Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޕުޓިން ބޭނުން ވަނީ މީހުން މަރަން ކަަމަށް ވިދާޅުވެ، ޓްރަމްޕް ނުރުހުން ވެއްޖެ

މީހުން މެރުމަށް ކުރިއަށް ގެންދާ ހަނގުރާމަ އިތުރަށް ކުރިއަށް ގެންދަން ވެސް ޕުޓިން ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2025 | ހޮނިހިރު 08:12
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބޭނުން ވަނީ މީހުން މަރަން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނުރުހުން ވެއްޖެ އެވެ. 

ޕުޓިންއާ ފޯނުން ގުޅުއްވައި ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ، އެ މަޝްވަރާތަކާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. 

އެއާ ފޯސް ވަންގައި ހުންނަވައި ޓްރަމްޕް ވިދާޅުވީ ޕުޓިން ބޭނުން ވަނީ މީހުން މަރަން ކަމަށެވެ. އަދި މީހުން މެރުމަށް ކުރިއަށް ގެންދާ ހަނގުރާމަ އިތުރަށް ކުރިއަށް ގެންދަން ވެސް ޕުޓިން ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޕުޓިންގެ އެ އަމަލުތަކުގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށެވެ. އަދި ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ވެސް، ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އެއްވެސް ފިޔަަވަޅެއް ނާޅުއްވައި މަޑު ކުރެއްވީ، ހަނގުރާމަ ހުއްޓާލުމަށް ޕުޓިން އަށް ބާރު އެޅުއްވުމުގެ ގޮތުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެކަންކަމާ ގުޅޭ ގޮތުން ހަމަ އެ ދުވަހު ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީއާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާ ތަކަކީ ވަރަށް ކާމިޔާބު އަދި ރަނގަޅު މަޝްވަރާތެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ. 

އެ މަޝްވަރާ ތަކުގައި ޓްރަމްޕް އާއި ޒެލެންސްކީ ވަނީ، ޔުކްރެއިންގެ ވައިގެ ދިފާއީ ބާރު ވަރު ގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޔުކްރެއިންގެ މައްސަލައިގައި ޓްރަމްޕް ވަނީ ޖަރުމަނުގެ ޗާންސެލަރާ ވެސް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާގައި ޔުކްރެއިން އަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ފޮނުވުމާމެދު މަޝްވަރާ ކުރެވުނެވެ. ނަމަވެސް އަދި އެކަމާ މެދު ވަކި ގޮތެއް ނިންމަވާފައި ނުވާކަމަށް ވިދާޅުވި އެވެ. 

ޔުކްރެއިންގެ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ވަރަށް ބޮޑަށް ބާރު އަޅުއްވަމުން އަންނައިރު، ހަނގުރާމަ ހުއްޓާލުމަށް ޔުކްރެއިން އޮތީ ތައްޔާރަށް ކަމަށް ޒެލެންސްކީ ވަނީ މީގެ ކުރިން ވެސް ހާމަ ކުރައްވައިފަ އެވެ. ނަމަވެސް، ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އަދި ޕުޓިން ބޭނުން ނުވެ އެވެ.

ޔުކްރެއިން ހަނގުރާމަައިގެ މައްސަލައިގައި ޓްރަމްޕް އަދި ޕުޓިން ޚިޔާލު ތަފާތުވެފައިވާއިރު، މި ފަހުން އައިސް ޓްރަމްޕް ގެންދަވަނީ ޕުޓިން އަށް ފާޑު ވިދާޅުވެ ވާހަކަ ވެސް ދައްކަވަމުންނެވެ. 

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު