Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސި އިންތިޚާބު 2018

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

ރަށުގެ ރައްޔިތުންގެ ތިބީ ރައީސް ޔާމީނަށް ރަނގަޅު ޖަވާބެއް ދިނުމަށް ތައްޔާރަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 ސެޕްޓެމްބަރު 2018 | ހޯމަ 09:40
އިބޫއަށް މަރުހަބާ ކިޔަން ވެލިދޫ ބަނދަރު މަތި ތައްޔާރުކޮށްފައި

އިބޫއަށް މަރުހަބާ ކިޔަން ވެލިދޫ ބަނދަރު މަތި ތައްޔާރުކޮށްފައި

ނ. ވެލިދޫ އަކީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި އެކަން އޮތީ ދައްކާފައި އެވެ. ނަމަވެސް ނ.ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހަށް، އެމްޑީޕީގެ މެމްބަރުން ބުރަ މަސައްކަތުން އިންތިހާބުކުރި މެމްބަރު ޕީޕީއެމް އަށް ބަދަލުވެ ގެންދަވަނީ ރައީސް ޔާމިނަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް ވެލިދޫ ރައްޔިތުން ތިބީ ބަދަލު ނުވާކަން ސާބިތުކޮށްދޭން ތައްޔާރަށެވެ. އެކަން އެމީހުން ކުރާނީ ރިޔާސީ އިންތިހާބުގެ ނަތީޖާއިންނެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާތީ އެ މީހުން ތިބީ މަރުހަބާ ކިޔަން ތައްޔާރަށެވެ. ނ.ވެލިދޫ ވަގުތީހިޔާ ފައުޒިއްޔާ ހަސަން ބުނީ އިބޫއަށް އޭނާ ތާއިދުކުރަނީ އެމްޑީޕީގެ ވެރިކަމުގައި ދިން އިނާޔަތާއި ރައްކާތެރިކަމުގެ ސަބަބުން ކަމަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާއަށް ލޯބިވާ ފައުޒިއްޔާ ބުނީ އިބޫއަށް އޭނާ ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި އިބޫއަށް ބޮޑު ތާއީދެއް ވެލިދޫ އިން ލިބިގެންދާނެ ކަމަށެވެ.

"ނަޝީދު ދެކެ ހާދަ ލޯބިވެއޭ. ހަމަ އެ ގަދަރާއި އެ އިހްތިރާމް ކުރަން އިބޫއަށް. އިބޫ އަންނާތީ މަސް ދުވަސް މި ވަނީ އިބޫ ތައްޔާރުވާތީ. އިބޫއާ ސަލާމް ކޮށްލާ ހިތުން ހުންނަތާ. އިރާދަ ކުރެއްވިއްޔާ އިބޫ މި ވެލިދޫއިން ހޮވާނަން ބޮޑު އަޣުލަބިއްޔަތުން،" ފައުޒިއްޔާ ބުންޏެވެ.

ފައުޒިއްޔާ ރާއްްޖެއެމްވީއާ ވާހަކަ ދައްކަނީ:-އޭނާ ވެސް ބުނީ ބޮޑު އަޣުލަބިއްޔަތެއް އިބޫއަށް ލިބިގެންދާނެ ކަމަށް

އެރަށުގެ ގިނަ އަންހެންވެރިން ތިބީ އެއް ރޫހުގައި އެވެ. ބައެއް މީހުން ބުނީ ރައީސް ޔާމިން ވީ ވައުދުތައް ނުފުއްދުމުގެ ބަދަލު އިންތިހާބުގެ ނަތީޖާއިން ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިއަށް އަންގާފައި އޮތީ އިބޫ ވަޑައިގަންނަވާއިރު ނުނިކުންނަން. އެކަމު އަޅުގަނޑު ބުނި އިބޫއަށް ތާއިދުކުރަންޏާ ނިކުންނަންވާނެ އޭ. ވަޒީފާގެ ބިރު ނުގަންނާށޭ. އަޅުގަނޑުގެ ދަރިން ވެސް ތިބީ އެ ރޫހުގައި މިހާރު،" ވެލިދޫގެ އަންހެނަކު ކިޔާދިނެވެ.

އިބޫ ވަޑައިގަންނަވާތީ ވެލިދޫ އިން މަރުހަބާ ކިއުމަށް ތައްޔާރު ވަނީ

ވެލިދީ އަލިގާ އުމުރުން 65 އަލީ ނަޖީބު ބުނީ މުޅި އާއިލާ އޮތީ އިބޫ އިންތިހާބު ކުރަން ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ ޖާނާއި މާލުން އެކަމަށް ތައްޔާރަށް އޮތީ އެމްޑީޕީއަށް ކުރާ ތާއިދެއްގެ ބޮޑު ކަމުން ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ ފިކުރަށް ބަދަލެއް ނާންނަ ކަމަށާއި މިއަދުވެސް އެމީހުން ތިބީ އެހެން ކަމަށް އޭނާ ބުންޏެވެ.

ރަށުގައި ހިންގާ ކެފޭގައި ކޭޝިޔަރަކަށް އިން މަރިޔަމް މުހައްމަދު ބުނީ ވެލިދޫގައި ތިބި ސިވިލް ސާވީސްގެ މުވައްޒަފުންގެ ބޮޑު ތައީދެއް އިބޫއަށް ލިބިގެންދާނެ ކަމަށެވެ.

"އަނިޔާވެރިކަމާ ދެކޮޅު ވެލިދޫގެ ގިނަ ރައްޔިތުން އަދިވެސް، އެކަން ބަދަލެއް ނުވޭ. އެކަން މިފަހަރުގެ އިންތިހާބުން އެކަން ދައްކާނަން އިރާދަ ކުރެއްވިއްޔާ،" މަރިޔަމް ބުންޏެވެ.

މަރިޔަމް މުހައްމަދާއި ޖޭޕީ ބައެއް މީހުންނާ ބައްދަލު ކުރަނީ

ޒުވާނުން ތިބީ އެއް އަޒުމެއްގައި އެއް ރޫހެއްގައި އެވެ. ބައެއް ޒުވާނުންނާ ވާހަކަ ދައްކާލީމާ އެމީހުން ޖޯޝާއި ފޯރީގައި ތިބިކަން އެނގުނެވެ. ރާއްޖޭގެ ރަށަކުން އެންމެ ޖޯޝާއި ފޯރީގައި އިބޫއަށް މަރުހަބާ ކިޔާ ރަށަކަށް ވެލިދޫ ހެދުމަށް ތިބީ ފޫގަޅާފައި އެވެ.

ވެލިދޫގެ ބައެއް ޒުވާނުން އިބޫ ވަޑައިގަންނަވާއިރަށް ތައްޔާރުވަނީ

އެ ރަށުގެ ރައްޔިތުންގެ އުއްމީދަކީ 70 ޕަސެންޓް ވޯޓުން، ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބު އިބޫ ކާމިޔާބުކުރުމެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު