Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ

ފަހަތުން އަރައި، މެޕްސްއިން ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި

މެޕްސްއިން މެޗު ކާމިޔާބުކުރީ އެމްއެންޔޫބީއެސްއިން 3 ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި 4 ލަނޑު ޖަހައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2022 | ހޮނިހިރު 02:47
ޗެމްޕިއަންކަން ހޯދި މެޕްސް

ޗެމްޕިއަންކަން ހޯދި މެޕްސް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމުކޮށްގެން ބޭއްވި ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެޕްސް ކޮލެޖުން ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ މާފަންނު ޓާފުގައި ކުރިއަށްދިޔަ ފައިނަލް މެޗު މެޕްސްއިން ކާމިޔާބުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލް ބަލިކޮށްގެންނެވެ. މެޕްސްއިން މެޗު ކާމިޔާބުކުރީ އެމްއެންޔޫބީއެސްއިން ތިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.

މެޗުގައި އެމްއެންޔޫބީއެސްގެ ފުރަތަމަ ދެ ލަނޑު ޖެހީ އިބްރާހީމް އާތިފްއެވެ. އެއީ މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އޭނާ ޖެހި ލަނޑާއި، 21 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެމްއެންޔޫބީއެސްއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ މުހައްމަދު އަނާންއެވެ. އޭގެ ފަހުން މެޕްސްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ހަތަރު ލަނޑު ޖަހާފައެވެ. މެޕްސްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 25 ވަނަ މިނެޓުގައި ޖަމްޝާދު ޖައުފަރުއެވެ. އޭގެ ތިން މިނެޓު ފަހުން އަބްދުﷲ ހިޝާން ވަނީ ލަނޑެއް ޖަހައި މެޕްސްއަށް ފަރަގު ކުޑަކޮށްދީފައެވެ. މެޕްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ހަނާމް އިސްމާއީލްއެވެ. މެޗުން މެޕްސް މޮޅު ކޮށްދިން ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގެ ތެރޭގައި އަލީ ޝާޒްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޕްސްގެ އާދަމް މަންސޫރެވެ.

މިއީ މެޕްސްއިން މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް އެ ޓީމުން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.

ފިރިހެން ޑިވިޝަންގެ ފެއަރ ޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އެމްއައި ކޮލެޖުގެ އަހުސަމް ހަސަން ދީދީއެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)ގެ އަހުމަދު އިހާން އިނާޒްއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމްއެންޔޫބީއެސްގެ އިސްމާއީލް އާސިފްއެވެ. މި ޑިވިޝަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އެމްއެންޔޫބީއެސްގެ މުހައްމަދު އަނާންއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޗެމްޕިއަން، މެޕްސް ކޮލެޖުގެ އަލީ ޝާޒް ހިލްމީ، އެ ޓީމުގެ ކީޕަރު އަހުމަދު އިބްތިސާމް މައުސޫމް، ސީއެފްއެސްގެ މުހައްމަދު ނާބިތު ހުސައިން، އެމްއެންޔޫބީއެސްގެ މުހައްމަދު އަނާން، އަދި އަހުމަދު ރިޔުޝާނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަން މެޕްސްގެ އާދަމް މަންސޫރެވެ.

މި މުބާރާތަކީ އެމްއެންޔޫއެސްޔޫއިން އިންތިޒާމުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހުއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ބާއްވާފައެއް ނުވެއެވެ. މި މުބާރާތަަކީ އެ ޖަމްއިއްޔާއިން އިސްނަގައިގެން، ދިވެހިރާއްޖޭގެ މަތީ ސާނަވީ ތައުލީމުގެ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި

18 މާރިޗު 2017
އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
26 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު