Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދައުލަތުގެ ބަޖެޓު 2023

ކުޅިވަރުގެ މަޝްރޫއުތަކަށް 190 މިލިއަން ރުފިޔާގެ ބަޖެޓެއް

ކުޅިވަރުގެ ދާއިރާއިން ހިންގި ގިނަ މަޝްރޫއުތަކެއް ނިމުމާއި ގުޅިގެން އެ ޚަރަދު އަންނަ އަހަރު ކުރަން ނުޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2022 | ހޯމަ 06:23
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަނީ

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރި ބަޖެޓުގައި ކުޅިވަރު މަޝްރޫއުތަކަށް 190 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ކުޅިވަރުގެ ދާއިރާއިން ހިންގި ގިނަ މަޝްރޫއުތަކެއް ނިމުމާއި ގުޅިގެން އެ ޚަރަދު އަންނަ އަހަރު ކުރަން ނުޖެހޭނެ ކަމަށް ބަޖެޓުގައިވެއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުށް ގިނަ ރަށްތަކެއްގައި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ބެޖެޓުން ޖާގަ ދީފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރި ބަޖެޓަށް ބަލާއިރު މާލޭ ހެންވޭރު ދަނޑު ތަރައްޤީ ކުރުމަށް ހަތަރު ލައްކަ ތިރީސް ހާސް ރުފިޔާ އާއި ގަލޮޅު ރަސްމީ ދަނޑު ތަރައްޤީކުރުމަށް 55.6 މިލިއަން ރުފިޔާ ވަނީ ބެޖެޓުގައި ހިމަނާފައެވެ. މީގެ އިތުރުން ޤައުމީ ބާސްކެޓު ބޯޅަ ސެންޓަރު ތަރައްޤީ ކުރުމަށް 6.2 މިލިއަން ރުފިޔާ އާއި، ޤައުމީ ޓޭބަލް ޓެނިސް ސެންޓަރު ތަރައްޤީ ކުރުމަށް 3.4 މިލިއަން ރުފިޔާ އާއި، ނެޓު ބޯޅަ ސެންޓަރު ތަރައްޤީ ކުރުމަށް 1.6 މިލިއަން ރުފިޔާ ވަނީ ބެޖެޓުގައި ހިމަނާފައެވެ. ނޭޝަނަލް ވޮލީ ކޯޓު ތަރައްޤީ ކުރުމަށް 2.1 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބެޖެޓުގައި ވަނީ ހިމަނާފަައިވާއިރު، މާލޭ އިންޑޯ ވޮލީ ކޯޓު ތަރައްޤީ ކުރުމަށް ދެ ލައްކަ އަށްޑިހަ ތިން ހާސް ފަސް ސަތޭކަ ރުފިޔާ ވަނީ ބެޖެޓުކޮށްފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ފުޓުބޯޅަ ޓްރެއިނިން ސްލޫކުލެއް ޤާއިމު ކުރުމަށް 1.4 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްތަކުގައި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި، ދަނޑުތަކުގެ ވަށާ ފާރާއި ފެންސް ޤާއިމުކުރުމުގެ އިތުރުން ސިޑިބަރި، ލައިޓިން ސިސްޓަމް އަދި ޗޭންޖިން ރޫމް ތަރައްޤީ ކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި ރަށްރަށުގައި ސްވިމިން ޓްރެކް ތަރައްޤީ ކުރުމާއި، ވޮލީ ކޯޓު ތަރައްޤީ ކުރުމާއި، އިންޑޯ ވޮލީ ކޯޓު ތަރައްޤީ ކުރުމާއި، ޒުވާނުންގެ މަރުކަޒު ތަރައްޤީ ކުރުމާއި، ކުޑަކުދިންގެ ޕާކާއި އައުޓް ޑޯ ޖިމް ތަރައްޤީ ކުރުމާއި، ފުޓްސަލް ދަނޑު ތަރައްޤީ ކުރުމާއި، ސިންތެޓިކް ޓްރެކް ތަރައްޤީ ކުރުމާއި، އިންޑޯ ކޮމްޕްލެކްސްގެ އިތުރުން ސްކޭޓިން ޕާކު ތަރައްޤީ ކުރުން ފަދަ މުހިންމު މަޝްރޫތައް ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވަނީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު