Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

އޭސީ މިލާނާއެކު ސްޓެފާނޯ ޕިއޯލީ ހަދާފައިވާ އެއްބަސްވުން އައުކޮށްފި

ޕިއޯލީގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ނޮވެމްބަރު 2022 | އަންގާރަ 02:40
އޭސީ މިލާންގެ މެޗެއްގެ ތެރެއިން ޕިއޯލީ

އޭސީ މިލާންގެ މެޗެއްގެ ތެރެއިން ޕިއޯލީ

އިޓާލިއަން ލީގުގެ އޭސީ މިލާނާ އެކު ހަދާފައިވާ އެއްބަސްވުން އެ ޓީމުގެ ކޯޗު ސްޓެފާނޯ ޕިއޯލީ އައުކޮށްފިއެވެ.

އިޓަލީ އަށް އުފަން އުމުރުން 57 އަހަރުގެ ޕިއޯލީ އޭސީ މިލާނާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އެކިއެކި ކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އިޓަލީ އަށް ނިސްބަތްވާ ކުލަބުތަކެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އިޓަލީގެ ގިނަ ކުލަބުތަކަށް ސެންޓަ ބެކެއްގެ ގޮތުގައި ކުޅެފައިވަނީ ޕިއޯލީ ކޯޗިން ކެރިއަރު ފެށީ 1999 ވަނަ އަހަރުއެވެ. ޒުވާން ޓީމުތަކަށް އިރުޝާދު ދިނުމަށްފަހު ޕިއޯލީ ކުލަބެއްގެ ކޯޗުކަމާ ހަވާލުވީ 2003 ވަނަ އަހަރުއެވެ.

އޭސީ މިލާނުން އެ ޓީމުގެ ކޯޗުކަމަށް ޕިއޯލީ ހަމަޖެއްސީ އޭނާގެ ކުރިން އެ މަޤާމުގައި ހުރި މާކޯ ގިމްޕައޮލޯ ވަކިކޮށްފައެވެ. އޭރު އޭނާ އެ ކުލަބާ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕިއޯލީގެ އިރުޝާދުގެ ދަށުން މިލާނުން ރަނގަޅު ނަތީޖާތަކެއް ހޯދުމުން، އެ ކުލަބުން ވަނީ އޭނާގެ އެއްބަސްވުން އައުކޮށްފައެވެ. ދެ އަހަރު ދުވަހަށް އައު ކުރި އެއްބަސްވުން މިއަހަރު ހަމަވާނެއެވެ. އެހެންކަމުން މިލާނުން މިހާރު ވަނީ އޭނާގެ އެއްބަސްވުން އިތުރު ތިން އަހަރަށް ދަމަހައްޓާފައެވެ. ޕިއޯލީގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޕިއޯލީގެ އިރުޝާދުގެ ދަށުން މިލާން ވަނީ މިހާތަނަށް 153 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 87 މެޗުން މޮޅުވެ، 29 މެޗުން ބަލިވެފައެވެ. އެއްވަރުވެފައިވަނީ 37 މެޗުންނެވެ. އޭސީ މިލާނާ އެކު ޕިއޯލީ ވަނީ ނިމުނު ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. މި ސީޒަންގެ މިހާތަނަށް ކުޅުނު 12 މެޗުން 26 ޕޮއިންޓާ އެކު މިލާން އޮތީ ތިން ވަނަ މަގާމުގައެވެ.

އިތުރަށް ކިޔާލަން

14 ޖުލައި 2017

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ
26 ޖޫން 2017

ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

26 ޖޫން 2017
ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި
19 ޖޫން 2017

އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް

19 ޖޫން 2017
އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް
04 ޖޫން 2017

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
02 މެއި 2017

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް
12 މާރިޗު 2017

ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި

12 މާރިޗު 2017
ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު