Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާގެ ހަމަލާތައް ގުޓަރޭސް ކުށްވެރި ކުރައްވައިފި

6 ޖުލައި 2025 | އާދީއްތަ 07:57

ގުޓަރޭސްގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް މެދުވެރިކޮށް ހާމަކޮށްފައިވާ އެ ބަޔާނުގައި ބުނެފައި ވަނީ، ރަޝިޔާގެ އެ ނުރައްކާތެރި ހަމަލާގެ ސަބަބުން ޔުކްރެއިންގެ ރައްޔިތުންނަށް ލިބެމުން އަންނަ ގެއްލުންތަކާ މެދު ވެސް ކަންބޮޑުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2025 | އާދީއްތަ 07:57
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

ރަޝިޔާ އިން ޔުކްެރެއިން އަށް އަމާޒުކޮށް ދިން ވަރުގަދަ ޑްރޯން ހަމަލާތައް، އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ކުށްވެރި ކުރައްވައިފި އެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަަށް ކުރިއަށްދާ ރަޝިޔާ ޔުކްރެއިން ހަނގުރާމައިގައި، މި ފަހުން ރަޝިޔާ އިން ވަނީ މިހާތަނަށް ނުދޭ ވަރުގެ ޑްރޯން ހަމަލާތަކެއް ޔުކްރެއިން އަށް ދީފަ އެވެ. މި ހަމަލާތައް ރަޝިޔާ އިން ދީފައި ވަނީ ހުކުރު ދުވަހު އެވެ. 

އެ ހަމަލާތަކާ ގުޅިގެން ގުޓަރޭސް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ، އެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ލަސް ނުކޮށް، ވީ އެންމެ އަވަހަކަށް ޔުކްރެއިން ހަނގުރާމަ ހުއްޓާލުމަށް ވެސް ގުޓަރޭސް ވަނީ ގޮވާލައްވައިފަ އެވެ. 

ރަޝިޔާ އިން ދިން ވަރުގަދަ ޑްރޯން ހަމަލާތަކުން ސަލާމަތްވުމަށް ޔުކްރެއިންގެ ގިނަ ބަޔަކު ވަނީ ރައްކާތެރިކަން ހޯދުމަށް އެކި ތަންތަނަށް ގޮސްފަ އެވެ. އެކަމާ ގުޅިގެން އޭއެފްޕީގެ ނޫސްވެރިން ބުނެފައި ވަނީ، ޔުކްރެއިންގެ ވެރި ރަށް ކީވް ގައި ޑްރޯންގެ ގަދަ ފަދަ އަޑު އިވިފައިވާ ކަމަށާއި، ބާރު ގަދަ ގޮވުންތަކުގެ އަޑު ވެސް އިވިފައިވާ ކަމަށެވެ. 

ރަޝިޔާ އިން ދިން މި ހަމަލާތަކާ، ޔުކްރެއިންގެ ދިފާއީ ބާރުތަކުން ވަނީ ކުރިމަތިލައިފަ އެވެ. ގުޓަރޭސްގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް މެދުވެރިކޮށް ހާމަކޮށްފައިވާ އެ ބަޔާނުގައި ބުނެފައި ވަނީ، ރަޝިޔާގެ އެ ނުރައްކާތެރި ހަމަލާގެ ސަބަބުން ޔުކްރެއިންގެ ރައްޔިތުންނަށް ލިބެމުން އަންނަ ގެއްލުންތަކާ މެދު ވެސް ކަންބޮޑުވާ ކަމަށެވެ. 

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ރައްޔިތުންނާއި، އާންމު ތަންތަނަށް އަމާޒުކޮށް ހަމަލާ ދިނުމާއި، އާންމު ވަސީލަތްތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން މަނާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ. 

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އަންނަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެ ޤައުމުން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެކަމުގައި ކުރަން ޖެހޭ އެންމެހައި މަޝްވަރާތަކަށް ވެސް ޔުކްރެއިން ތައްޔާރު ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

އެހެން ނަމަވެސް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އަދި އެ ޤައުމުން ބޭނުން ވަނީ ވަކި ޝަރުތުތަކެއްގެ މަތިން ހަނގުރާމަ ހުއްޓާލުމަށެވެ. އެގޮތުން ޔުކްރެއިންގެ ސަރަހައްދުގެ ބައެއް އެ ޤައުމުން ދޫކޮށްލުމާއި، ޔުކްރެއިން އަށް ތާއީދު ކުރާ ޤައުމުތަަކުން ދެމުން އަންނަ އަސްކަރީ އެހީތެރިކަން ހުއްޓާލުމަށް ވެސް ޝަރުތު ކޮށްފައިވެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
07 ފެބުރުއަރީ 2017

ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

07 ފެބުރުއަރީ 2017
ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
31 ޖެނުއަރީ 2017

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް