫން ހެއްޔެވެ؟ މިހާރު ސޯޝަލް މީޑިއާގައި އެއްގޮތަކަށް ވެސް ނޫޅުއްވަނީ ހެއްޔެވެ؟ އަދި ކިއެއްތަ، ރަށު ތެރޭގައި ނުވަތަ މީޑިއާގެ ވަސީލަތަކުން ވެސް އެ ވާހަކަ ދައްކާ އަޑު އިވިވަޑައި ނުގަތީ ހެއްޔެވެ؟ އަބަދު އޮންނެވީ އާރަށުގައި ނިކަން ޖޯޝުގައި ފުޓުބޯޅަ ކުޅުއްވަން ހެއްޔެވެ؟

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކޮން ކަމެއް ހެއްޔެވެ؟ އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް ހެއްޔެވެ؟ ދިވެހި ރައްޔިތުންނަށް ހެއްޔެވެ؟ ހަމަ ހިލާ އެކަމެއް ނުވާނެ އެވެ. ރައްޔިތުން ތިބީ ނިދާފައެއް ނޫނެވެ. ހޭލަ އެވެ. ރަނގަޅަށް ހޭލަ އެވެ. ރައީސް ތިޔަ ޒާތުގެ ވާހަކަ ދެއްކެވި އަޑު އަހަން އިން ރަޙުމަތްތެރިޔާ ވެސް އަޅުގަޑުގެ ގައިގައި ކޮއްޓާލާފައި ބުންޏެވެ. "ރައީސް އެ އުޅުއްވަނީ ކިހިނެއް ހެއްޔެވެ؟ އެ ހަދަނީ ހާދަ ދޮގެކެވެ. ކިރުބޯ ތުއްތު ކުއްޖާ އަށް ވެސް ރައީސް އެ ދައްކަވާ ވާހަކަ ނޯޅޭނެ އެވެ"! ތެދެކެވެ. ރައީސެވެ. އޮޅުވާލަން އުޅުއްވިޔަސް ތިޔައީ ބޮޑު ވަރެވެ. ނިއްކުރި އަށް ރުލެއް ވެސް އަރުވާ ނުލައްވައި، ތިޔަ ހައްދަވަނީ ހާދަހާ ދޮގެކެވެ.

މިފަހަރު މިޖެހުނީ މަނިކުފާނު ކުރިން ވިދާޅުވެފައި އޮތް ވާހަކަ، އަޅުގަނޑު މަނިކުފާނަށް ހަނދާން ކޮށްލަދޭށެވެ. ރައީސެވެ. ދޮގު މައްޗަށް ދޮގު ހެދީމާ، އެޔަން ކިޔަނީ ބުހުތާނު ދޮގު ހެދުމެވެ. އެ ވާހަކަ ހަމަ ދަންނަވާލީ އެވެ. ވަރަށް ސަލާމެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް އޮފީސްމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު