Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށަށް ކުރާ ހަރަދު

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

އާރަށުގައި ވަޒީރުންނާއެކު ބައްދަލުވުންތައް ބޭއްވުމުގެ އިހުތިޔާރު ވެސް ލިބިވަޑައިގަންނަވާ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2024 | ބުދަ 12:05
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަ އަށްވުރެ ގިނަ ފައިސާ ޚަރަދު ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ސީދާ ޖަވާބެއް ނުދެއްވައި، އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީގެ ނޫސްވެރިޔާ ވަނީ ރައީސް އާ ރަށަށް ވަޒީރުންނާއެކު ވަޑައިގަންނަވާއިރު، ކޮންމެ ހަފްތާއަކު ވެސް މިކަމަށް 7 ލައްކައަށްވުރެ ބޮޑު އަދަދެއް ހަރަދުވާ ކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށްފައެވެ. އަދި މިކަމުގެ ހަގީގަތް ހާމަ ކޮށްދިނުމަށް ސުވާލު ކޮށްފައިވެއެވެ.

މިސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ރައީސް މުއިއްޒު، ރައީސް ކަމުގައި ހުންނެވުމުގެ ސަބަބުން އެމަނިކުފާނަށް އާރަށަށް ވަޑައިގެންނެވުމުގެ އިޚްތިޔާރު ލިބޭ ކަމަށެވެ. އަދި އާރަށުގައި ވަޒީރުންނާއެކު ބައްދަލުވުންތައް ބޭއްވުމުގެ އިޚްތިޔާރު ވެސް ލިބިވަޑައިގަންނަވާ ކަމަށް ހީނާ ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ހޭދަވާ ޚަރަދުގެ ތަފްސީލު ދެއްވާފައިނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާއްމު ގޮތެއްގައި ރައީސް މުއިއްޒު އާރަށަށް ހަފްތާއަކު ދެދުވަހު ވަޑައިގަންނަވައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަރަށް ގިނައިން އެރަށަށް ވަޑައިގަންނަވައެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށް ކަމަށް ބުނެ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް އާރަށަށް ބޮޑު ހޭދައެއް ކުރުމާއި، ސަރުކާރުގެ ދަތުރުތަކަށް ބޮޑު ހޭދައެއް ކުރާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި ޚަރަދު ކުޑަ ކުރަންޖެހޭ ގޮތަށް ހަރުދަނާ ގޮތެއްގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ ވެރިކަމުގައި އާރަށުގައި 24 ގަޑީއިރު ސިފައިންގެ ޚާއްސަ ޔުނިޓްތަކުން ޑިއުޓީ ކުރާ ގޮތަށް ހަމަޖައްސަައި، ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފައެވެ.

ރައީސް އޮފީސްހީނާ ވަލީދު

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

28 ނޮވެމްބަރު 2025
ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ
21 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން
19 ނޮވެމްބަރު 2025

މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

19 ނޮވެމްބަރު 2025
މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް
15 ނޮވެމްބަރު 2025

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

15 ނޮވެމްބަރު 2025
އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު