Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް

ފަތުރުވެރިކަމާއި އިގްތިސާދާމެދު އާ ވިސްނުމަކުން ވިސްނަންޖެހޭ

29 އޮކްޓޯބަރު 2022 | ހޮނިހިރު 08:32

މިފަހަރުގެ އެކައުންޓެންޓްސް ފޯރަމްގެ ޝިއާރަކީ "އިކޮނޮމިކް ޓްރާންސްފޮމޭޝަން - ރީތިންކިންގ ގްރޯތު އިން ދަ ނިއު އިކޮނޮމީ"

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 އޮކްޓޯބަރު 2022 | ހޮނިހިރު 08:32
ޑރ. އަބްދުﷲ މައުސޫމް

ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަމާއި އިގްތިސާދާމެދު އާ ވިސްނުމަކުން ވިސްނަންޖެހޭކަމަށް، ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ގައުމީ ފެންވަރުގައި ބާއްވާ ފަސްވަނަ އެކައުންޓެންޓްސް ފޯރަމް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީގޮތުން ބެލިނަމަވެސް، އިގްތިސާދީގޮތުން ތަފާތު ވިސްނުމަކުން ވިސްނަންޖެހޭ ކަމަށެވެ. މި އަހަރުގެ އެކައުންޓެންސްޓްސް ފޯރަމްގެ ޝިއާރުކަމުގައިވާ "އިކޮނޮމިކް ޓްރާންސްފޮމޭޝަން - ރީތިންކިންގ ގްރޯތު އިން ދަ ނިއު އިކޮނޮމީ" މި ޝިއާރަކީ އިގްތިސާދު ބަދަލުކޮށްލުމަށާއި އިގްތިސާދީ ކުރިއެރުމާމެދު އާ ވިސްނުމަކުން ވިސްނުމަށް ލިބޭ ފުރުސަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މައި އެއް ހިއްސާ އެކުލެވޭ ދާއިރާކަމަށް ވުމާއެކު، އެ ދާއިރާއިންވެސް އިގްތިސާދާމެދު އާ ވިސްނުމަކުން ވިސްނުން މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި، ވާދަވެރި މާހައުލެއްގައި ވިޔަފާރިކުރުންމަތީ ދެމިއޮތުމަށްޓަކައި، އަބަދުވެސް އިގްތިސާދީގޮތުން އެންމެ ރަނގަޅު ގޮތްތައް ޚިޔާރުކުރަންޖެހޭކަމަށެވެ. ބައެއް ފަހަރު ގައުމިއްޔަތުގެ ރޫހުގައި، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެހެން ބަޔަކާ ނުގުޅި އަމިއްލައަށް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށް ހީވެފައިވީނަމަވެސް، ދުނިޔޭގެ އިގްތިސާދަކީ އެކުވެ، ގުޅި ލާމެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އުފެއްދުންތެރި ޚިޔާލުތަކާއި، ވިސްނުންތެރިކަން ހުރިނަމަވެސް، ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނެކަމަށާއި، ބައެއް ފަހަރު ގައުމަށް އެންމެ ރަނގަޅު ގޮތަކީ އެންމެ މަގްބޫލު ނިންމުމަށް ނުވެދާނެކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަކީ ރާއްޖޭގެ މީހުންގެ އަމިއްލަ ތަންތަނަށް ވުމަކީ ބޭނުންފުޅުވާ ގޮތް ކަމަށެވެ. އެހެންނަމަވެސް ރަނގަޅު އާމްދަނީއެއް ހޯދުމަށްޓައި ރަނގަޅު އިންވެސްޓްމެންޓްތައް ލިބުން މުހިންމުކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ އިގްތިސާދަށް ފަހި ގާނޫނީ އޮނިގަނޑެއް އޮވެގެންކަން ޑރ. މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެއަކީ އިންވެސްޓަރުންނަށް އެންމެ ފަހި ފުރުސަތުތައް ހުރި އެއް ގައުމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، ރާއްޖޭގެ ކުރިއެރުމުގައި އެކައުންޓެންޓުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ. އަދި އެ ދާއިރާއަކީ ފަންނީ، ގާބިލް މީހުން ބޭނުންވާ ދާއިރާ އެއްކަމަށާއި، އެ ދާއިރާއަކީ ވަޒީފާގެގޮތުން ބަލާއިރުވެސް ޝައުގުވެރި ދާއިރާއެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ އެހެން ދާއިރާތަކަށްވެސް ގާބިލް މީހުން ބޭނުންވާކަމަށާއި، އިންސާނީ ވަސީލަތް މަދުވުމަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2022

"ސިޔާސީ ވަކި މީހަކާއި ދެކޮޅަށް އަޑުއުފުލިދާނެ، ނަމަވެސް ވަކި ޤައުމަކާއި ދެކޮޅަށް އަޑުއުފުލުމުގެ ނަތީޖާ ވިސްނަންޖެހޭނެ"

07 ފެބުރުއަރީ 2022
"ސިޔާސީ ވަކި މީހަކާއި ދެކޮޅަށް އަޑުއުފުލިދާނެ، ނަމަވެސް ވަކި ޤައުމަކާއި ދެކޮޅަށް އަޑުއުފުލުމުގެ ނަތީޖާ ވިސްނަންޖެހޭނެ"
18 ޖެނުއަރީ 2022

ފަތުރުވެރިކަމާއި ގުޅުންހުރި މަޝްރޫޢުތަކަކީ އިންތިޚާބާ ގުޅިގެން އިއުލާންކުރާ މަޝްރޫޢުތަކެއް ނޫން: ޑރ މައުސޫމް

18 ޖެނުއަރީ 2022
ފަތުރުވެރިކަމާއި ގުޅުންހުރި މަޝްރޫޢުތަކަކީ އިންތިޚާބާ ގުޅިގެން އިއުލާންކުރާ މަޝްރޫޢުތަކެއް ނޫން: ޑރ މައުސޫމް
20 ޖެނުއަރީ 2021

އައްޑޫގެ ފަތުރުވެރިކަމާއި މަސްވެރިކަންކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

20 ޖެނުއަރީ 2021
އައްޑޫގެ ފަތުރުވެރިކަމާއި މަސްވެރިކަންކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
18 ޑިސެމްބަރު 2019

އަންނަ އަހަރު ފަތުރުވެރިކަމާއި ބެހޭ 20 ގަވާއިދެއް މުރާޖާކޮށް، އިސްލާހު ކުރާނެ: އަލީ ވަހީދު

18 ޑިސެމްބަރު 2019
އަންނަ އަހަރު ފަތުރުވެރިކަމާއި ބެހޭ 20 ގަވާއިދެއް މުރާޖާކޮށް، އިސްލާހު ކުރާނެ: އަލީ ވަހީދު
16 އޮކްޓޯބަރު 2019

މަގްސަދަކީ ފަތުރުވެރިކަމާއި، މަސްވެރިކަމަށް އިގްތިސާދު ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރުން: ފައްޔާޒް

16 އޮކްޓޯބަރު 2019
މަގްސަދަކީ ފަތުރުވެރިކަމާއި، މަސްވެރިކަމަށް އިގްތިސާދު ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރުން: ފައްޔާޒް
07 ސެޕްޓެމްބަރު 2019

މާސްޓަރ ޕްލޭން ހަދާއިރު ވަރަށް ފުޅާކޮށް ވިސްނަންޖެހޭ: މިނިސްޓަރު އަސްލަމް

07 ސެޕްޓެމްބަރު 2019
މާސްޓަރ ޕްލޭން ހަދާއިރު ވަރަށް ފުޅާކޮށް ވިސްނަންޖެހޭ: މިނިސްޓަރު އަސްލަމް
18 މާރިޗު 2019

2015 ގައި ކުރިމަތިވި ހާލަތަށް އެނބުރި ނުދިއުމަށް ބޮޑު ވިސްނުމަކުން ވިސްނަން ޖެހޭ: ޝެއިޚް އިމްރާން

18 މާރިޗު 2019
2015 ގައި ކުރިމަތިވި ހާލަތަށް އެނބުރި ނުދިއުމަށް ބޮޑު ވިސްނުމަކުން ވިސްނަން ޖެހޭ: ޝެއިޚް އިމްރާން
22 މެއި 2018

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދާތީ ސަރުކާރާއި، ރައްޔިތުން ވިސްނަންޖެހޭ: އަނާރާ

22 މެއި 2018
ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދާތީ ސަރުކާރާއި، ރައްޔިތުން ވިސްނަންޖެހޭ: އަނާރާ
26 ޖޫން 2017

ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު

26 ޖޫން 2017
ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު
06 މާރިޗު 2017

ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް

06 މާރިޗު 2017
ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް