Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭނުމީ ފައިސާ

ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް

މީހުން އުޅޭ ރަށްތަކަށްވުރެ ރިސޯޓްތަކުން ތިމާވެއްޓަށް ފައިދާވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 6 މާރިޗު 2017 | ހޯމަ 17:01
ޑރ. މުހައްމަދު ޝިހާމް އާދަމް - މެރިން ރިސާޗް ސެންޓަރުގެ ޑީޖީ

ޑރ. މުހައްމަދު ޝިހާމް އާދަމް - މެރިން ރިސާޗް ސެންޓަރުގެ ޑީޖީ

ރާއްޖެ ސަލާމަތްކޮށްދޭނެ ވަޞީލަތަކީ، ފަތުރުވެރިކަމާއި ރިސޯޓްތައްކަމުގައި ދެކިލައްވާކަމަށް މެރިން ރިސަރޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިޙާމް އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަޅުތައް ހިއްކައި، އިތުރު ރިޒޯޓްތައް ތަރައްޤީ ކޮށްގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިޔަށް އޮތް 10 އަހަރުތެރޭގައި 1.3 މިލިއަނުން 7 މިލިއަނަށް އިތުރު ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރައްވާ، އިނގެރޭސިވިލާތުގެ ދި ގާޑިއަން ނޫހާ ވާހަކަ ދައްކަވަމުން ޝިހާމް ވިދާޅުވީ، ރާއްޖެ ސަލާމަތްކޮށްދޭނެ ވަޞީލަތަކީ، ފަތުރުވެރިކަމާއި ރިސޯޓްތައްކަމުގައި ދެކިލައްވާކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ފަރާތްތަކުން ބިޔަ އަދަދުތަކުން އިންވެސްޓް ކުރަމުންދާ ކަމަށާ، އެ މީހުންނަކީ (ފައިދާއެއް ނެތް ކަމަކަށް އިންވެސްޓް ކުރާވަރުގެ) މޮޔައިން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބިން ހިއްކުމަށް އައިސްފައިވާ ކުރިއެރުމަށް އަލިއަޅުއްވާ ލައްވައި، ޝިހާމް ވަނީ މިހާރު މަދު ހަފްތާތަކެއްގެ ތެރޭގައި ފަޅެއް ހިއްކައި، އެ ހިއްކި ބިން ވަށައިގެން ބޮޑުހިލަ ޖަހާލެވޭކަން ފާހަގަކުރައްވާފައެވެ. މިގޮތަށް ފަތުރުވެރިކަން ފުޅާކުރުމަށް ތާއީދު ކުރައްވާ، ޝިޙާމް ވިދާޅުވީ، ރާއްޖެ ދެމިއޮތުމަށް ބޭނުންވަނީ ފައިސާ ކަމަށާ، އެގޮތުން ރިސޯޓްތަކަކީ (ފައިސާ ލިބުމުގެ އިތުރުން) ތިމާވެއްޓާއިވެސް ރަޙުމަތްތެރި ވަޞީލަތެއް ކަމަށެވެ.

ޝިޙާމް ވިދާޅުވީ، ރިސޯޓެއްގެ ވަށައިގެން 700 މީޓަރުގެ ސަރަޙައްދެއް ހިމާޔަތް ކުރުމަށް ލާޒިމު ކުރާތީ، މީހުން ދިރިއުޅޭ ރަށަކާއި އަޅާ ބަލާއިރު ރިސޯޓަކުން ތިމާވެށި ރައްކާތެރިކުރަން މާބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. އޭނަ ވިދާޅުވީ އުސޫލުތައް މިގޮތަށް އޮތުމުން، ރިސޯތުތައް ކުދި މެރިން ރިޒަރވްތަކަކަށް ވެގެންދާ ކަމަށެވެ.

އެންމެ ފަހުގެ އައިޕީސީސީ ރިޕޯޓްގައި ކަނޑުގެ ލޮނުގަނޑު އުފުލި، 2100 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ 75 އިންސައްތަ ގެއްލިދާނެ ކަމަށް ސައިންޓިސްޓުން ބުނެފައިވާ ވާހަކައަކީ، ޝިހާމް ވިދާޅުވި ގޮތުގައި ހަޤީޤަތެއް ނޫނެވެ. އޭނާ ވިދާޅުވީ މި ބަދަލަކީ ކުރިއަށް އޮތް އަހަރު އަންނާނެ ބަދަލެއް ނޫން ކަމަށާ، ދިވެހިން މިހާރުން މިހާރަށް ބޭނުންވާ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެމެރިކާ އާއި ޔޫރަޕުގެ ރައްޔިތުންގެ ހުރި އުއްމީދުތައް ދިވެހިންގެވެސް އެބަހުރި ކަމަށާ، ވަޒީފާ ބޭނުންވާކަން ފާހަގަ ކުރައްވާ ޝިޙާމް ވިދާޅުވީ، ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ކުރިއަށްދާން ޖެހޭނެ ކަމަށެވެ.

މެރިން ރިސަރޗް ސެންޓަރުގެ އިސް ވެރިއަކު ބޭރުގެ މީޑިއާއެއްގައި މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހިން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން ވަނީ ފަހަތަށް ފިޔަވަޅެއް އަޅާފައެވެ. އެގޮތުން، ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ކުރަމުންއައި މަސައްކަތް ހުއްޓާލައި، "ތަރައްޤީއަށް ޓަކައި" ރާއްޖެއަކީ ލޯ ކާބަން އެމިޝަން ޤައުމަކަށް ހެދުމަށް މިހާރު ވަނީ އަމާޒު ހިފާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު