Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސެމްސަންގ ކުންފުނީގެ ވެރިޔާ

ރިޔާސީ މާފެއްގެ ދަށުން މިނިވަންވި ސެމްސަންގ ކުންފުނީގެ ވެރިޔާއަށް ކުންފުނީގެ އިސް މަޤާމެއް

27 އޮކްޓޯބަރު 2022 | ބުރާސްފަތި 05:38

އޭނާ އެ މަޤާމަށް އައްޔަނުކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްކަމަށް ބުނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 05:38
ރިޔާސީ މާފެއްގެ ދަށުން މިނިވަންވި ދެކުނު ކޮރެޔާގެ ސެމްސަންގ ކުންފުނީގެ ވެރިޔާ ލީ ޖެއި ޔޮންގ

ރިޔާސީ މާފެއްގެ ދަށުން މިނިވަންވި ދެކުނު ކޮރެޔާގެ ސެމްސަންގ ކުންފުނީގެ ވެރިޔާ ލީ ޖެއި ޔޮންގ

2017 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަނިކޮށް ރިޔާސީ މާފެއްގެ ދަށުން މިނިވަންވި ދެކުނު ކޮރެޔާގެ ސެމްސަންގ ކުންފުނީގެ ވެރިޔާ ލީ ޖެއި ޔޮންގ އެ ކުންފުނީގެ އެގްޒެކެޓިވް ޗެއަރމަންގެ މަޤާމަށް އައްޔަނުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސެމްސަންގ ކުންފުނީގެ ބޯޑުން އޭނާ އެ މަޤާމަށް އައްޔަނުކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްކަމަށް ބުނެއެވެ.

އޭނާ ޖަލަށްލީ ފައިސާއަށް ޚިޔާނާތްތެރިވުމާއި ރިޝަވަތުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް ޕެރޯލްގެ ދަށުން އޭނާ މިނިވަންކުރީ ކޮވިޑް-19 އަށް ފަހު އިގްތިސާދީ ގޮތުން ގައުމު ހަމަޔަކަށް އެޅުވުމަށް ކުރެވެމުން ދާ މަސައްކަތުގައި އެހީތެރިވުމަށް ގައުމުގެ އެންމެ ބޮޑު ކުންފުނި ސެމްސަންގގެ ވެރިޔާގެ މަދަދު ބޭނުންވާކަމަށް ބަޔާންކޮށެވެ.

އޭނާގެ މައްޗަށް ވަނީ އެކި ބިޑުތައް ހޯދުމަށް އޭރުގެ ރައީސްއަށް ރިޝްވަތު ދިންކަމަށް ކުށް ސާބިތުވެ ޖަލަށްލުމަށް ދެފަހަރު ހުކުމްކޮށްފައެވެ. އެގޮތުން ލީގެ ކޮރަޕްޝަނުގެ މައްސަލަ ގުޅިފައިވަނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ކޮރަޕްޝަނުގެ މައްސަލައާކަަމަށް ރިޕޯޓުތައް ބުނެއެވެ.

ލީގެ މައްޗަށް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން ކޮށްފައިވާ ދައުވާއަކީ ސިޔާސީ ފައިދާތައް ހޯދުމަށްޓަކައި ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު) ގެ ރިޝްވަތު ދިންކަމުގެ ދައުވާއެވެ.

އެ މައްސަލައިގައި 2017 ވަނަ އަހަރު ލީގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެކަމަކު އޭގެ އަހަރެއް ފަހުން ދަށު ކޯޓުން ވަނީ ހުކުމް ކުރުކޮށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލަ ހައިކޯޓަށް ފޮނުވުމުން ހައިކޯޓުން 2021 ވަނަ އަހަރުގެ ކުރީކޮޅު ވަނީ އޭނާގެ މައްޗަށް ހުކުމް ސާބިތުވާ ކަމަށް ނިންމައި، އިތުރު ދެ އަހަރަށް އޭނާގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައެވެ.

މި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލާފައިވަނީ އެ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި އޭގެ އަހަރެއް ފަހުން އޭނާއަށް ރިޔާސީ މައާފުވެސް ދީފައިވެއެވެ.

ސެމްސަންގދެކުނު ކޮރެއާ

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
14 ޑިސެމްބަރު 2024

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
11 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

11 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި
08 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި
06 ޑިސެމްބަރު 2024

ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި

06 ޑިސެމްބަރު 2024
ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި
04 ޑިސެމްބަރު 2024

ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!

04 ޑިސެމްބަރު 2024
ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!
24 ޖުލައި 2024

އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް

24 ޖުލައި 2024
އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް
12 އެޕްރީލު 2024

ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ

12 އެޕްރީލު 2024
ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް