Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބަޖެޓް 2023

2023 ވަނަ އަހަރުގެ ބަޖެޓަކީ އެކަށީގެންވާ ޙައްލު ހޯދޭނެ ދެލިކޮޕީއެއް - އަމީރު

31 އޮކްޓޯބަރު 2022 | ހޯމަ 04:26

ކޮވިޑް-19ގެ ކުރިން އިޤްތިސާދު ހުރި މިންވަރަށް މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު އަނބުރާ އިއާދަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޮކްޓޯބަރު 2022 | ހޯމަ 04:26
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

2023 ވަނަ އަހަރުގެ ބަޖެޓަކީ އެކަށީގެންވާ ޙައްލު ހޯދޭނެ ދެލިކޮޕީއެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ބަޔާން އިއްވަވަމުންނެވެ. ބަޖެޓު ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑު-19ގެ ހާލަތުގައި ވަޒީފާ ގެއްލި އަތްމަތި ދަތިވެ ގޮތް ހުސްވި އެންމެނަށް ސަރުކާރުން އެހީތެރިވި ކަމަށެވެ. ވިޔަފާރިތައް ބަނގުރޫޓު ވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާ، ސަރުކާރުގެ އެންމެ މުވައްޒަފެއްގެ ވަޒީފާއަށް، ނުވަތަ ލިބޭ މުސާރައަށް އުނިކަމެއް އަޔަނުދީ ހިފެހެއްޓުނު ކަމަށެވެ.

މާތް ﷲގެ ރަޙްމަތްފުޅާ އެކު، ކޮވިޑް-19ގެ  ޢާލަމީ ވަބާގެ ބިރު މިއަދު ފިލާ ހިނގައްޖެ ކަމަށާއި، ދުނިޔެ ހުއްޓި ރާއްޖޭގެ ބޯޑަރު ބަންދުކުރި ދުވަސް މާޒީވެއްޖެ ކަމަށެވެ. ރަށްތައް ތަޅުލެވި، މާލެ ފުރަބަންދުވެ އަނދިރިކަމަށް އަލި ވިލިއްޖެ ކަމަށެވެ. ސަރުކާރުން ހިކުމަތްތެރިކަމާ އެކު އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން، އިރާދަ ކުރެއްވިއްޔާ، ކޮވިޑް-19ގެ ކުރިން އިޤްތިސާދު ހުރި މިންވަރަށް މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު އަނބުރާ އިއާދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިވަނީ، ދުނިޔެ ކުރިމަތިލަމުންދާ އިޤްތިސާދީ އެކި ގޮންޖެހުންތަކުގެ މެދުގައި ކަމަށެވެ. 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރު ހިފޭ މަގުޗާޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަށީގެންވާ ހައްލު ހޯދޭނެ ދެލިކޮޕީއެއް ކަމަށެވެ. ރައްޔިތުންގެ ފުދުންތެރިކަމާއި އިޖްތިމާޢީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމިއޮވެވޭނެ ޕްލޭނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާ އެކު، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އެއީ އިޤްތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް ކަމަށާއި، ދައުލަތުގެ ދަރަނި ބޮޑުވެ، އިޤްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ. ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، އަސާސީ ޚިދުމަތްތައް ނުލިބުމާއި ޚިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިވޭ އަޑުތަކާ، އޮތް ޙާލަތާ، ކުރާންޖެހޭ ކަންކަން ސަރުކާރަށް ވަރަށް ސާފު ކަމަށެވެ.

ސަރުކާރާ ހަވާލުވީ، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ހައްލުނުވެ ހުރި އެތައް ގިނަ ކަންތައްތަކެއް ހައްލުކުރުމަށް ވައުދުވެގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށާއި، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ވިސްނުންތަކާ އެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް ހުރީ އެ މަގަށް ކަމަށެވެ. 2023 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުން ކަމަށާއި، ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރެއްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުން ކަމަށާއި އިޖުތިމާޢީ އަދި އިޤްތިސާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް