Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީނާއި ޔާމީނުގެ "ކުރިން ބުނި އެތި ކެންސަލް........!!!!"

ރައީސް ޔާމީން ގެންދަވަނީ ވިދާޅުވި ގިނަ ކަންކަން ކެންސަލް ކުރައްވަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 06:47
ޕީޕީއެމުން ބޭއްވި ހަރަކާތް

ޕީޕީއެމުން ބޭއްވި ހަރަކާތް

މަޝްހޫރު ކޮމޭޑިއަން ކާއްޓޭގެ "ކުރިން ބުނި އެތި ކެންސަލް" އަކީ މީހުންނަށް ވަރަށް މަޖާވި އިސްތިހާރެކެވެ. އެހާމެ ބޮޑަށް އާއްމުންގެ މެދުގައި ވައިގާހިފައި ބޭނުން ކުރަމުންވެސް އަންނަ ޖުމްލައެކެވެ. މިހާރު މަޖާވެ، ފަތުއަޑުކިޔާފައި އެނބުރެމުން އެދަނީ މުޅިން އެހެން "ކެންސަލް" އެކެވެ. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކު ކުރެއްވި "ކެންސަލް" އެކެވެ.

ރައީސް ޔާމީން މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކެލާގައި ވިދާޅުވީ "އަޅުގަނޑަކީ އިންސާނެއްކަމަށާއި އަޅުގަނޑު ވެސް ކުށްކުރާނެކަމަށެވެ. އަދި ކުށްކުރެވިފައި ހުންނާނެކަމަށާއި އަދިވެސް ކުށްކުރާނެ ކަމަށެވެ. ވެރިކަމުން ރައްޔިތުން ވޯޓަކުން ބޭލި ބޭފުޅަކު މިހެން ވިދާޅުވުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ދެވަނަ ދައުރެއް ރައްޔިތުން ނުދީ ބޮޑުތަނުން ނޫނެކޭ ބުނީވެސް ބޮޑެތި ގޯސްތަކެއް ހެދިފައި ހުރުމުންނެވެ. ކުށްތަކެއް ކޮށްފިކަމަށް ޤަބޫލު ކުރެވިގެންނެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވުނީމައެވެ. އެހެންކަމުން އެފަދަ ބޭފުޅަކު ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ ކެމްޕެއިނެއްގައި އެހެން ވިދާޅުވުން މާނަ ކުރެވެނީ ވަރަށް ބޮޑު ރަނގަޅެއްގެ ގޮތުގައެވެ. ކޮންމެވެސް ސަބަބަކާހުރެ ހެދުނު ބައެއް ގޯސްތަކެއް ކަމާއި އެގޯސްތައް ތަކުރާރު ނުކުރައްވާނެ ކަމުގެ ނިޔަތުގައި ވިދާޅުވި އެއްޗެއްގެ ގޮތުގައެވެ. ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހަކަށް ވާތީ ކުރެވިފައިވާ ކުށަށް މަޢާފަށް އެދުމުގެ ވިސްނުމުގައި ނަމަ އެވިދާޅުވި ވިދާޅުވުން ލައްކަ ކަމުދެއެވެ.

އެކަމަކު ކުރިން ބުނި އެތި ކެންސަލް ކަމަށް ވިދާޅުވެ އެއީ ކުށްގޮތެއްކަމަށް ވިދާޅުވީ ދެން ވަޑައިގެންނެވި ރަށުގައެވެ. ބާރަށުގައި ޔާމީން ވިދާޅުވީ، މީޑިއާގެ ފަލަ ސުރުހީތަކަށް އެރުވީ "ވިދާޅުވެވުނު ކުށް ބަހެއް" ކަމަށެވެ. އެހެން ވިދާޅުވީ ކުށް ކުރެއްވި މާނަ ދޭހަކޮށްދެއްވަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިކުރާ ދަތުރުގައި ކޮންމެވެސް ތަނެއްގައި ބުނެފައި އޮންނާނެ. ބުނެވިފައި އޮތީމާ ޝައްކެއް ވެސް ނެތް ގޮތުގައި ފަލަ ސުރުހީ އަށް އަރައިގެން މި އުޅެނީ. އަޅުގަނޑަކީ ވެސް އިންސާނެކޭ އަޅުގަނޑަށް ވެސް ކުށްކުރެވޭނެއޭ. އެކަމަކު އެ ބުނި އެތި ކެންސަލް" ޔާމީން ވިދާޅުވި އެވެ.

މިހާހިސާބުން މުޅިއެތި ކެންސަލްވީއެވެ. ކުރިން އަޅުގަނޑަށްވެސް ހީކުރެވުނުގޮތް ކެންސަލްކޮށްލާނަމެވެ. އެމަނިކުފާނަށް ކުރެވުނު ކުށަށް ހިތާމަކުރައްވާ ކަމާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދެނީ ކަމަށް ހީކުރެވުނު ހީކުރެވުން އަނބުރާ ގެންނަމެވެ. ކުރިން ހީކުރެވުނު ހީކުރުން މިހާރު ކެންސަލްއެވެ.

ރައީސް ޔާމީން މުޅި ދަތުރުގައިވެސް އެވަޑައިގަންނަވަނީ ކެންސަލް ކުރައްވަމުންނެވެ. އެއްރަށުގައި ވިދާޅުވާ ވާހަކަތައް އަނެއް ރަށުގައި ކެންސަލް ކުރައްވާ އޭގެ ތަރުޖަމާ ކުރައްވަމުންނެވެ. އެންމެފަހުން ކެންސަލް ކުރެއްވީ އީސާގެ ފާނު ފަސްދާނުލެވިފައިވާ ކަމަށް ވިދާޅުވި ވާހަކައެވެ. އެހެންކަމުން އެރަށްރަށުގައި ވިދާޅުވާ ވާހަކަތަކާއި ގުޅިގެން އެރަށްރަށާއި އެރަށްރަށް އެނގޭ މީހުން ދައްކާ ވާހަކަތަކުން އަދި ކުރިއަށް އޮތްތަނުގައި ލައްކަ "ކެންސަލް"ތައް އަންނާނޭކަމަށް ބެލެވެއެވެ. އެގޮތުން އިހަވަންދޫގައި އައިސްޕްލާންޓެއް ހައްދަވާނެ ވާހަކައާއި އޭރުން ފެލިވަރަށް އައިސްއަޅަން ދާން ނުޖެހޭނެ ކަމަށް ވިދާޅުވިއިރު 2011 ވަނަ އަހަރުން ފެށިގެން އެރަށުގައި އައިސް ޕްލާންޓެއް ހުންނަކަން އެމަނިކުފާނަށް މިހާރު އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމުން އެވާހަކަވެސް ކެންސަލް ކުރައްވަފާނެއެވެ. ވާނުވާގައި ތިބި މީހުން، ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ދޫކޮށްލައްވާނެކަމަށް ވިދާޅުވިއިރު އެގޮތައް ތިބީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންކަމާއި ކުޑަކުދިންނާ ބެހުނު މީހުންކަން މިހާރު އެނގިއްޖެއެވެ. އަދި އެއީ ކޯޓުގެ ނިންމުމަކަށްވާއިރު އެކަން ކޮށްފިނަމަ އަނެއްކާވެސް ކޯޓަށް އަތް ބޭނެނީކަން މިހާރު ފަހުމްވާނެއެވެ. އެހެންކަމުން އެވާހަކަވެސް ކެންސަލް ކުރައްވާނެ ކަމަށް ބެލެވެއެވެ. ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކެވީ ކެލާގައެވެ. ކެލާގެ ކުރީގެ ކައުންސިލް ރައީސަކީ އޭނާގެ އަމިއްލަ ޕާޓީގެ އިންތިޚާބެއްގައި އުޅުނީތީ ޔާމީންގެ ވެރިކަމުގައި ސަސްޕެންޑު ކުރެއްވި ބޭފުޅެކެވެ. އެކަންވެސް މިހާރު ރޭކާލާފައި އޮތީމާ ލާމަރުކަޒޭ ބާރުތައް ދިނުމޭ ކިޔައިގެން ދެއްކެވި ވާހަކަވެސް ކެންސަލް ކުރެއްވުމަކީ ދުރުކަމެއް ނޫނެވެ. ދިއްދޫގެ ބިން އޮތީ ހިއްކާފައި ކަމާއި ދެފަރާތުގައި ކައިރީގައި ދެއަރޕޯޓެއް އޮތްކަމަށްބުނެ މީހުން މިއަދު ލައްކަ ފާޑު އެބަ ކިޔައެވެ. އެހެންކަމުން އެވިދާޅުވެވުނީ އަދި ވޯޓު ލިބޭނޭ ކަމަކަށް ނުވާތީ އަނެއްކާ އެވާހަކަފުޅުވެސް ކެންސަލް ކުރައްވާނެއެވެ.

ހއ. ދަތުރުގެ މިހާތަނަށް އައިއިރު ފެނުނު ކެންސަލްތަކުގެ އިތުރުން އެމަނިކުފާނު ވަނީ ވަރަށް ގިނަ ކަންކަން މިހާރު ކެންސަލް ކުރައްވާފައެވެ. "އެއްވާން ބޭނުން މީހުން ހައްޖަށް ދާންވީ ނޫންހޭ" ވިދާޅުނުވާ ކަމަށް މިހާރު އެބަ ވިދާޅުވެއެވެ. އަދިވެސް އެވީޑިއޯ ހުއްޓަސް އެކަންވެސް ކެންސަލްއެވެ. އަދީބު ބައްސަވަނީ ރައީސް ޔާމީންގެ ފައިސާކަމާއި ޒުވާނުންނަށް އެކަން ކުރައްވާނެ އެހެން މީހަކު ހޯއްދަވަން ޖެހޭކަމަށް ވިދާޅުވި ވާހަކަވެސް މިހާރު ކެންސަލްއެވެ. އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކުރައްވާފައި ނުވާނެކަން ހާމަ ކުރެއްވުމަށެވެ. އަދީބަކީ ޚާލިދުބުނު ވަލީދޭ އަދީބަށް 500 ޕަސެންޓް އިތުބާރު ކުރައްވާކަމަށް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދަވާ އެކަންވެސް ކެންސަލް ކުރެއްވީއެވެ. ގެއަށްވަނީ ހަލާލް ފައިސާ ނޫންކަމަށް ވިދާޅުވި ވިދާޅުވުންވެސް ކެންސަލްވެއްޖެއެވެ.

ކޮންމެއަކަސް ދިއުޅި ދިގުކުރާކަށް ނެތީމެވެ. ލައްކަ ކެންސަލް މީގެ ކުރިން ކުރައްވައިފިއެވެ. ހއ ދަތުރުންވެސް އެދަނީ އެފަދަ ކެންސަލްތަކެވެ. އަޅުގަނޑުވެސް ގިނަ ކެންސަލްތައް ނުބުނެ ކެންސަލް ކޮށްލާނަމެވެ. މިރޭޓުން ބަލާނަމަ ކުރިއަށް ފެންނާނެ ކެންސަލްތައް މަދުވާނެ ހެނެއް ހީއެއް ނުވެއެވެ. މުޅިދަތުރުވެސް ކެންސަލްވެދާނެއެވެ. އަމުދުން މިއަދު ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ތުހުމަތު ތަކާއި، ބޭނުންކުރެވުނުކަމަށް ދައްކާ ފައިސާ ތަކާއި އެއްބަފާ ބޭބެއާއި އެހެން ސިޔާސީ މީހުންތައް ޖަލަށް ލެވުނު ގޮތާއި، ސުޕްރީމް ކޯޓު ފުރާޅުން ޓިނުނަގައި އުއްތަމަ ފަނޑިޔާރު ދަމާ ކޫއްތާފައި ހައްޔަރު ކުރެވުނީ ކުރެވުނު 5 އަހަރުގެ ވެރިކަމުގައެވެ. އެހެންކަމުން އެހުރިހާ ކެންސަލްތައް ނިމޭއިރު އެކަންކަން ކުރެވުނު ވެރިކަން އަމިއްލަފުޅަށް ކެންސަލް ނުކުރައްވަފާނެ ބާވައޭ ހިތަށް އަރައެވެ. ރައީސްކަންވެސް ކެންސަލްވެދާނެއެވެ. މިއަށްވުރެ ބޮޑަށް އެއްވެސް އިންސާނަކީ ކުށްނުކޮށް ނުހުރެވޭނެ މީހަކަށްވާއިރު ކުށެއް ނުކުރައްވާކަމަށް ވިދާޅުވާނަމަ އަނެއްކާ އިންސާނެކަމަށް ޤަބޫލުކުރެވޭކުރުންވެސް ކެންސަލް ނުކުރައްވާނެ ބާއޭވެސް ހިތަށް އަރައެވެ. ކުރިން ބުނިއެތި ކެންސަލްއެވެ.

ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

23 ޖުލައި 2024
ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

02 އެޕްރީލު 2024
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

01 އެޕްރީލު 2024
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު