Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯމާލިއާގެ އަދުގެ ހާލަތު

ސޯމާލިއާގައި ކޮންމެ މިނެޓަކުން ކުއްޖަކު އެޑްމިޓް ކުރަނީ!

20 އޮކްޓޯބަރު 2022 | ބުރާސްފަތި 07:38

ސޯމާލިއާގެ އަދުގެ ހާލަތު އޮތީ 2011 ވަނަ އަހަރަށްވުރެ ވުރެސް ގޯސްކޮށް، އެ އަހަރު ކުރިމަތިވި ބަނޑުހައިހޫނު ކަމުގެ ކާރިޘާގައި 250000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 07:38
މިދިޔަ ސެޕްޓެމްބަރު މަހު އދއިން ވަނީ، ސޯމާލިއާގެ 2 ޑިސްޓްރިކްޓްއެއް، އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހާ ދެމެދު ބަނޑަށް ޖެހޭނެ ކަމަށް އިންޒާރު ކޮށްފައި

މިދިޔަ ސެޕްޓެމްބަރު މަހު އދއިން ވަނީ، ސޯމާލިއާގެ 2 ޑިސްޓްރިކްޓްއެއް، އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހާ ދެމެދު ބަނޑަށް ޖެހޭނެ ކަމަށް އިންޒާރު ކޮށްފައި

އިންތިހާ ހަނަފަސްކަން ދިގުލާ ގޮސް، ފާއިތުވީ ބައި ޤަރުނުގެ ތެރޭގައި ނުފެންނަ މިންވަރަށް ކުޑަކުދިންގެ މަރުގެ ކޭސްތައް އިތުރުވުމުގެ ނުރައްކާ ބޮޑުވެފައި ވާ ސޯމިލިއާގައި، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުން ނުވަތަ މެލްނިއުޓްރިޝަންގެ ސަބަބުން ކޮންމެ މިނެޓަކު ކުއްޖަކު، ސިއްހީ އިތުރު ފަރުވާ ދިނުމަށް އެޑްމިޓް ކުރަމުން ދާ ކަމަށް ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ، ޔުނިސެފްގެ ތަރުޖަމާނަކު ވިދާޅުވެއްޖެއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ބްރީފިންގްއެއްގައި މައުލޫމާތު ދެއްވަމުން، ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ، ކޮންމެ ދުވަހެއްގެ ކޮންމެ މިނެޓަކުވެސް، ހެލްތު ފެސިލިޓީއެއްގައި ކުޑަކުއްޖަކު އެޑްމިޓް ކުރަން ޖެހޭ ކަމަށެވެ.

މައިންގެ ވާހަކަތަކުން އިވުނީ ހަމަ އެ އަޑެވެ.

އެލްޑަރ ވިދާޅުވީ، ސޯމާލިއާގެ އަދުގެ ހާލަތު އޮތީ 2011 ވަނަ އަހަރަށްވުރެ ވުރެސް ގޯސްކޮށް ކަމަށެވެ. 2011 ވަނަ އަހަރު ކުރިމަތިވި ބަނޑުހައިހޫނު ކަމުގެ ކާރިޘާގައި 250000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ފާއިތުވީ ދުވަސްތަކަށް ބަލާއިރު، ވިއްސާރަ ކުރަން އޮތް 4 މޫސުންވެސް ވަނީ ފެއިލްވެފައެވެ. މިއަދު ސޯމާލިއާއަށް ތަޖުރިބާ ކުރަން ޖެހިފައި ވަނީ، ފާއިތުވީ 40 އަހަރު ދުވަހުގެ ތެރޭގައިވެސް ކުރިމަތިވެފައިވާ އެންމެ ގެއްލުން ދެނިވި ހަނަފަސްކަމާއެވެ. އަލްޝަބާބް ހަނގުރާމަވެރި ޖަމާޢަތުގެ ސިލްސިލާ ހަމަލާތަކާއި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ހާލަތު އިތުރަށް ވަނީ ގޯހެވެ. ކުޑަކުދިންގެ ޑޮކްޓަރުންގެ މެދުގައިވެސް އުފެދިފައިވަނީ މާޔޫސްކަމެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އދއިން ވަނީ، ސޯމާލިއާގެ 2 ޑިސްޓްރިކްޓްއެއް، އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހާ ދެމެދު ބަނޑަށް ޖެހޭނެ ކަމަށް އިންޒާރު ކޮށްފައެވެ. އަދި ސޯމާލިއާގެ ކުޑަކުދިންގެ އާބާދީއަށް ބަލާއިރު، ބައި މިލިއަނެއްހާ ކުދިން، މެލްނިއުޓްރިޝަންގެ ތަކުލިފުތަކާއެކު މި ދުނިޔެއާ ވަކިވެދާނެ ކަމުގެ ނުރައްކާ އެބަ އޮތް ކަމަށްވެސް އދއިން ވަނީ އިންޒާރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

21 ޖޫން 2017
ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
18 އެޕްރީލު 2017

އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ

18 އެޕްރީލު 2017
އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް