Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްމީ ރިޒަރވް

2023 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރުގައި

ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތެރޭގައިވެސް، ރާއްޖޭގެ އިޤްތިސާދު ކުރިއަށްދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޮކްޓޯބަރު 2022 | ހޯމަ 08:07
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

2023 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދާއި ސިނާއަތްތަކުގެ ކުރިއެރުން ފަހިކޮށް ހުރިކަމުގައި ވީނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް ހުރީ އުފުލިފައި ކަމަށެވެ. ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އިންފްލޭޝަންގެ އިޙްސާސް ކުޑަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މި ފަދަ ސިޔާސަތުތަކަކީ މިގޮތަށް ދާއިމީގޮތެއްގައި ކުރިއަށްގެންދެވޭނެ، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނޫން ކަމަށެވެ. އަދި އެއީ އިޤްތިސާދީ އަދި ފިސްކަލް ހިރާސްތައް ބޮޑު ސިޔާސަތުތަކެއް ކަމަށެވެ. އެހެންކަމުން، މުސްތަގުބަލުގައި މި ސިޔާސަތުތަކަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 2023 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ބެލެވެނީ 5.4 އިންސައްތައިގައި ކަމަށާއި ނަމަވެސް މެދުރާސްތާގައި އިންފްލޭޝަންގެ އަސަރު ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ސިޔާސަތުތައް ބެލެހެއްޓުމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ރާއްޖޭގެ ރަސްމީ ރިޒާވް ކަމަށެވެ. އިޤްތިސާދީ ހަރަކާތްތައް ހަލުވިވެ، އިމްޕޯޓް އިތުރުވެއްޖެ ކަމަށާއި، އަދި އިމްޕޯޓް މުދަލުގެ އަގުތައް، ވަކިން ޚާއްސަކޮށް ތެލުގެ އަގު، މަތިވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ކުރުމުއްދަތުގައި ރަސްމީ ރިޒާވް އިތުރުކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތެރޭގައިވެސް، ރާއްޖޭގެ އިޤްތިސާދު ކުރިއަށްދާ ކަމަށެވެ. އެކަން އެހެންވަނީ ފިސްކަލް ޕޮލިސީގެ ތެރެއިން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، 2020 ވަނަ އަހަރު ކޮވިޑް-19 އާ އެކު ރާއްޖޭގެ އިޤްތިސާދު ހުއްޓުނު ވަގުތު، އިޤްތިސާދަށް ސަޕޯޓް ދިނީ މައިގަނޑުގޮތެއްގައި ފިސްކަލް ޕޮލިސީ ނުވަތަ ބަޖެޓުގެ ތެރެއިން ކަމަށެވެ. އެ އަހަރު ދައުލަތުގެ އާމްދަނީ 2019 އަށްވުރެ، 34.5 އިންސައްތަ ދަށަށް ދިޔަ ކަމަށެވެ.

އެ އަހަރުގެ ފާސްކުރި ބަޖެޓުން ޚަރަދު ކުޑަކުރި ނަމަވެސް، ކޮވިޑް-19 މެނޭޖްކުރުމަށާއި ވިޔަފާރިތަކާއި ގޭބިސީތަކަށް ސަޕޯޓްކުރުމަށް ބަޖެޓުން ޚަރަދުކުރި ކަމަށެވެ. މީގެ ސަބަބުން، ބަލި ކޮންޓްރޯލްކުރެވި، މެނޭޖްކުރެވި، ބަލިމަޑުކަމުގެ ތެރޭގައި އިޤްތިސާދީ ހަރަކާތްތައް ހިންގުމުގެ އިތުބާރު ލިބި، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި، ވިޔަފާރިތަކަށާއި ގޭބިސީތަކަށް އާމްދަނީގެ ސަޕޯޓް ލިބިގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި 2021 ވަނަ އަހަރުވެސް ސަރުކާރުން ހިންގީ ކައުންޓަރ-ސިކްލިކަލް ފިސްކަލް ޕޮލިސީއެއް ކަމަށާއި، އެއީ އިޤްތިސާދު ދަށްވި ވަގުތު، އިޤްތިސާދަށް ސަޕޯޓް ދީގެން، އަލުން ކުރީގެ މިންވަރަށް އަވަހަށް އިއާދަކުރުމަށް ގެންގުޅުނު ސިޔާސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވެފައިވަނީ 11.5 ބިލިއަން ރުފިޔާއިން ކަމަށެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 13.8 އިންސައްތަ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ކޮވިޑް-19ގެ ތަދުމަޑުކަމުން އަރައިގަންނަ މިންވަރަކުން ބަޖެޓުގެ ޑެފިސިޓްވެސް ކުޑަކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު