Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ޓްރޮފީ އާޖެންޓީނާއަށް!

އެ ގައުމުން ވަނީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2022 | ހޮނިހިރު 06:31
އާޖެންޓީނާގެ ކުދިންތަކެއް ޓްރޮފީއާއެކު ފޮޓޯ ނަގަނީ

އާޖެންޓީނާގެ ކުދިންތަކެއް ޓްރޮފީއާއެކު ފޮޓޯ ނަގަނީ

ފީފާ ވޯލްޑް ކަޕް ތަށި އާޖެންޓީނާއަށް ގެންގޮސްފިއެވެ.

އާޖެންޓީނާއަކީ މުބާރާތް ދެ އަހަރު ކާމިޔާބުކޮށްފައިވާ ގައުމެކެވެ. އެ ގައުމުން ވަނީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން 1930، 1990 އަދި 2014 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަކަން ހޯދާފައިވެއެވެ. އާޖެންޓީނާއަކީ ފުޓުބޯޅައިގެ ލެޖެންޑުން އުފެދިފައިވާ ގައުމެކެވެ. އޭގެ ތެރޭގައި ޑިއޭގޯ މަރަޑޯނާއާއި ލިއޮނެލް މެސީއަކީ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ.

މުބާރާތުގެ ތަށި އާޖެންޓީނާއަށް ގެންދިޔުމާއެކު ގިނަ އަދަދެއްގެ އާންމުން ވަނީ އެ ސަރަހައްދަށް ޖަމާވެ، ޓްރޮފީއާއެކު ފޮޓޯ ނަގާފައެވެ. އާޖެންޓީނާއަށް ތަށި ގެންދިޔުމާއެކު އެ ގައުމުގެ ރައްޔިތަކު ބުނީ، އެއީ މަރަޑޯނާ ކަހަލަ ލެޖެންޑުން އަތް ލާފައިވާ ތައްޓެއްކަން ހަނދާންކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ތަށި އެ ޤައުމަށް ގެނައުމަކީ ވަރަށް ބޮޑު އުފަލަކަށް ވެގެންދިޔަކަމަށެވެ. މީގެ އިތުރުން އުންމީދަކީ މެސީއަށް ތަށި އުފުލާލެވުމެވެ. އަދި މިއަހަރު އާޖެންޓީނާއާއި މެސީއާމެދު ކުރެވޭ އުންމީދު ބޮޑުކަމަށްވެސް އޭނާ ބުންޏެވެ.

ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އެ ތަށި ހޯދުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށާއި، ނަމަވެސް އަލުން ވޯލްޑް ކަޕްގެ ތަށި އެ ގައުމަށް ގެންދިއުމަށް އުންމީދުކުރެވޭ ކަމަށެވެ. އޭނާ ބުނީ އެކަމާމެދު އޭނާ އެއްވެސް ޝައްކެއް ނުކުރާކަމަށެވެ.

ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާއަށް ގެންގޮސްފައިވާއިރު، އެ ގައުމަކީ މިއަހަރުގެ މުބާރާތުގައި ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އެއް ޓީމެވެ. ޚާއްސަކޮށް މެސީ ހުރި ފޯމާއި، ކުލަބު އަދި ގައުމީ ޓީމުގައި އޭނާ ދައްކަމުން އަންނަ ސަަބަބުގެ ސަބަބުން އެ ޓީމާމެދު ސަޕޯޓަރުން ކުރާ އުންމީދު ވެސް ބޮޑެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު