Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ މަޝްރޫޢުތައް

ފަތުރުވެރިކަމާއި ގުޅުންހުރި މަޝްރޫޢުތަކަކީ އިންތިޚާބާ ގުޅިގެން އިއުލާންކުރާ މަޝްރޫޢުތަކެއް ނޫން: ޑރ މައުސޫމް

18 ޖެނުއަރީ 2022 | އަންގާރަ 00:44

ޓޫރިޒަމް މިނިސްޓްރިން ވަނީ ށ އަތޮޅުގެ 3 ރަށެއް ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޖެނުއަރީ 2022 | އަންގާރަ 00:44
މިނިސްޓަރ މައުސޫމް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

މިނިސްޓަރ މައުސޫމް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން އެކި ސަރަހައްދުތަކުގައި ރިސޯޓްތައް ތަރައްގީކުރުމަށް ހުޅުވާލަނީ އިންތިޚާބާ ދިމާކޮށް ނޫންކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ސަރުކާރުން މިހާރުވަނީ 18 ރަށެއް މުޅިން އަލަށް ރިސޯޓް ތަރައްގީކުރުމަށް ބިޑަށް ހުޅުވާލާފައެވެ. އޭގެފަހުން ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރިން ވަނީ ށ އަތޮޅުގެ 3 ރަށެއް ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލާފައެވެ. ކުރިމަތިވަމުން އަންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އެސަރަހައްދަށް ގިނަ މަޝްރޫޢުތަކެއް އަންނަނީ އިއުލާންކުރަމުންނެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދަޅުވީ މީގެކުރިން އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއަރުވާ ވާހަކަދެއްކުމުންވެސް އެއީ އިންތިޚާބާ ދިމާކޮށް ކުރާކަމަކޭ ބުނަމުންދިޔަ ކަމަށެވެ. ށ އަތޮޅުގެ އިތުރު 3 ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ހުޅުވާލީ މިދިޔަ އަހަރު އެއަތޮޅުގައި ހުޅުވޭނެކަމަށް ބެލި ރަށްތައް ނުހުޅުވޭތީ ކަމަށެވެ. ރަށްތައް ހުޅުވޭނެކަމަށް އިންތިޒާރުކޮށްގެން ތިބެވެންނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ށ އަތޮޅުގައި ތަރައްގީކުރުމަށް މިނިސްޓްރީން ހުޅުވާލާފައިވަނީ 300 އެނދުގެ މަޝްރޫޢެކެވެ. މިނިސްޓަރ ވިދާޅުވީ ރަށްތައް ތަރައްގީނުކޮށް ހަމައެކަނި އެއަރޕޯޓް އަޅައިގެންވެސް ތަރައްގީ ނުގެނެވޭނެކަމަށެވެ. އެއަރޕޯޓު އަޅާފައި މަތިންދާބޯޓުތަކުން ދަތުކުރާނެ މީހުން ބޭނުންވާ މިންވަރަށް ލިބެނީ ފަތުރުވެރިކަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންވީމާ ރަށްތައް ތަރައްގީކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ގއ އަށް މިނިސްޓްރީގެ ޓީމެއް ދަތުރުކޮށް އެއަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރެވޭނެ ގޮތްތައް ބަލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަންކުރާނީ ރައްޔިތުންގެ މަޝްވަރާގެ މަތިން ރައްޔިތުން ބޭނުންވާގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރަށްތައް ނުހެދި ދިގުލައިގެންދާ ދިޔުންވެސް ނިމުމަކަށް ގެނައުމަށް ސިޔާސަތުތަކަށް ބަދަލުގެންނަންޖެހޭ ކަަމަށާއި އެބަދަލުތައްވެސް ގެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް