Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުން

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާ: ފަރުވާއަށް ތަކުރާރުކޮށް ދާންޖެހުން، މުޖުތަމައުން ލިބޭ ނާއުންމީދާ ގުޅިފައި

23 އޮކްޓޯބަރު 2022 | އާދީއްތަ 14:19

މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމުގައި މުޖުތަމައުގެ ޒިންމާ ބޮޑު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އޮކްޓޯބަރު 2022 | އާދީއްތަ 14:19
ރިހެބިލިޓޭޝަން ޕްރޮގްރާމެއް

ރިހެބިލިޓޭޝަން ޕްރޮގްރާމެއް

މިއީ އެތައް ދުވަހެއްގެ މެދުކެނޑުމަށްފަހު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް އާ ސީއީއޯއެއް އައްޔަންކޮށް، އެ އިދާރާގެ މަސައްކަތްތައް އަލުން ފެށުމުގެ އަޒުމްގައި ހުންނެވި އެންޑީއޭގެ ޗެއަމަން ޝަމާއު ޝަރީފް ދާދިފަހުން ޕްރެސްއެއްގައި ދެއްކެވި ވާހަކަފުޅެވެ. ޝަމާއުގެ އެ ވާހަކަފުޅަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެތައް ބައެއްގެ އާދޭހެވެ. އެފަދަ އެތައް ބައެއްގެ ޝަކުވާއެވެ. އެފަދަ އެތައް ބައެއްގެ އުދާސްތަކެވެ.

ބުނެފާނެއެވެ. ތިނޫން ދުވަހެއް އާދޭ ހެއްޔެވެ؟ ތި ނޫން ވަރެއް ވޭ ހެއްޔެވެ؟ އަބަދު ފަރުވާ ގައެވެ. ދެންވެސް ރަނގަޅެއް ނުވާނެއެވެ. މިއީ ހައްތަހާވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދަން މަސައްކަތްކުރާ މީހުންނާއި ފަރުވާ ފުރިހަމަކޮށްފައިވާ މީހުންނަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކެވެ. މަސްތުވާތަކެތި ބޭނުންކުރުމަކީ ސިއްހީ ބައްޔެއްކަމަށް ދެކި، އެ ބައްޔަށް އެކަށީގެންވާ ފަރުވާ ހޯދައިދިނުމަށް އެންޑީއޭގެ މިސްރާބު ބަދަލުކުރަން މަސައްކަތްކުރާއިރު، ފަރުވާއިން މީހުން ރަނގަޅުނުވުމުގައި ހުރި ސަބަބުތައް ބަލާއިރު، މުޖުތަމައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ވަނީ ފެއިލްވެފައޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ.

އަދިވެސް މިފަދަ ކަންކަމުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ވިސްނަނީ ވަރަށް ތިލަކޮށެެވެ. އެފަދަ މީހުންނަކީ ދުވަހަކުވެސް ރަނގަޅުވާނެ ބައެއްކަމަށް ގަބޫލެއްނުކުރެއެވެ. ނޫނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވާން ބޭނުންވާ މީހަކު ވިއްޔާ ރަނގަޅުވާނެއޭ ހީވާ މޭރުމަކުން ވާހަކަދެކެވެއެވެ. ރަނގަޅުވިޔަސް އެ މީހުންނަށް ދުވަހަކުވެސް އިތުބާރެއް ނުލިބެއެވެ. އަބަދުވެސް ބަލަނީ ތަފާތު ނަޒަރަކުންނެވެ. ޝައްކުގެ ނަޒަރަކުންނެވެ. އާއްމު ދިރިއުޅުމެއް އެ މީހުންނަކަށް ނުލިބެއެވެ.

ގިނަ މީހުން އެފަދަ މީހުންގެ ރަހުމަތްތެރިއަކަށް ވާކަށް ނޭދެއެވެ. ފަރުވާ ފުރިހަމަކޮށް ނުކުންނަ މީހަކާމެދު ޕޮޒިޓިވްކޮށް ދެކެވެނީ މަދު ފަހަރެއްގައެވެ. އެފަދަ މީހަކާ ޒަވާޖީގޮތުން ގުޅޭކަށް އާއިލާއާއި ރަހުމަތްތެރިން ގަބޫލެއްނޫނެވެ. އެ މީހުން ފަރުވާ ފުރިހަަމަކޮށް މުޖުތަމައަށް ނުކުތްކަމުގައި ވީނަމަވެސް، އެ މީހުންނާމެދު އަބަދުވެސް ބަލަނީ ނުރުހުމުގެ ލޮލަކުންނެވެ. ނަތީޖާއަކީ ފަރުވާ ފުރިހަމަކޮށްގެން ނުކުންނަ މީހާއަށް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނުހުރުމެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހާއަކީ ނަފްސާނީ އަދި އެނޫނަސް ގެވެށި މާހައުލުން ދިމާވާ އެތައް ކަމެއް ތަހައްމަލުކުރާ މީހަކަށް ވާއިރު، އެ ކަންކަމުން އަރައިގަންނަން އޭނާއަށް އެހީތެރިވެދޭނެ އެކަކުވެސް ނުހުރެއެވެ.

އަދި އެފަދަ ހާލަތްތަކުގައި އޭނާއާމެދު ކެތްތެރިކަން އިސްކޮށް އޯގާތެރިކަން ދެއްކުމުގެ ބަދަލުގައި އަބަދުވެސް އިވެނީ މާޔޫސްވާ ވާހަކައެވެ. ހަގީގަތަކީ، ފަރުވާއަކީ ވަރަށް އުނދަގޫ މަރުހަލާއެކެވެ. އަދި ބައެއް ފަހަރު ތަކުރާރުކޮށް މަސައްކަތްކޮށްގެން ނޫނީ އެކަމުން އަރައިގަނެވޭކަށް ނެތެވެ. އެހެން ބަލިތަކެކޭ އެއްފަދައިން މިއީވެސް ކޮންމެ މީހަކަށް ތަފާތު މަރުހަލާއެކެވެ. އެކި މީހުން ރަނގަޅުވާން ނަގާ ވަގުތާއި ރަނގަޅުވާން ބޭނުންވާ އެއްބާރުލުމާއި އެހީވެސް ތަފާތެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރާ މީހާއެކޭ އެއްފަދައިން އޭނާގެ ވަށައިގެންވާ މީހުންގެ ޒިންމާ ބޮޑު މަރުހަލާއެކެވެ. އެ މީހާ އަނބުރާ މުޖުތަމައަށް ގެނައުމުގައި މި މުޖުތަމައުގެ ދައުރު ވަރަށް ބޮޑެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2018

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

10 ސެޕްޓެމްބަރު 2018
ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!
12 އެޕްރީލު 2018

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!
03 ފެބުރުއަރީ 2018

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ
09 ޖެނުއަރީ 2018

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!
30 ޑިސެމްބަރު 2017

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ
08 އޮކްޓޯބަރު 2017

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!
24 ޖޫން 2017

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!
12 ޖޫން 2017

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް