Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ވެރިޔަކު ބަލިވެގެން އުޅުއްވާ ގޮތަކަށް ރައީސް ޔާމީން ދަނީ އުޅުއްވަމުން: މުސްތަފާ ލުތުފީ

ރައީސް ޔާމީން ހުންވީ ހަރުފަތްތަކުގެ ތިރީގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 17:05
މުސްތަފާ ލުތުފީ

މުސްތަފާ ލުތުފީ

ވެރިޔަކު ބަލިވެގެން އުޅުއްވާގޮތަށް ރައީސް ޔާމީން އުޅުއްވަމުން ގެންދަވާކަމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމެޓީގެ މުގައްރިރު ޑރ.މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަދި އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުސްތަފާ ވިދާޅުވީ ރައީސް ޔާމީން ހުންވީ ހަރުފަތްތަކުގެ ތިރީގައި ކަމަށާއި އީދު ބަންދަށްފަހު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެންޕެއިން ކުރެއްވިޔަސް އެމަނިކުފާނު ބަލިވާނެކަމަށެވެ. އެކަން ނިމިދިޔަ ކައުންސިލް އިންތިޚާބުން އެނގިއްޖެކަމަށާއި ރައީސް ޔާމީން ސިޔާސީ ސްޓޭޖްމަތީގައި މިހާރު "ތެޅިފޮޅެނީ" ކަމަށް ޑރ. މުސްތަފާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ. މުސްތަފާ ވިދާޅުވީ ރައީސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ ރައީސްކަމަށް އޭނާ ގަބޫލުކުރައްވާކަމަށެވެ. ސަބަބަކީ ޕީޕީއެމް އުފެއްދެވީ މައުމޫނު ކަމަށް ވުމުން ކަމަށާއި އަދި ޕީޕީއެއްމްގެ ރައީސަކަށް އެމަނިކުފާނު އައްޔަން ކުރެއްވީ އެ ޕާޓީގެ މެމްބަރުންނަށް ވުމުން ކަމަށެވެ.

ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ކަންކަން ލިބިދޭންޖެހޭނެކަމަށް ޑރ. މުސްތަފާ ވިދާޅުވިއެވެ. ޑރ. މުސްތަފާ ވިދާޅުވީ އަދީބުގެ ބަލިހާލަތާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އަދީބަކީ ކިތަންމެ ބޮޑު ކުށެއް ކުރެއްވި ބޭފުޅެއް ކަމަށް ވިޔަސް ބޭސް ފަރުވާ ކުރެވެން ޖެހޭނެކަމަށެވެ. އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވަނީ ފިއްލަވާފާނެއަތީ ކަމަށް ސަރުކާރުން ބުނާއިރު ފިލައިގެން ނުދެވޭނެ ގޮތަކަށް ބޭސްފަރުވާގެ ކަންކަން އަދީބަށް ސަރުކާރުން ހަމަޖައްސައި ދެވެން ޖެހޭނެ ކަމަށް ޑރ. މުސްތަފާ ވިދާޅުވިއެވެ.

"އަދީބަށް ވަނީ ބޭރުން ފަރުވާކުރެވެން ޖެހޭ ވަރަށް ބޭސްފަރުވާ ކުރަން ޖެހިފައި. އެހެން ނަމަވެސް އެބުނަނީ އަދީބު ފިއްލަވަފާނެކަމަށް. އެއީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. އަދީބަށް އެކަނި އެފުރުސަތު ނުދެއްވުން އެއީ ސުވާލު އުފެދޭ ކަމެއް.

އޭނާއަށް އެތަނެއްގައި ސިއްހީ މާހައުލުގައި ހުރެވޭނެ މާހައުލެއް ދައްކަން ޖެހޭ. އެހެން ކަމުން ސިޔާސީ މީހެއްގެ ހައިސިއްޔަތުން އެކަމަށް ވަރަށްބޮޑަށް ކަންބޮޑުވަން. އަދީބަށް ފިލައިގެން ނުދެވޭނެ ގޮތަށް ބޭސްފަރުވާގެ ކަންކަން ހަމަޖެއްސެވޭނެ" ޑރ. މުސްތަފާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު