Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ ރަސްމީ ދަތުރުފުޅު

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

މުޅި ރާއްޖެއަށް މިހާރު ހުޅުވާލާފައި އޮތް ފުރުސަތަކީ ލިބޭ ގޯތިތަކުގައި ނޫނިއްޔާ އަމިއްލަ ގޯތިތަކުގައި ގެ އަޅަން ލުއި ލޯނު ނެގުމުގެ ފުރުސަތު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 17:29
ރައީސް މުއިއްޒު ހއ. މޮޅަދޫއަށް ވަޑައިގަތުން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން.

ރައީސް މުއިއްޒު ހއ. މޮޅަދޫއަށް ވަޑައިގަތުން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ޒިޔާރާތްކުރެއްވުމަށް ރައީސް މުއިިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. މޮޅަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ 'އެކްސެސް ޓު ހައުސިންގ އަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ. އޭގެ މާނައަކީ ގޯތި ނުލިބޭ އެއްވެސް ރައްޔިތަކު ނުބެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގެދޮރުގެ މައްސަލަ ހައްލުކުރުމަކީ އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައްކަން ފާހަގަކުރައްވައި ވިދާޅުވީ، އަމާޒަކީ އަމިއްލަ ގޯތީގައި ގެ އެޅުމުގެ ފުރުސަތު ފަހިކޮށްދީގެން ވިޔަސް، ނޫނީ ސަރުކާރުން ހިންގާ ހައުސިންގ ސްކީމަކުން ފުލެޓު ނޫނީ ރޯހައުސް ލިބިގެން ވެސް އެ މައްސަލަ ހައްލުކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖެއަށް މިހާރު ހުޅުވާލާފައި އޮތް ފުރުސަތަކީ ލިބޭ ގޯތިތަކުގައި ނޫނިއްޔާ އަމިއްލަ ގޯތިތަކުގައި ގެ އަޅަން ލުއި ލޯނު ނެގުމުގެ ފުރުސަތު ކަމަށެވެ.

ރައީސް ވިދާޅުވީ ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި އިސްލާމިކް ފައިނޭންސް ސްކީމެއް މިހާރު އެ އޮތީ ހުޅުވާލާފައިކަމަށާއި މިފަދަ ރަށްތަކަށް އެއް މިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ނެގޭނެ ކަމަށެވެ. އަދި އަމިއްލަ ގޯތީގައި ގެއެއް އަޅަން އެ ލޯނު ނަގާކަށް، އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެކަމަށް އެމަނިކުފާނެ ވިދާޅުވިއެވެ. އަދި މިއަހަރުގެ ޖޫން، ޖުލައި ހިސާބަށް ލޯނުތައް ދޫކުރަން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޮޅަދުއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ލޭންޑްޔޫސް ޕްލޭން މިހާރު އޮތީ ހަދާފައި ކަމަށާއި، އެއީ ޖާގަ ތަނަވަސް ރަށެއް ކަމަށެވެ. އެހެންކަމުން ކައުންސިލުން އުސޫލުގެ ތެރެއިން ރަށުން ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް އެކަން ހަމަޖައްސައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓާއި، ފެނާއި ނަރުދަމާގެ މައްސަލައެވެ. ރައީސް ވިދާޅުވީ ކަމާ ބެހޭ މުއައްސަސާތަކާއި ރަށުގެ ކައުންސިލާ ގުޅިގެން މަޝްވަރާތައް ކުރުމަށްފަހު، އެކަމަށް ވަރަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ޚާއްސަގޮތެއްގައި ބިންތައް ނަގައިގެން ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ މީހުންނަށް އެ ޚިދުމަތް ރަނގަޅު ފެންވަރަކަށް ލިބޭނެ މަގުތައް ސަރުކާރުން ތަނަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މޮޅަދޫގައި އޭޓީއެމްއެއް ބެހެއްޓުމަށް ގައުމީ ބޭންކު، ބީއެމްއެލްއާއި، ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ބޯހިޔާވަހިކަމަކީ ރާއްޖޭގައި ހައްލުނުވެ އޮތް ޒަމާންވީ މައްސަލައެކެވެ. މި ސަރުކާރު ވެރިކަމަށް އައީވެސް އެހެން ސަރުކާރުތަކެކޭ އެއްގޮތަށް އެ މައްސަލަ ހައްލުކޮށްދިނުމުގެ ވައުދާއެކުއެވެ.

ޚާއްސަގޮތެއްގައި، ފަސް އަހަރުގެ ދައުރު ނިންމާލާއިރު ރާއްޖޭގައި ބޯހިޔާވަހިކަން ނުލިބި އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް އޮފީސްޑރ. މުހައްމަދު މުއިއްޒުހއ. މޮޅަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު